logo
E-Platinum
ދުނިޔެ

އެމެރިކާގެ އެހީއާއެކު އިޒްރޭލުގެ ޤަތުލް އާންމު ކުރިއަށް: މިއަދު އެކަނި ވެސް 200 މީހަކު ޝަހީދުކޮށްލައިފި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
18 މާރިޗު 2025 - 05:07
އިޒްރޭލުން ރޭ ފަލަސްތީނުގެ ރައްޔިތުންނާ އަމާޒުކޮށް ދިން ޙަމަލާގައި ބަޔަކު ޒަޙަމްވެފައި -- ފޮޓޯ: އަލްޖަޒީރާ / އަންދަލުސް
އިޒްރޭލުން ރޭ ފަލަސްތީނުގެ ރައްޔިތުންނާ އަމާޒުކޮށް ދިން ޙަމަލާގައި ބަޔަކު ޒަޙަމްވެފައި -- ފޮޓޯ: އަލްޖަޒީރާ / އަންދަލުސް

މިއަދު ފަތިހު ނިރުބަވެރި އިޒްރޭލުގެ ސިފައިން، ޣައްޒާގެ ގެދޮރު ނެތް ރައްޔިތުންގެ ޓެންޓުތަކަށް ބޮން އަޅައި 200 އަށް ވުރެ ގިނަ މީހަކު ޝަހީދުކޮށްލައިފިއެވެ.

އެމެރިކާގެ އައު ރައީސް ޑޮނާލްޑް ޓްރަމްޕުގެ ފުރިހަމަ މަދަދާއެކު އިޒްރޭލުން ޣައްޒާގައި ހިންގަމުން އަންނަ ޤަތުލްއާންމު އަނެއްކާ ވެސް ފަށައިފައިވަނީ، އިޒްރޭލާއި ޙަމާސްއާ ދެމެދު އޮތް ޙަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމަށް ޢަމަލުނުކޮށެވެ. އެގޮތުން އެ އެއްބަސްވުމުގެ ދެވަނަ ފޭސްއަށް ޢަމަލުކުރަން އިޒްރޭލުން އަންނަނީ ދެކޮޅު ހަދައި، ޣައްޒާގެ ރައްޔިތުން ޝަހީދުކުރަމުންނެވެ.

އެގޮތުން އެ އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން އިޒްރޭލުން ދިން އެންމެ ވަރުގަދަ އަދި އެންމެ ނުރައްކާތެރި ޙަމަލާގައި، މިހާތަނަށް 232 ފަލަސްތީނުގެ ރައްޔިތަކު ވަނީ ޝަހީދުކޮށްފައެވެ. އޭޣެ ތެރޭގައި ގިނަ ކުޑަކުދިންނާއި އަންހެނުން ހިމެނޭއިރު، ރޭ ފަތިހު އެ ޙަމަލާތައް ދީފައިވަނީ ނިދާފައި ތިބި ފަލަސްތީނުގެ ގެދޮރުނެތް ރައްޔިތުންގެ ޓެންޓުތަކާއި ހަލާކުވެފައިވާ ގެތަކަށް ޢަމާޒުކޮށެވެ.

 

އިޒްރޭލުގެ މި ޙަމަލާއާ ގުޅިގެން ޙަމާސް ނިސްބަތްވާ ފަލަސްތީނުގެ އިސްލާމިކް ޖިހާދު (ޕީއައިޖޭ) އިން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން މި ޙަމަލާއަކީ ޙަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމަށް ގަސްތުގައި ޚިލާފުވުމަށް އިޒްރޭލުން ކުރި ކަމެއްގެ ގޮތުގައި ޙަމާސް އިން ވަނީ ސިފަކޮށްފައެވެ.

އަދި އިޒްރޭލުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ސަރުކާރަކީ މަޝްވަރާގެ އުސޫލުން ކަންކުރާނެ ބައެއް ނޫންކަމަށާއި، އިޒްރޭލަށް ޙަމާސްއާ ދެކޮޅަށް ކުރާ ހަނގުރާމައިން ކުރި ނުލިބޭނެ ކަމުގެ ޔަގީންކަން ދޭ ކަމުގައި ވެސް އެ ބަޔާނުގައި ޕީއައިޖޭއިން ވަނީ ބުނެފައެވެ.

އިޒްރޭލުން ޣައްޒާގެ ރައްޔިތުންނަށް ދޭ ޙަމަލާތައް އަލުން ފަށާފައިވަނީ، އިޒްރޭލުގެ އެންމެ ބޮޑު މަދަދުވެރިޔާ، އެމެރިކާއިން އިޒްރޭލަށް ހަތިޔާރުގެ އައު ޝިޕްމެންޓެއް ފޮނުވުމާ އެކުއެވެ. އެގޮތުން ޣައްޒާ ފުނޑުފުނޑުކޮށް، ފަލަސްތީނުގެ ރައްޔިތުން ޣައްޒާއަށް ބޭރުކުރުމަށް އެމެރިކާ އާއި އިޒްރޭލު ގުޅިގެން ފާޅުގައި މަސައްކަތްކުރާނެ ކަން އެމެރިކާގެ ރައީސް ޓްރަމްޕް މީގެ ކުރިން ވަނީ ހާމަކުރައްވާފައެވެ.

އެގޮތުން ޣައްޒާގެ ރައްޔިތުން ޣައްޒާއިން ބޭލުމަށްފަހު، އެތަނުގައި ދުނިޔޭގެ ފެންވަރުގެ ހޮޓަލުތައް ހަދައި "ޓަރްމްޕް ޣައްޒާގެ" ނަމުގައި އެތަން ރިސޯޓަކަށް ބަދަލުކުރައްވާނެ ކަން ޓްރަމްޕް ވަނީ އިއުލާންކުރައްވާފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުޅި ދުނިޔެ ކުރިމަތީގައި ޔަހޫދީން ބޭޒާރުވަނީ، ނަތަންޔާޙޫގެ ޢަމަލުތަކާ ދެކޮޅަށް އިސްރާޢީލުގެ ހިއުމަން ރައިޓްސް އިދާރާތަކުން ނިކުމެއްޖެދުނިޔެ | 21 ގަޑިއިރު ކުރިންޣައްޒާގެ ބައެއް ސަރަހައްދުތަކުން 10 ގަޑިިއިރަށް ހަނގުރާމަ ހުއްޓާލަނީ ޚަބަރު | 4 ދުވަސް ކުރިންހަމާސްގެ ހަމަލާތައް ވަރުގަދަ، 25 ޔަހޫދީ ސިފައިން ޒަހަމްކޮށްލައިފި ޚަބަރު | 6 ދުވަސް ކުރިންސަހުޔޫނީން ޣައްޒާގެ މެދުތެރޭގައިވާ ދީރުލްބަލާހްގައި އޮޕަރޭޝަނެއްޚަބަރު | 9 ދުވަސް ކުރިން