logo
E-Platinum
ޚަބަރު

ސްޕްރީމް ކޯޓަށް ޝަހީދު އައްޔަންކުރުމުގެ މައްސަލަ ކޮމެޓީއަށް

އަޙްމަދު ޒަލީފް
18 މާރިޗު 2025 - 06:09
ސްޕްރީމް ކޯޓަށް ޝަހީދު އައްޔަންކުރުމުގެ މައްސަލަ ކޮމެޓީއަށް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް, ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އައްޔަނުކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް ފޮނުވައިފިއެވެ.

ޝަހީދު ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރުމަށް ރައީސް މުއިއްޒު ފޮނުއްވާފައިވާ ސިޓީފުޅު މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވާފައެވެ. އަދި މި މައްސަލަ ދިރާސާކުރުމަށް ޖުޑީޝަރީ ކޮމެޓީއަށް ވަނީ ފޮނުވާފައެވެ.

ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވާފައިވަނީ އެ މަގާމަށް ކުރިމަތިލުމަށް ޖޭއެސްސީ އިން ދެވަނަ ފަހަރަށް ހުޅުވާލުމުންނެވެ.

ޖޭއެސްސީ އިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހޯދުމަށް އިއުލާނުކޮށްފައިވަނީ އޭސީސީން ބަލަމުން ދިޔަ މައްސަލަތަކަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމުމާ ގުޅިގެން ފަނޑިޔާރު ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މި މަގާމަށް ދެވަނަ ފަހަރަށް ޖޭއެސްސީ އިން ހުޅުވާލި ފުރުސަތުގައި ހުސައިން ޝަހީދު ކުރިމަތި ލައްވާފައިވާއިރު މި މަގާމަށް ދެން ކުރިމަތި ލާފައިވަނީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނެރަލް މަރިޔަމް ނިހާޔަތާއި ގާނޫނީ ވަކީލު ރުސްދުﷲ އިބްރާހިމްއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޝަހީދު އައްޔަނުކުރަން މަޖިލީހުން ރުހުން ދީފިޚަބަރު | 4 މަސް ކުރިންސްޕްރީމް ކޯޓަށް ޝަހީދު އައްޔަންކުރުމުގެ މައްސަލަ ކޮމެޓީއަށް ޚަބަރު | 4 މަސް ކުރިންސްޕްރީމް ކޯޓަށް ޝަހީދު ޢައްޔަންކުރަން ރައީސް އަށް ލަފާ އަރުވަނީ ޚަބަރު | 4 މަސް ކުރިން