logo
ޚަބަރު

ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ތަންތަން ދަފްތަރުކޮށް ރަޖިސްޓްރީކުރުމަށް އަންގައިފި

އާމިނަތު ޝަފާ
18 މާރިޗު 2025 - 06:23
ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ތަންތަން ދަފްތަރުކޮށް ރަޖިސްޓްރީކުރުމަށް އަންގައިފި

ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ދަފްތަރުކޮށް ރަޖިސްޓްރީކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.

އެމްއެފްޑީއޭއިން ގެޒެޓްކޮށްފައިވާ އިއުލާނުގައިވާގޮތުން ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ރަޖިސްޓްރީކޮށް ލައިސަންސް ހޯދުމަށް މާލޭގައި ނަމަ އެ އޮތޯރިޓީގައި އަދި އަތޮޅު ތެރޭގައިނަމަ އެރަށެއްގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒެއްގައި ރަޖިސްޓްރީ ކުރަންޖެހެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރަޖިސްޓްރީ ނުކޮށް ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހިންގުމަކީ މަނާކަމެއް ކަމުގައި އެމްއެފްޑީއޭގެ އިއުލާނުގައިވަނީ ބުނެފައެވެ.

ވުމާއެކު އެމްއެފްޑީއޭއިން ވަނީ  ކާބޯތަކެތީގެ ޚިދުމަތްދޭ ހުރިހާ ފަރާތްތައް ރަޖިސްޓްރީ ކުރުމަށް އަންގާފައެވެ.

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ފަރާތްތައް ރަޖިސްޓްރީކޮށް ލައިސަންސް ދޫކުރުމުގައި އަމަލުކުރާނެ އިންތިގާލީ އުސޫލު ބަޔާންކުރާ ގަވާއިދުގައިވާގޮތުން ދައުލަތުގެ އެހެން އިދާރާއެއްގައި ރަޖިސްޓްރީކޮށްފައިވާ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި އެރަންތަނުގައި އުޅޭ މީހުން ލައިސަންސް ހޯދުމަށް އެމްއެފްޑީއޭއަށް ގިނަވެގެން 6 މަސްދުވަހުގެ ތެރޭގައި ހުށަހަޅަން ޖެހެއެވެ.

ގަވާއިދުގައިވާގޮތުން ރަޖިސްޓްރީނުކޮށް ކާބޯތަކެތީގެ ހިދުމަތްދިނުމުގެ ވިޔަފާރިކުރުމަކީ މަނާކަމެކެވެ. އަދި ރަޖިސްޓްރީ ނުކޮށް ވިޔަފާރިކޮށްފިނަމަ ފުރަތަމަ ފަހަރު 10,000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކަނޑައަޅާފައިވާއިރު ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ، 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުން، ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ، 300,000 (ތިން ލައްކަ) ރުފިޔާއިން ޖޫރިމަނާކުރުން، އަދި ތިންވަނަ ފަހަރަށް އެކަން ތަކުރާރުކުރާ ކޮންމެ ފަހަރަކު، 500,000 (ފަސް ލައްކަ) ރުފިޔާއިން ޖޫރިމަނާކުރުމަށް ވަނީ ކަނޑައަޅާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން އިންސްޕެކްޓްކުރަނީ ޚަބަރު | 2 ގަޑިއިރު ކުރިންޑރ ޕެޕާ ނުވިއްކުމަށާއި ނައްތާލަން އަންގައިފި ޚަބަރު | 19 ދުވަސް ކުރިންކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ތަންތަން ދަފްތަރުކޮށް ރަޖިސްޓްރީކުރުމަށް އަންގައިފި ޚަބަރު | 6 މަސް ކުރިން ސިއްޙަތަށް ނުރައްކާވެދާނެ ކުކިން ސޯސްއެއް ރާއްޖޭގައި ބޭނުން ނުކުރަން އަންގައިފިޚަބަރު | 6 މަސް ކުރިން