ޕްރީމިއަރ ލީގުގައި އޮތް އެންމެ މޮޅު ފޯވާޑް ލައިންއޮތީ ޗެލްސީގައި: އާރސެނަލްގެ ކޯޗު

އާޓެޓާގެ ވާހަކަތަކާއި ގުޅިގެން ގިނަބައެއްގެ ޚިޔާލު ވަނީ ދެކަފިވެފައި. ފޮޓޯ: ސްކައި ސްޕޯރޓްސް

18 މާރިޗު 2025 - 06:27
އާސެނަލްގެ ކޯޗް މިކެލް އާޓެޓާ ވިދާޅުވެފައިވަނީ ޕްރިމިއަރ ލީގުގައި އެންމެ ރަނގަޅު އެޓޭކިންގ ޓީމަކީ ޗެލްސީ ކަމަށެވެ. މި ވާހަކަ އޭނާ ދައްކަވާފައިވަނީ މިދިޔަ ހަފްތާ ބަންދުގައި ކުޅުނު މެޗުގައި ޗެލްސީ އަތުން 1-0 އިން މޮޅުވުމަށް ފަހުގައެވެ.
އާޓެޓާ ވިދާޅުވީ ޗެލްސީގެ ނިކޮލަސް ޖެކްސަން އަދި ކޯލް ޕާމަރ ކުޅޭއިރު އެއީ ވަރަށް ރަނގަޅު ޓީމެއް ކަމަށެވެ. އަދި މި ދެ ކުޅުންތެރިން އެކަކު އަނެކަކުގެ ކުޅުން ރަނގަޅު ކުރުވާ ކަމަށެވެ. "ޕާމަރ ކުޅެނީ ޖެކްސަން ކުޅޭއިރު މާ ރަނގަޅަށް، އަދި ޖެކްސަންވެސް ކުޅެނީ ޕާމަރ ކުޅޭއިރު މާ ރަނގަޅަށް. މިއީ ހަގީގަތް،" އާޓެޓާ ވިދާޅުވިއެވެ.
"އަޅުގަނޑުގެ ނަޒަރުގައި، އެއީ ލީގުގައި އެންމެ ރަނގަޅު އެޓޭކިންގ ޓީމް. ވަރަށް ބޮޑު ތަފާތަކުން. ތަފާސް ހިސާބުތަކުން ދައްކަނީ އެގޮތް، އަދި އަޅުގަނޑަށް ފެންނަ ހުރިހާ ކަމަކުންވެސް އެގޮތް ދައްކަނީ،" އޭނާ ވިދާޅުވިއެވެ.
އާޓެޓާ އިތުރަށް ވިދާޅުވީ ޗެލްސީއަށް ދިފާއީ ލައިނުން ކުރިއަށް ދެވޭ ކަމަށާއި، ޓްރާންސިޝަންގައި ވަރަށް ރަނގަޅަށް ކުޅޭ ކަމަށެވެ. އަދި އެ ޓީމުގެ ކުޅުންތެރިންގެ އަމިއްލަ ފެންވަރު ވަރަށް މަތި ކަމަށާއި، މިވަގުތު އެ ޓީމުގައި މުހިންމު ބައެއް ކުޅުންތެރިން ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިތުރު ލިޔުންތައް

އަމިއްލަ ދަނޑުގައި ޗެލްސީ ބަލިކުރުމަށްފަހު ލިވަޕޫލުން ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފި.
6 މަސް ކުރިން
"އަނިޔާގެ ސަބަބުން އާސެނަލްގެ މުހިންމު ކުޅުންތެރިންނަށް ނުކުޅެވުނަސް ޖެހިލުމެއް ނުވޭ" އާސެނަލްގެ ކޯޗު
5 މަސް ކުރިން
އިނގިރޭސި ޕްރީމިއަރ ލީގު: ސަލާޙު ފަހުވަގުތު ޖެހި ގޯލާއެކު އާރސެނަލް ގެ އަތުން ލިވަޕޫލަށް މުހިންމު ޕޮއިންޓެއް.
5 މަސް ކުރިން