logoEN
ކުޅިވަރު

ޔުނައިޓެޑަށް ދޯކާދީފައި ކުއެންޑާ ޗެލްސީއަށް

ކުއެންޑާގެ ސޮއި ހޯދުމަށް ޔޫރަޕުގެ ބޮޑެތިކުލަބުތަކުން ފާރަލާފައިވޭ. ފޮޓޯ: ގެޓީ އިމޭޖެސް

ކުއެންޑާގެ ސޮއި ހޯދުމަށް ޔޫރަޕުގެ ބޮޑެތިކުލަބުތަކުން ފާރަލާފައިވޭ. ފޮޓޯ: ގެޓީ އިމޭޖެސް

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

19 މާރިޗު 2025 - 05:41

ޕޯޗުގީޒް ކުލަބު ސްޕޯޓިންގ ލިސްބަންގެ ޒުވާން ވިންގަރ ޖިއޯވަނީ ކުއެންޑާ ޗެލްސީއާ ގުޅުމަށް އެއްބަސްވެފައިވާކަމަށް ފުޓްބޯޅައިގެ ޓްރާންސްފަރ ހަބަރުތައް އެންމެ އިތުބާރާއިއެކު ގެނެސްދޭ ފަބްރީޒިއޯ ރިޕޯޓްކޮށްފިއެވެ. ކުއެންޑާގެ ސޮއިހޯދުމަށް ޗެލްސީއިން ހުށަހަޅާފައިޥާ އަގަކީ 40 މިލިއަން ޕައުންޑެވެ.

17 އަހަރުގެ ކުއެންޑާ ޗެލްސީއާއެކު ސޮއިކުރާނީ 7 އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އަދި އިތުރު އެއް އަހަރު ދުވަހަށް މުއްދަތު އިތުރުކުރުމުގެ ފުރުސަތުވެސް އޮންނާނެއެވެ. ނަމަވެސް ކުއެންޑާ ޗެލްސީއާ ގުޅޭނީ 2026 ވަނަ އަހަރުއެވެ.

ޕޯޗުގަލްގެ 21 އަހަރުން ދަށުގެ ޓީމުގައި ކުޅެމުންދާ ކުއެންޑާއަކީ މިވަގުތު ޕޯޗުގީޒް ފުޓްބޯޅާގައި އެންމެ ފާހަގަކޮށްލެވޭ ޒުވާން ކުޅުންތެރިޔާ ކަމަށް ބެލެވެއެވެ. ސްޕޯޓިންގގެ ސީނިއާ ޓީމުގައި އޭނާ ކުޅުނު 43 މެޗުން 2 ލަނޑާއި 8 އެސިސްޓް ހޯދާފައިވެއެވެ.

ކުއެންޑާއަކީ ދެ ފަރާތުގައިވެސް ކުޅެވޭ ކުޅުންތެރިއެއް ކަމަށްވުމާއެކު، ޑިފެންޑަރުންނާ ވަން-އޮން-ވަން ހާލަތުގައި ކުރިމަތިލުމުގެ ޤާބިލުކަން ހުރި ކުޅުންތެރިއެއް ކަމަށް ޗެލްސީން ދެކެއެވެ.

ކުއެންޑާ ޗެލްސީއަށް ސޮއިކުރަން ނިންމާލުމުގެ ކުރިން މެންޗެސްޓަރ ޔުނައިޓެޑްއިން ވެސް އޭނާއަށް ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ. ކުއެންޑާ ސްޕޯޓިންގގެ ފުރަތަމަ 11 އިން ޖާގަ ދިނީ ކުރީގެ މެނޭޖަރު އަދި މިހާރު ޔުނައިޓެޑްގެ މެނޭޖަރ ރޫބެން އަމޮރިމްއެވެ. އެހެންކަމުން މީގެ ދުވަސްކޮޅެއް ކުރިން ކުއެންޑާ ޔުނައިޓެޑާއި ގުޅުމާއި ގާތުގައިވާކަމަށް ގިނަ މީޑިޔާތަކުން ރޮޕޯޓްކޮށްފައިވެއެވެ. އެހެންކަމުން ޗެލްސީއިން ކުއެންޑާގެ ސޮއި ހޯދުމާއި ގާތުގައިވުމަކީ ގިނަބަޔަކަށް ސިހުން ގެނުވި ކަމެކެވެ.

ކޮމެންޓް

871x217_placeholder