logo
Bank of Maldives

Bank of Maldives

ޚަބަރު

ފަސްޓް ލޭޑީގެ ފަރާތްޕުޅުން މަންދީ ޒުބައިރުގެ މައްޗަށް ދައުވާކުރަން ހުށަހަޅައިފި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
19 މާރިޗު 2025 - 10:04
ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުގައި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު -- ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުގައި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލުންނާ ގުޅޭ ގޮތުން އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ ޒުބައިރު) ދެއްކި ވާހަކަތަކާ ގުޅިގެން މަންދީއަށް ކުރާ ދައުވާގެ މައްސަލަ ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދުގެ ފަރާތްޕުޅުން މިއަދު ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.

އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިކަން ހާމަކުރީ، އެ މައްސަލައިގައި ފަސްޓް ލޭޑީގެ ފަރާތްޕުޅުން ވަކާލާތުކުރާ ޤާނޫނީ ވަކީލު އާޒިމާ ޝަކޫރުގެ ލޯފާމް އިން މިއަދު ނެރުނު ބަޔާނެއްގަައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން އެ ބަޔާނުގައި ބުނި ގޮތުގައި، ރައީސްގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް އެމްޑީޕީގެ އެއްވުމެއްގައި މަންދީ ދެއްކި ވާހަކަތަކުގެ ސަބަބުން، އުމައިރުގެ ނަފްސަށާއި ފުރާނައަށް ނުރައްކާވާނެ ހާލަތެއް މެދުވެރިކޮށް، އުމައިރުގެ ކިޔެވުމަށާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ހާލަތެއް މެދުވެރިކޮށްފައިވާ ކަމަށެވެ.

އަދި އެ ވާހަކަތަކުގެ ސަބަބުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާ އިން ކަށަވަރު ކޮށްދީފައިވާ ރައްކާތެރިކަމާއި ކަރާމާތް ނަގާލާފައިވާ ކަމުގައި ވެސް އެ ބަޔާނުގައި ބުންޏެވެ.

އެހެންކަމުން ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގު ނިގުޅައިގެންފައިވާތީ އުމައިރުގެ މަންމަގެ ހައިސިއްޔަތުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދުގެ ފަރާތްޕުޅުން ސިވިލް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅާފައިވާ ކަމުގައި އެ ބަޔާނުގައި ބުންޏެވެ.

ރައީސްގެ ދަރިކަލުންނާ ގުޅުވައި މަންދީ ދެއްކި ވަހާކަތަކާ ގުޅިގެން، މަންދީގެ އިތުރުން އެމްޑީޕީއަށާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމައީލްގެ މައްޗަށް ދައުވާކުރުމަށް ވެސް ފަސްޓް ލޭޑީގެ ފަރާތްޕުޅުން ވަނީ ނިންމާފައެވެ. އަދި އެ މައްސަލައިގައި ސަރުކާރުގެ އެކި މުއައްސަސާތަކާއި ފަރާތްތަކުގެ އިތުރުން، އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށް އެކަން ކުށްވެރިކޮށްފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީގެ ބޭއްވި ޕެނަލް ޑިސްކަޝަންގައި މަސްތުގެ ހާލުގައި އިން މީހެއް ބައިވެެރިކުރުމުން ފާޑުކިޔުންޚަބަރު | ދުވަހެއް ކުރިންއެމްޑީޕީގެ މުޒާހަރާއިން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި ޚަބަރު | 6 ދުވަސް ކުރިންޚަރަދުކުޑަކޮށް އެތައް މަޝްރޫޢެއް ހިންގާތީ އެމްޑީޕީން އުޅެނީ ހިތަށް ކުޅަދާނަ ނުވެގެން: ސިނާންޚަބަރު | 6 ދުވަސް ކުރިންކާބޯތަކެތީގެ މަންފާ ސިއްޙަތަށް ލިބޭނީ ރައްކާތެރި ދަނޑުވެރި ނިޒާމެއް ޤާއިމުކުރެވިގެން: ފަސްޓް ލޭޑީޚަބަރު | 10 ދުވަސް ކުރިން