logo
ކުޅިވަރު

އެކުވެރިކަމުގެ މެޗެއްގައި އިންޑިޔާ އަތުން ރާއްޖެ ބަލިވެއްޖެ

އަބްދުﷲ ޣާނިމް
19 މާރިޗު 2025 - 17:30
އިންޑިއާ އާއި ރާއްޖެ މިއަދު ކުޅުނު މެޗުގެ ތެރެއިން. ފޮޓޯ: އަދަދު
އިންޑިއާ އާއި ރާއްޖެ މިއަދު ކުޅުނު މެޗުގެ ތެރެއިން. ފޮޓޯ: އަދަދު

އިންޑިޔާގެ ޝިލޮންގުގައި މިއަދު ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގައި ރާއްޖޭގެ ގައުމީ ޓީމް ވަނީ އިންޑިޔާ އަތުން 3-0 ގެ ނަތީޖާއަކުން ބަލިވެއްޖެއެވެ. މިއީ އިންޑިޔާގެ އައު ކޯޗު މަނޯލޯ މާކުއޭޒްގެ އިރުޝާދުގެ ދަށުން އެ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ.

ޖަވާހިރުލާލް ނެހުރޫ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އިންޑިޔާގެ ފަރާތުން ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ 35 ވަނަ މިނެޓުގައި ރާހުލް ބޭކޭ ބޮލުން ޖެހި ބޯޅައަކުންނެވެ. އިންޑިޔާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ 66 ވަނަ މިނެޓުގައި ލިސްޓަން ކޮލާސޯއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މެޗުގައި އިންޑިޔާގެ ކެޕްޓަންގެ ގޮތުގައި ކުޅުނު 40 އަހަރުގެ ސުނިލް ޗެތުރީ ވަނީ މެޗުގެ 76 ވަނަ މިނެޓުގައި އިންޑިޔާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މިއީ ޗެތުރީ ރާއްޖެއަށް ޖެހި އަށްވަނަ ލަނޑެވެ. އަދި އޭނާގެ ބައިނަލްއަގުވާމީ 95 ވަނަ ލަނޑެވެ.

މި މެޗަކީ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގ ޓުއާނަމަންޓުގެ ކުރިން ދެ ޓީމުން ކުޅުނު އެކުވެރިކަމުގެ މެޗެކެވެ. އޭޝިއަން ކަޕް ކޮލިފައިންގައި އިންޑިޔާއިން މި މަހުގެ 25 ގައި އަމިއްލަ ދަނޑުގައި ބަންގްލަދޭޝްއާ ކުޅޭއިރު، ރާއްޖެއިން އެ ދުވަހު ރަށުން ބޭރުގައި ކުޅޭނީ ފިލިޕީންސްއާ ދެކޮޅަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލަންކާ މެޗުތަކަށް ތައްޔާރުވުމަށް ގައުމީ ޓީމުން ފަރިތަކުރުންތައް ފަށައިފިކުޅިވަރު | 9 ދުވަސް ކުރިންއޭސިއަން ކަޕް ކޮލިފައިންގައި ރާއްޖެ ތައިލެންޑާ އެއް ގްރޫޕް އަކަށްކުޅިވަރު | މަހެއް ކުރިންރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމާ ދެކޮޅަށް ވިއެޓްނާމުން 7 ގޯލު ޖަހައިފިކުޅިވަރު | 2 މަސް ކުރިންރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމު މިއަދު ވިއެޓްނާމް އާއި ދެކޮޅަށް ނިކުންނަނީކުޅިވަރު | 2 މަސް ކުރިން