logo
ކުޅިވަރު

ލަންކާ މެޗުތަކަށް ތައްޔާރުވުމަށް ގައުމީ ޓީމުން ފަރިތަކުރުންތައް ފަށައިފި

އާމިނަތު ޝަފާ
29 އޯގަސްޓު 2025 - 12:47
ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން
ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން

ސްރީ ލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސައުތު އޭޝިއަން ސުޕަ ކަޕަށް އެކުލަވާލި ގައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތައް ފަށައިފިއެވެ.


ލަންކާ މުބާރާތަށް ގައުމީ ޓީމު ތައްޔާރުވާނީ ގައުމީ ޓީމުގެ ހެޑް ކޯޗަކަށް އަލަށް ހަމަޖައްސާފައިވާ މުޙައްމަދު ޝިޔާޒް (މޯހަން) ގެ އިރުޝާދުގެ ދަށުންނެވެ. ލަންކާއާ ދެކޮޅަށް ކުޅޭ ދެ މެޗުތައް ވެގެންދާނީ މޯހަންގެ ކޯޗުކަމުގައި ގައުމީ ޓީމުން ކުޅޭނެ ފުރަތަމަ މެޗުތަކެވެ.

Ad by Hajj Corporation

Ad by Hajj Corporation

WhatsApp Image 2025-08-29 at 18.25.26 (1).jpeg

ގައުމީ ޓީމުގެ ހެޑް ކޯޗު މޯހަންއާއި އެކު އެފްއޭއެމްގެ ރައީސް ޓޮމް ކުޅުންތެރިންނާއެކު


ގައުމީ ފުޓްބޯޅަ ޓީމުން ލަންކާއާ ދެކޮޅަށް ކޮލަމްބޯގައި ކުޅޭ 2 މެޗު އޮތީ އަންނަ މަހުގެ 6 ވަނަ ދުވަހާއި 9 ވަނަ ދުވަހު އެވެ.


އަންނަ ސެޕްޓެމްބަރު މަހުގެ 4 އިން 10 އަށް ލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސައުތު އޭޝިއަން ސުޕަ ކަޕް 2025 ފުޓްބޯޅަ މުބާރާތަށް ދިޔުމަށް ހަމަޖެހިފައިވާ ރާއްޖޭގެ ސީނިއަރ ފިރިހެން ގައުމީ ޓީމުގެ ޕްރިލިމިނަރީ ސްކޮޑަށް ނަގާފައިވާ ކުޅުންތެރިންގެ ލިސްޓު މިހާރުވަނީ އިއުލާނުކޮށްފައެވެ.

ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިން:
  • މުޙައްމަދު ފައިސަލް - ބުރު ސްޕޯޓްސް ކުލަބު
  • ސަމޫހު އަލީ (ސަމުއްޓެ) - މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
  • ހުސެއިން ސިފާއު ޔޫސުފް (ކުރޯ) - މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
  • މުޙައްމަދު އިރުފާން (އިރޭ) - ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު
  • އަލީ ފާސިރު (ސެންޓޭ) - ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު
  • އިބްރާހީމް އައިސަމް - މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
  • ނާއިޒު ހަސަން (ދާދު)- މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
  • ހަމްޒާ މުޙައްމަދު (ހަމްޕު)- މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
  • ހަސަން ރާއިފް އަޙްމަދު (ހަންނަ)- ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު
  • ހައިޝަމް ހަސަން(ބިޑި) - މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
  • އަޙްމަދު އައިހަމް (ފަތޯ) - މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
  • ހަސަން ނަޒީމް (ޗޯޓު) - މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
  • އިޔާން އަބްދުލް އަލީމް (ޗިކީ) - މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
  • ހަސަން ޝިފާޒް (ޑުންގާ) - މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
  • އިބްރާހީމް އުސާމާ ހަސަން މަޖީދު (އުކާ)- ބުރު ސްޕޯޓްސް ކުލަބު
  • ހަސަން އީނާޒް - ޓީސީ ސްޕޯޓްސް ކުލަބު
  • އިބްރާހީމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) - ކުލަބު އީގަލްސް
  • ހުސެއިން ނިހާން (ނިހާޓު) - އޮޑި ސްޕޯޓްސް ކުލަބު
  • މުޙައްމަދު ނާއިމް - ބުރު ސްޕޯޓްސް ކުލަބު
  • އަޙްމަދު ރިޒްވާން (ރިޒޭ)- ކުލަބު އީގަލްސް
  • އަޙްމަދު އައިހަމް (އައިހު)- އޮޑި ސްޕޯޓްސް ކުލަބު
  • ހައިޝަމް ސަލީމް (ކޮކީ) - ކުލަބު އީގަލްސް
  • މުޙައްމަދު ޔާމީން - ވިކްޓަރީ ސްޕޯޓްސް ކުލަބު
  • އަހުޒަމް ރަޝީދު - އޮޑި ސްޕޯޓްސް ކުލަބު
  • މުޙައްމަދު އިލާން އިމްރާން - މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
  • ހަސަން ރާއިދު

 

WhatsApp Image 2025-08-29 at 18.25.28.jpeg

ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން


މި ކުޅުންތެރިންނަށް ބަލާއިރު ދެ އަހަރަށް ފަހު ގައުމީ ސްކޮޑުން، ގޯލްކީޕަރު މުހައްމަދު ފައިސަލް ވަނީ ޖާގަ ހޯދައިފަ އެވެ. މި ފަހަރު ގައުމީ ޓީމުން މުޅިން އަލަށް ޖާގަ ދިނީ، ކުރިން 19 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުނު ހަސަން ރާއިދު އަށާއި 17 އަހަރުން ދަށުގެ ގައުމީ ޓީމުގެ ފޯވާޑް، މުހައްމަދު އިލާން އިމްރާނަށެވެ.

މީގެ އިތުރުން މި ފަހަރުގެ ސްކޮޑުން ވަނީ ކުލަބު އީގަލްސްގެ ހިސާމް ސަލީމް (ކޮކީ) އާއި 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަންކަން ކުރި އަހުޒަމް ރަޝީދަށްވެސް ފުރުސަތުދީފައެވެ.


ލަންކާގެ މެޗުތަކަށް ގައުމީ ޓީމު ފުރާނީ އަންނަ މަހު 4 ވަނަ ދުވަހުއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެއާއި ފަލަސްޠީނުން އެކުވެރިކަމުގެ ފުޓުބޯޅަ މެޗުތަކެއް ކުޅެނީޚަބަރު | 2 ދުވަސް ކުރިންފަލަސްޠީން ޓީމު ރާއްޖޭގައި ކޭމްޕުކުރަން ސަރުކާރުން މަގުފަހިކޮށްދީފިކުޅިވަރު | 2 ދުވަސް ކުރިންލަންކާ މެޗުތަކަށް ތައްޔާރުވުމަށް ގައުމީ ޓީމުން ފަރިތަކުރުންތައް ފަށައިފިކުޅިވަރު | 6 ދުވަސް ކުރިންދިވެހިލީގުން ވަކިވާން ނިންމާ، ސަސް އިން އެކަން އެފްއޭއެމް އަށް އަންގައިފިކުޅިވަރު | 10 ދުވަސް ކުރިން