logo
MPL

MPL

ޚަބަރު

ހަތްދުވަސް ފަހުން އުޅަނދަކަށް، އިމާރާތަކަށް ލިބޭ ގެއްލުމަކަށް ޒިންމާ ނުވާނަން: އެފްއޭއެމް

އިސްމާޢިލް ރާތިޢު
30 ޖެނުއަރީ 2026 - 04:40
ފޮޓޯ: އެފްއޭއެމް
ފޮޓޯ: އެފްއޭއެމް

އެފްއޭއެމުގެ އެއްވެސް ހުއްދައެއް ނެތި އެ އިދާރާގެ ގަވާއިދުތަކާ ހިލާފަށް ކުރީގެ މެނޭޖްމަންޓުން މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި އެކި ކަންކަމަށް ދޫކޮށްފައިވާ ބިންތަކުގައިވާ އެއްވެސް އެއްޗަކަށް މީގެ ހަތް ދުވަސް ފަހުން ލިބޭ ގެއްލުމަށް ޒިންމާ ނުވާނެ ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފި އެވެ.

ގައުމީ ފުޓްބޯޅަ އިދާރާއިން މިހެން ބުނީ އެ ބިންތައް ހުސްކޮށް ކުރަން ދިން 14 ދުވަހުގެ ތެރޭގައި ބިންތައް ހުސްކޮށްފައިނުވާތީ އެވެ. އެފްއޭއެމުން ބުނީ ބިންތައް ހުސްކުރަން މިއަދުން ފެށިގެން ހަތް ދުވަސް ދީފައިވާ ކަމަށާއި "އޭގެ ފަހުން އެ ބިމުގައިވާ މުދަލަކަށް، ނުވަތަ އުޅަނދަކަށް ނުވަތަ ވަގުތީ ގޮތުން ހަދާފައިވާ އިމާރާތަކަށް ލިބޭ ގެއްލުމުގެ ޒިންމާ ފުޓްބޯޅަ އެސޯސިއޭޝަނުން ނުވާނެކަން އަންގާ ދިވެހި ސަރުކާރުގެ ގެޒެޓުގައި އިއުލާން"ކުރާ ކަމުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބިންތައް ދޫކޮށްފައިވާ ގޮތް، އެފްއޭއެމްގެ މިހާރުގެ މެނޭޖްމަންޓުން ބެލިއިރު އެ އިދާރާގެ އެއްވެސް ލިޔެކިއުމަކުން އެކަން ކުރަން ފާސްކޮށްފައިވާކަން ފެންނާކަށް ނެތެވެ. ނަމަވެސް ބިންތަކުގައި މަސައްކަތްކުރާ ފަރާތްތަކުން ބުނަނީ ކުރީގެ މެނޭޖްމަންޓުން ހަދާފައިވާ އެގްރީމަންޓްތައް އެބަހުރި ކަމަށެވެ. އެފްއޭއެމުގެ މިފަދަ އެތައް މައްސަލައެއް މިހާރުވެސް ކޯޓު މަރުހަލާގައި އެބަހުއްޓެވެ.

މި ބިންތަކަކީ ރާއްޖޭގައި ފުޓްބޯޅަ ތަރައްގީކުރުމަށް ސަރުކާރުން 50 އަހަރުގެ މުއްދަތަކަށް އެފްއޭއެމަށް ދީފައިވާ ބިންތަކެކެވެ. އަދި ފީފާއިން ވަނީ ފުޓްބޯޅަ ދަނޑުތަކެއް އެޅުމަށް އެފްއޭއެމަށް އެހީދީފައެވެ. މި ފައިސާ އަށް ވީނުވީއެއްވެސް ވަނީ ނޭނގިފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެފްއޭއެމް އެވޯޑްސް: ރެކޯޑްތަކަކާއެކު އަށް އަހަރު ފަހުން އެވޯޑް ހަފުލާ ބާއްވައިފިޚަބަރު | މަހެއް ކުރިންފުޓްބޯޅަ ލާމަރުކަޒީކުރަން އެފްއޭއެމްގެ ރީޖަނަލް އޮފީސްތައް ހަތަރު ރަށެއްގައި ގާއިމުކުރަނީކުޅިވަރު | 2 މަސް ކުރިންސެންޓުރަލް ރީޖަން ލީގު ޒޯން އެކެއްގެ ޗެމްޕިއަންކަން މަޝްހޫރު ހުރާ އަށްކުޅިވަރު | 6 މަސް ކުރިންއަހަރުތަކަކަށްފަހު އެފްއޭ ކަޕް މިއަދު ފަށަނީކުޅިވަރު | 7 މަސް ކުރިން