logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމާ ދެކޮޅަށް ވިއެޓްނާމުން 7 ގޯލު ޖަހައިފި

އަބްދުﷲ ޣާނިމް
29 ޖޫން 2025 - 19:39
ރާއްޖެއާއި ވިއެޓްނާމް އާއި ވާޑަކުރި މެޗުގެ ތެރެއިން - ފޯޓޯ: އެޑިޝަން
ރާއްޖެއާއި ވިއެޓްނާމް އާއި ވާޑަކުރި މެޗުގެ ތެރެއިން - ފޯޓޯ: އެޑިޝަން

އޭއެފްސީ އަންހެނުންގެ އޭޝިއަން ކަޕް ކޮލިފައިންގައި ދިވެހިރާއްޖޭގެ އަންހެނުންގެ ޤައުމީ ޓީމުން މިއަދު ވިއެޓްނާމާ ދެކޮޅަށް ކުޅުނު މެޗުން 7-0 އިން ބަލިވެއްޖެއެވެ. މިއީ އަންނަ އަހަރު އޮސްޓްރޭލިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ ވިމެންސް އޭޝިއަން ކަޕްގެ ކޮލިފައިންގ މެޗެކެވެ.

މި މެޗުގައި ވިއެޓްނާމުން ފުރަތަމަ ހާފުގައި 6 ގޯލު ޖަހާފައިވާއިރު، ދެވަނަ ހާފުގެ 67 ވަނަ މިނެޓުގައި އިތުރު އެއް ގޯލު ޖަހާފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ ގައުމީ އަންހެން ފުޓްބޯޅަ ޓީމާ އަލުން ހަވާލުވި ކޯޗު، މުހައްމަދު އާތިފް (އާތީ) މި ފަހަރު ހަވާލުވި ފަހުން އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. ފާހަގަކޮށްލެވޭ ކަމަކީ 2021 ވަނަ އަހަރުގެ އޭޝިއަން ކަޕް ކޮލިފައިންގ ޓޯނަމަންޓުގައި ވިއެޓްނާމާ ދެކޮޅަށް ކުޅުނު މެޗުން ދިވެހިރާއްޖެއަށް 16-0 އިން ބަލިވެފައިވުމެވެ.

ދިވެހިރާއްޖެއިން ދެން ކުޅޭނީ ބުދަ ދުވަހު ގުއަމާ ދެކޮޅަށެވެ. އަދި ހޮނިހިރު ދުވަހު ޔޫއޭއީއާ ދެކޮޅަށް ކުޅޭނެއެވެ. މިއަދު ކުޅުނު ގްރޫޕް ސްޓޭޖްގެ އެހެން މެޗުގައި ގުއަމާއި ޔޫއޭއީ ވަނީ ގޯލެއް ނުޖަހާ އެއްވަރުވެފައެވެ.

ވިއެޓްނާމަކީ އަންހެން ފުޓްބޯޅައިގެ ދުނިޔޭގެ ރޭންކިންގގެ 37 ވަނައިގައި އޮންނަ ޓީމެއް ކަމާއި، އެންމެ ފަހުން ބޭއްވުނު ފީފާ ވިމެންސް ވޯލްޑް ކަޕްގައިވެސް ވާދަކުރި ޓީމެކެވެ. އެއާ ޚިލާފަށް ދިވެހިރާއްޖެ އޮތީ 163 ވަނައިގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައު ތިން ކުޅުންތެރިންނާއެކު ޤައުމީ ސްކޮޑްގެ އިޢުލާނުކޮށްފިކުޅިވަރު | 3 ގަޑިއިރު ކުރިންރާއްޖެ ތަޖިކިސްތާނު އަތުން ބަލިވެއްޖެކުޅިވަރު | މަހެއް ކުރިންހަތަރު އަހަރުފަހުން ޤައުމީ ޓީމު ގަލޮޅު ދަނޑަށް ނިކުންނަނީކުޅިވަރު | މަހެއް ކުރިންޤައުމީ ޓީމުގެ ކުޅުންތެރިންނާއެކު ކުޑަކުދިންގެ ހަވީރެއް މިއަދު ބާއްވަނީކުޅިވަރު | މަހެއް ކުރިން