މެންޗެސްޓަރ ޔުނައިޓެޑުން ޒަވީ ސިމޯންސްގެ ސޮއި ހޯދުމަށް މަސައްކަތްކުރަނީ

ޔުނައިޓެޑުން ޒަވީ ސިމޮންސްގެ ސޮއި ހޯދުމަށް މަސައްކަތްކުރަނީ. ފޮޓޯ: ފަބްރީޒިއޯ

20 މާރިޗު 2025 - 02:51
އާރްބީ ލައިޕްޒިގްގެ ކުޅުންތެރިޔާ ޒަވީ ސިމޯންސް ސޮއިހޯދުމަށް މެންޗެސްޓަރ ޔުނައިޓެޑުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ސްކައި ސްޕޯރޓްއިން ރިޕޯރޓްކޮށްފިއެެވެ.
ސްކައި ޖަރުމަނީން ރިޕޯޓުކުރި ގޮތުގައި، މި އަހަރުގެ ކުރީކޮޅު 50 މިލިއަން ޔޫރޯއަށް ސިމޯންސް ދާއިމީކޮށް ސޮއިކުރި ލައިޕްޒިގުން، އޭނާ ދޫކޮށްލުމަށް މަދުވެގެން 80 މިލިއަން ޔޫރޯ ބޭނުންވާނެ ކަމަށް ބުނެފައިވެއެވެ. ސިމޯންސްގެ އެއްބަސްވުން 2027 ވަނަ އަހަރާ ހަމައަށް އޮތް ނަމަވެސް، ކްލަބުން މަޝްވަރާތަކަށް ތައްޔާރަށް ތިބޭނެ ކަމަށް ލަފާކުރެވެއެވެ.
ފައިގެ ތަދުގެ ސަބަބުން ކުޑަ މުއްދަތަކަށް ނުކުޅެވި ހުރި ނަމަވެސް، މާކޯ ރޯސްގެ ޓީމުގައި ސިމޯންސްގެ މުހިންމުކަން ވަރަށް ބޮޑެވެ. މި ސީޒަންގައި އޭނާ ވަނީ 25 މެޗުގައި ބައިވެރިވެ، 8 ލަނޑާއި 5 އެސިސްޓް ހޯދާފައެވެ.
ސިމޯންސްގެ ރަނގަޅު ފޯމާއި އަގު މައްޗަށް ދިއުމާއެކު، ލައިޕްޒިގަށް ވަރަށް ވަރުގަދަ ބާގެނިންގ ޕޮޒިޝަނެއް ލިބިފައިވެއެވެ. އަދި އަވަސް އަވަހަށް ނިންމުމެއް ނިންމުމަށް ކްލަބުން ނުރޭނެ ކަމަށްވެސް ފާހަގަކުރެވެއެވެ. އިނިއޯސްއިން ޔުނައިޓެޑުގެ ހިއްސާ ގަތްފަހުން ޔުނައިޓެޑުން ޓްރާންފަރ މާކެޓްގައި އަގުބޮޑުކޮށް ސުޕަރ ސްޓާރުން ގެނައުމުގެ ބަދަލުގައި މިހާރު މަސައްކަތް ކުރަމުންގެންދަނީ ޒުވާން ކުޅުންތެރިން ޓީމަށް ގެނައުމަށެވެ. އެގޮތުން ޔުނައިޓެޑުން ޤަބޫލުކުރާގޮތުގައި ސިމޯންސް އަކީ ޔުނައިޓެޑުގެ މެދުތެރެއިން ބްރޫނޯ ފެނާންޑޭޒް އާއެކު ޓީމު ބައްޓަން ކުރުމުގައި މުހިންމު ދައުރެއް އަދާކުރެވޭނެ ފެންވަރުހުރި ކުޅުންތެރިއެކެވެ.
އިތުރު ލިޔުންތައް

ޔޫއޭފާ ޔޫރޮފާލީގުގައި މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު ތިންވަނަ މެޗުންވެސް އެއްވަރުވެއްޖެ.
6 މަސް ކުރިން
އިނގިރޭސި ޕްރީމިއަރ ލީގު: މެންޗެސްޓަރ ޔުނައިޓެޑް އަށް ކުރިއެރުމެއްނެތް.
5 މަސް ކުރިން
މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗުކަމުން އެރިކް ޓެންހާގް ވަކިކޮށްފި.
5 މަސް ކުރިން