logo
Bank of Maldives

Bank of Maldives

ޚަބަރު

އެސްއީޒެޑްގެ ދަށުން ނ. އަތޮޅުގައި ސަސްޓެއިނެބަލް ޓައުންޝިޕް މަޝްރޫއެއް

އެސްއީޒެޑްގެ ދަށުން ނ. އަތޮޅުގައި ސަސްޓެއިނެބަލް ޓައުންޝިޕް މަޝްރޫއެއް

ސްޕެޝަލް އިކޮނޮމިކް ޒޯންގެ ދަށުން ނ. އަތޮޅުގައި ސަސްޓެއިނެބަލް ޓައުންޝިޕް މަޝްރޫއެއް ހިންގުމަށް ހުއްދަ ދީފިއެވެ.

ބޯޑް އޮފް އިންވެސްޓްމެންޓުން މި ޕްރޮޖެކްޓު ހިންގުމަށް ހުއްދަ ދީފައިވަނީ ކްރިސްޓަލް ހޯލްޑިގްސް ޕްރައިވެޓް ލިމިޓެޑަށެވެ. އެ ކުންފުނިން އައިލާގެ ނަމުގައި ހިންގާ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހުށަހަޅައިފައި ވަނީ ނ. އަތޮޅުގެ ދިގުފަރު ފަޅާއި، ދެކެނަންފަރު އަދި ކުރަމަދޫގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަޝްރޫޢުގެ ދަށުން ލަގްޒަރީ ރިއަލް އެސްޓޭޓް ތަރައްޤީކުރުމާއި، ދުނިޔޭގެ ފެންވަރުގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި، މަދުވެގެން 60 އިންސައްތަ އިޢާދަކުރަނިވި ހަކަތައިން ބޭނުންކުރެވޭ އަމިއްލަ އަށް ފުދޭވަރުގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުން ހިމެނެއެވެ. މީގެ އިތުރުން އެޑްވާންސް އެގްރިކަލްޗަރ އަދި އެކުއާކަލްޗަރ މެދުވެރިކޮށް ކާބޯތަކެތީގެ ރައްކާތެރިކަމަށް ބާރުއަޅައި، ކާބޯތަކެތީގެ ޔަގީންކަން ލިއްބައިދިނުމަށް މި މަޝްރޫޢުގެ ދަށުން މަސައްކަތްކުރާނެއެވެ.

މިއާއެކު މަތީ ފެންވަރުގެ ފަރާތްތައް ޝައުގުވެރިކުރުވުމަށް ބޭނުންވާ ސަޕޯޓް އިންފްރާސްޓްރަކްޗަރ އާއި މުވައްޒަފުންނާއި އެފަރާތްތަކުގެ ޢާއިލާތަކަށް ބޭނުންވާ ބޯހިޔާވަހިކަމާއި ތަޢުލީމާއި ޞިއްޙީ ޚިދުމަތުގެ ޚިދުމަތަށް ވެސް ވަނީ އަލިއަޅުވާލާފައެވެ.

މި ހުއްދައިގެ ދަށުން ކްރިސްޓަލް ހޯލްޑިންގްސްއިން 180 ދުވަހުގެ ތެރޭގައި ފީސިބިލިޓީ އެސެސްމަންޓަކާއި އިންފްރާސްޓްރަކްޗަރ މާސްޓަރ ޕްލޭނާއި އިންޖިނިއަރިން އަދި ތިމާވެށީގެ ތަހުލީލުތަކާއި ތަފްސީލީ ވިޔަފާރީ ޕްލޭން ހުށަހަޅަންޖެހޭނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަލިބާބާ ވޯކްޝޮޕުގައި 450 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފިޚަބަރު | 3 ދުވަސް ކުރިން އަސާސީ ކާބޯތަކެތީގެ ލިސްޓަށް 23 ބާވަތް އިތުރުކޮށް އެސްޓީއޯއިން ވިއްކަން އަންގައިފިޚަބަރު | 4 ދުވަސް ކުރިންރަސްމީ ރޭޓުގައި %50 އާއި ހަމައަށް ވިޔަފާރިތަކަށް ދަނީ ޑޮލަރު ދޫކުރަމުން: ވަޒީރު ސައީދުޚަބަރު | 6 ދުވަސް ކުރިންއަލީބާބާ ވޯކްޝޮޕްގައި 150 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީވެއްޖެޚަބަރު | 6 ދުވަސް ކުރިން