logo
Bank of Maldives

Bank of Maldives

ޚަބަރު

ރަސްމީ ރޭޓުގައި %50 އާއި ހަމައަށް ވިޔަފާރިތަކަށް ދަނީ ޑޮލަރު ދޫކުރަމުން: ވަޒީރު ސައީދު

ނުހާ އަޙްމަދު
12 ސެޕްޓެމްބަރު 2025 - 07:00
އިގްތިސާދާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުހައްމަދު ސައީދު --ފޮޓޯ/ރައީސް އޮފީސް
އިގްތިސާދާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުހައްމަދު ސައީދު --ފޮޓޯ/ރައީސް އޮފީސް

ތަކެތީގެ އަގު ހިފެހެއްޓުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ރަސްމީ ރޭޓްގައި ވިޔަފާރިތަކަށް %50އާއި ހަމައަށް ޑޮލަރު ދޫކުރަމުންދާކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ހެޔޮ އަގެއްގައި ކާބޯތަކެތީގެ ޔަގީންކަން ކަށަވަރުކުރުމަށް ސަރުކާރުން ނިންމެވުމާ ގުޅޭގޮތުން ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސައީދު ވިދާޅުވީ، އެންމެ ފަހުން އާފަލާއި އޮރެންޖްގެ އަގުބޮޑުވީ ޑޮލަރު ލިބުން ދަތިވާތީކަމަށް ބައެއް ފަރާތްތަކުން ބުނަމުންދިޔަކަމަށެވެ. މި މައްސަލަ އެ ވުޒާރާއިން ބެލިކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ހުވާކުރެއްވުމުގެ ކުރިން އެސްއެމްއީ ސެކްޓާގައި ހިމެނޭ އިމްޕޯޓަރަކަށް ރަސްމީ ރޭޓްގައި ބީއެމްއެލްއިން ޑޮލަރު ދޫކުރަނީ %5 އާއި %10 ގައިކަމަށެވެ. ރައީސް ޑރ. މުއިއްޒު ހުވާކުރެއްވި ފަހުން މިހާރު މިއައި ބަދަލުތަކާއި ގުޅިގެން %50 އާއި ހަމައަށް ރަސްމީ ރޭޓްގައި އެ ވިޔަފާރިތަކަށް ޑޮލަރު ދޫކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން ޑޮލަރު ނުލިބެއޭ ބުނެ ދައްކަމުންދާ ވާހަކައަކީ އެއްވެސް ހުއްޖަތެއްނެތް ވާހަކައެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

"މި 2 މައްސަލައަށް އެޑްރެސްކުރާއިރުގައި %300 ނުވަތަ %400 އަގުބޮޑުވާންޖެހޭ ސަބަބެއް ހަމަ ވިސްނަން އުނދަގޫވަނީ އާފަލާ އޮރެންޖުން އެވާހަކަ ހުއްޖަތަކަށް ވިދާޅުވެފައި އިނގޭތޯ" : އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު.

ހަނޑޫ، ހަކުރު، ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާއާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް، ރާއްޖޭގެ ބާޒާރުގައި ވިއްކަން ވަޒީރުންގެ މަޖިލީހުން މިހާރު ވަނީ ނިންމަވާފައެވެ. ސަރުކާރުން މިގޮތައް ނިންމަވާފައިވަނީ އާންމުކޮށް ކެއުމުގައި ބޭނުންކުރާ ބާވަތްތަކުގެ އަގުތައް ކޮންޓްރޯލެއްނެތި ވިޔަފާރިތަކުން އުފުލަމުންދާތީ ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުންނެވެ.

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވީ، މިދިޔަ 2 ރަމަޟާންމަހުވެސް އެސްޓީއޯއިން ކާބޯތަކެތި ރާއްޖެ އެތެރެކުރީ ސަރުކާރުން ޑޮލަރު ދީގެންނޫންކަމަށެވެ. މިކަން ކުރަމުންދަނީ އެ ކުންފުނީގެ އިންވެސްޓްމަންޓްތަކާއި ބޭންކްތަކާއެކު އޮންނަ އުސޫލުގެ ތެރެއިންކަމަށެވެ.

އެސްޓީއޯއިން ވަނީ މިދިޔަ ހަފްތާއިން ފެށިގެން އޮރެންޖް ގެނެސް ބާޒާރުގައި ވިއްކަން ފަށާފައެވެ. އަދި އަންނަ ހަފްތާއިން ފެށިގެން އޮރެންޖާއި އާފަލު ބާޒާރުން ހުސްނުވެ ލިބެން ހުންނާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. މީގެއިތުރުން އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައެޅި 23 ބާވަތްވެސް އަންނަ މަހުގެ 15 އިން ފެށިގެން އެސްޓީއޯއިން ރާއްޖެ އެތެރެކޮށް ހެޔޮ އަގުގައި ރައްޔިތުންނަށް ފޯރުކޮށްދޭނެ ކަމަށް ވެސް އެސްޓީއޯއިން ވަނީ ބުނެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަލިބާބާ ވޯކްޝޮޕުގައި 450 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފިޚަބަރު | 3 ދުވަސް ކުރިން އަސާސީ ކާބޯތަކެތީގެ ލިސްޓަށް 23 ބާވަތް އިތުރުކޮށް އެސްޓީއޯއިން ވިއްކަން އަންގައިފިޚަބަރު | 4 ދުވަސް ކުރިންރަސްމީ ރޭޓުގައި %50 އާއި ހަމައަށް ވިޔަފާރިތަކަށް ދަނީ ޑޮލަރު ދޫކުރަމުން: ވަޒީރު ސައީދުޚަބަރު | 6 ދުވަސް ކުރިންއަލީބާބާ ވޯކްޝޮޕްގައި 150 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީވެއްޖެޚަބަރު | 6 ދުވަސް ކުރިން