logo
MPL

MPL

ޚަބަރު

ރޯދަ މަހު ކެފޭ/ރެސްޓޯރެންޓު ހުޅުވޭ ގަޑިތައް އާންމުކޮށްފި

އައިޝަތު ނަޝާ
9 ފެބްރުއަރީ 2026 - 13:14
ރޯދަ މަހު ކެފޭ/ރެސްޓޯރެންޓު ހުޅުވޭ ގަޑިތައް އާންމު ކޮށްފި

ރަމަޟާން މަހު ރޭގަނޑު ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަނާއި، މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އާންމުކުރައްވާފައިވާ ގޮތުން އަންނަ ރަމަޟާން މަހު ކެއިން ބުއިމުގެ ޚިދުމަތް ދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ކޮންމެ ދުވަހަކުވެސް ހަވީރު 05:30 އިން ފެށިގެން މެންދަމު 03:00 ޖެހުމާ ހަމައަށެވެ. އަދި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަނުގެ ޚިދުމަތް ކޮންމެ ދުވަހަކުވެސް ފަތިހު 04:30 އިން މެންދަމު 03:00 ޖެހުމާ ހަމައަށް ދެވޭނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެވުޒާރާއިން ވަނީ، މުދާ ވިއްކާ ތަންތަން ރަމަޟާން މަހާ ދިމާކޮށް ހުޅުވާފައި ހުންނަ ގަޑިތައްވެސް އާންމުކޮށްފައެވެ. އަންގާރަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހާއި ހަމައަށް މުދާ ވިއްކާ ތަންތަން ފަތިހު 05:30 އިން ފެށިގެން މެންދަމު 01:00 ޖެހުމާ ހަމައަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށްވެސް އެވުޒާރާއިން ވަނީ ބުނެފައެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް އާންމުންނަށް ފަސޭހައިން ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އެފަދަ ތަންތަނުން ޚިދުމަތް ދޭ ގަޑިތަކަށް ވަނީ ބަދަލު ގެނެެސްފައެވެ.

ރަމަޟާން މަހަކީ، އެހެން މަސްމަހާ ޚިލާފަށް ހުރިހާ ދާއިރާއަކުންވެސް ޚިދުމަތް ދޭ ގަޑިތަކަށް ބަދަލު އަންނަ މަހެކެވެ. ހަމައެއާއެކު ކެއިން ބުއިމުގެ ޚިދުމަތް ދޭ ތަންތަނުން އެޚިދުމަތް ދުވާލުގެ ގަޑިތަކަށް މެދުކަނޑާލައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

10 އަހަރަށް ފަހު ބޭއްވި އުފެއްދުންތެރިކަމުގެ މަޢުރަޒު ފުރާލައިފި، މިހާތަނަށް 205،000 މީހުން ޒިޔާރަތްކޮށްފިޚަބަރު | 5 ދުވަސް ކުރިންމާލެއާއި ހުޅުމާލޭގައި މުދާ އުފުލާ ގަޑިތަކަށް ބޮޑު ބަދަލެއް ގެނެސްފިޚަބަރު | 21 ދުވަސް ކުރިންފޯރިގަދަ ހަރަކާތްތަކަކާއެކު އުފެއްދުންތެރިކަމުގެ މަޢުރަޒު 2026 އިފްތިތާޙުކޮށްފިޚަބަރު | މަހެއް ކުރިންރޯދަ މަހު ކެފޭ/ރެސްޓޯރެންޓު ހުޅުވޭ ގަޑިތައް އާންމު ކޮށްފިޚަބަރު | 9 މަސް ކުރިން