logo
Bank of Maldives

Bank of Maldives

ޚަބަރު

ނ. އަތޮޅުގައި ތަރައްގީކުރާ ޓައުންޝިޕު މަޝްރޫއުގެ އިންވެސްޓަރުންނާއެކު ސޮއިކޮށްފި

އިސްމާޢިލް ރާތިޢު
31 ޑިސެމްބަރު 2025 - 06:49
ނ. އަތޮޅުގައި ތަރައްގީކުރާ ޓައުންޝިޕު މަޝްރޫއުގެ އިންވެސްޓަރުންނާއެކު ސޮއިކޮށްފި

ނ. އަތޮޅުގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ "އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓް" ގެ އިންވެސްޓަރުންނާއެކު ސަރުކާރުން ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިގުތިސޯދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވަޒީރު، މުޙައްމަދު ސަޢީދެވެ. އަދި ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ  ސީއީއޯ ޕެރަޓް ކްރިސްޓިކްއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިގުތިސޯދީ ތަރައްގީއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ، މި ޓައުންޝިޕް ޕްރޮޖެކްޓަކީ ރާއްޖޭގެ އިގުތިސޯދު، އައު ހަރުފަތަކަށް ގެންދިއުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ މަޝްރޫއެއް ކަމާއި، މި މަޝްރޫއުގެ ސަބަބުން މިފަދަ އިތުރު އިންވެސްޓްމަންޓުތައް ހޯދަން ސަރުކާރަށް ހިތްވަރު ލިބި، އެކަމަށް މަގުފަހިވާނެކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، މި މަޝްރޫއުގެ ސަބަބުން މުޅި ރާއްޖެއަށާއި ދުނިޔޭގެ އިންވެސްޓަރުންގެ އިތުރުން ވަކިވަކި ފަރުދުން އާމްދަނީ ހޯދުމަށް އައު މަގުތަކާއި ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކްރިސްޓަލް ހޯލްޑިންގްސްގެ ސީއީއޯ ވަނީ މިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ސަރުކާރުގެ އެކި ވުޒާރާތަކުން ދެއްވި އެއްބާރުލުމަށް ޝުކުރުދަންނަވާފައެވެ. ރާއްޖެއަކީ އިންވެސްޓަރުންނަށް ފަހި މާހައުމެއް އޮތް ގައުމެއްކަން ސީއީއޯ ފާހަގަކުރެއްވިއެވެ.

790 މިލިއަން ޑޮލަރު ހޭދަކޮށްގެން ނ. އަތޮޅުގައި ތަރައްގީކުރަން ހަމަޖެހިފައިވާ މި ޓައުންޝިޕްގެ މަޝްރޫއު ނިންމާލުމަށް ހަމަޖެހިފައިވަނީ 2028 ވަނަ އަހަރުގެ ނިޔަލަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރޯދަ މަހު ކެފޭ/ރެސްޓޯރެންޓު ހުޅުވޭ ގަޑިތައް އާންމު ކޮށްފިޚަބަރު | މަހެއް ކުރިންނ. އަތޮޅުގައި ތަރައްގީކުރާ ޓައުންޝިޕު މަޝްރޫއުގެ އިންވެސްޓަރުންނާއެކު ސޮއިކޮށްފިޚަބަރު | 3 މަސް ކުރިންދިވެހި އުފެއްދުންތައް އަލީބާބާގައި ވިއްކަން ފަށައިފި ޚަބަރު | 3 މަސް ކުރިންފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓް ހިންގަން ރަސްމީކޮށް ހުއްދަ ދީފިޚަބަރު | 3 މަސް ކުރިން