logo
Bank of Maldives

Bank of Maldives

ޚަބަރު

އަލިބާބާ ވޯކްޝޮޕުގައި 450 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފި

އާމިނަތު ޝަފާ
15 ސެޕްޓެމްބަރު 2025 - 09:39
އަލިބާބާ ވޯކްޝޮޕުގައި 450 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފި

އަލިބާބާއާ ގުޅިގެން ބާއްވާ ވޯކްޝޮޕުގައި 450 އަށްވުރެ ގިނަ ފަރާތުން ބައިވެރިވުމަށް މިހާތަނަށް ރަޖިސްޓްރީ ކޮށްފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.


މި ވޯކްޝޮޕް ބާއްވަން ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުގެ މެންދުރުފަހު 1:00 ޖަހާއިރު ބާސެލޯ ނަސަންދުރާގައެވެ.

މިކަމާ ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވީ އަލަށް ވިޔަފާރި ފަށައިގެން އުޅޭ ފަރާތްތަކާއި، ވިޔަފާރިވެރިންނާއި އޮންލައިން ޕްލެޓްފޯމްތަކާއި ޕޯސްޓް ހިދުމަތް ދޭ ފަރާތްތަކާއި ބޭންކުތަކާއި ފްރެއިޓް ކުންފުނިތައް ހިމެނޭގޮތަށް މިހާތަނަށް މިވޯކްޝޮޕްގައި ބައިވެރިވުމަށް 450 އަށްވުރެ ގިނަ ފަރާތުން ހުށަހަޅާފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިފަދަ ވޯކްޝޮޕެއްގެ ސަބަބުން ދިވެހި ވިޔަފާރިތައް ފުޅާކުރުމަށް ބޭނުންވާ މައުލޫމާތު ލިބި އަލިބާބާގައި ސެލަރ އެކައުންޓު ހުޅުވުމުގެ މަގު ފަހިވެ އަދި ދުނިޔޭގެ އެންމެ ބޮޑު އެއް މާކެޓަށް ވަނުމަށް ދިވެހިންނަށް ލިބިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ވޯކްޝޮޕަކީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން، ދުނިޔޭގެ އެންމެ ބޮޑު އެއް އީ-ކޮމާސް ޕްލެޓްފޯމް ކަމަށްވާ އަލިބާބާ ޑޮޓް ކޮމްއާ ގުޅިގެން ކުރިއަށްގެންދާ ވޯކް ޝޮޕެކެވެ.

މި ވޯކްޝޮޕްގައި މަޢުލޫމާތު ހިއްސާކުރައްވާނީ އަލީބާބާ.ކޮމް ގެ އެކްސްޕާރޓުންނެވެ. މި މަސައްކަތުގެ މައިގަނޑު މަޤްސަދަކީ، ދިވެހީންގެ ތެރޭގައި އޮންލައިން ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް އަލިބާބާ.ކޮމްގެ ޕްލެޓްފޯމްގައި އެފަރާތްތަކުގެ މުދާ އޮންލައިންކޮށް ވިއްކޭނެ ގޮތަށް، ސެލާރ އެކައުންޓް ހުޅުވޭނެ ފުރުސަތު ފަހިކޮށްދިނުމެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްކަމުގައިވާ ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވެމުންދާ އީކޮމާރސް ޕްލެޓްފޯމްތަކުގައި ދިވެހީންނަށް ސެލަރ އެކައުންޓްސް ހުޅުވޭނެގޮތް ހަދައިދީ، މި ޕްލެޓްފޯމްތަކުގައި އޮންލައިން ވިޔަފާރި ކުރެވޭނެގޮތް ހަމަޖައްސަވައިދެއްވުމަށް، ވެވަޑައިގެންނެވި ވަޢުދުފުޅު ފުއްދެވުމުގެ މަސައްކަތްކުރުމުގެ ތެރެއިން ހުޅުވިގެންދާ ފުރުސަތަކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަލިބާބާ ވޯކްޝޮޕުގައި 450 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފިޚަބަރު | 3 ދުވަސް ކުރިން އަސާސީ ކާބޯތަކެތީގެ ލިސްޓަށް 23 ބާވަތް އިތުރުކޮށް އެސްޓީއޯއިން ވިއްކަން އަންގައިފިޚަބަރު | 4 ދުވަސް ކުރިންރަސްމީ ރޭޓުގައި %50 އާއި ހަމައަށް ވިޔަފާރިތަކަށް ދަނީ ޑޮލަރު ދޫކުރަމުން: ވަޒީރު ސައީދުޚަބަރު | 6 ދުވަސް ކުރިންއަލީބާބާ ވޯކްޝޮޕްގައި 150 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީވެއްޖެޚަބަރު | 6 ދުވަސް ކުރިން