logo
Bank of Maldives

Bank of Maldives

ޚަބަރު

ޕޭޕަލް މެދުވެރިކޮށް ފައިސާ ގެނައުމުގެ ލައިސަންސް އުރީދޫ ފިންޓެކަށް ދީފި

އާމިނަތު ޝަފާ
15 އޮކްޓޯބަރު 2025 - 14:43
ޕޭޕަލް މެދުވެރިކޮށް ފައިސާ ގެނައުމުގެ ލައިސަންސް އުރީދޫ ފިންޓެކަށް ދީފި

ބޭރު ގައުމުތަކަށް ރާއްޖެއިން ވިއްކާ ތަކެއްޗާއި ހިދުމަތުގެ ގޮތުގައި ދައްކާ ފައިސާ ޕޭޕަލް މެދުވެރިކޮށް ރާއްޖެ ގެނައުމަށްޓަކައި ނަގަން ޖެހޭ އިންވާޑް ރެމިޓެންސް ލައިސަންސް މަރުކަޒީ ބޭންކް އެމްއެމްއޭ އިން އުރީދޫ ފިންޓެކަށް ދީފި އެވެ.

އެމްއެމްއޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކޮށްފައިވާ ޕޭމަންޓް ޚިދުމަތް ދިނުމުގެ ލައިސަންސްގެ ދަށުން އިންވާޑް ރެމިޓަންސް ޚިދުމަތް ދިނުމަށް ބޭނުންވާ ހުއްދަ ހަވާލުކޮށް ދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރެވެ. ލައިސަންސްއާ ހަވާލުވެލެއްވީ އުރީދޫ ފިންޓެކް މޯލްޑިވްސްގެ ބޯޑު މެމްބަރު އަދި އުރީދޫ މޯލްޑިވްސްގެ ޗެއާމަން ފާތިމާ އަލް ކުވާރީ އާއި އުރީދޫ ފިންޓެކް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޚާލިދު އަލް ހަމާދީ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްއެމްއޭއިން ބުނީ މި ހުއްދަ ދިނުމާ ގުޅިގެން، އެމްފައިސާ ވޮލެޓަށް ޕޭޕަލް ފަދަ ވަސީލަތްތަކުން ފައިސާ ގެނައުމަށްޓަކައި، ކުރަންޖެހޭ ޑެވެލޮޕްމެންޓް މަސައްކަތްތަކާއި ޓެސްޓިންގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެކަމަށެވެ.
މިއާއެކު، ޓެކްފިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ޕޭމަންޓް ޚިދުމަތް ދިނުމުގެ ލައިސަންސްގެ ދަށުން އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ޚިދުމަތާއި އިންވާޑް އަދި އައުޓްވާޑް ރެމިޓަންސްގެ ޚިދުމަތް ދެމުން ގެންދާނެކަމަށް އެމްއެމްއޭއިން މައުލޫމާތުދެއެވެ.

ދިވެހި ފަންނުވެރިން ކުރިއަރުވާ، ޑިޖިޓަލް އަދި ކްރިއޭޓިވް އިކޮނޮމީގެ ޒަރިއްޔާއިން އިޤްތިސާދުގެ އުފެއްދުންތެރިކަން އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު އެއް އަމާޒެވެ. މިގޮތުން، ދިވެހިރާއްޖޭގެ ތާރީޚުގައި އަލަށް ފަށާ ޕޭޕަލްގެ ޚިދުމަތަކީ، ފައިސާގެ މުއާމަލާތްތައް ކުރާ ޒަމާނީ އަދި ލުއިފަސޭހަ ވަސީލަތްތައް ތަޢާރަފުކުރުމާއި، ރާއްޖޭގައި ބޭނުންކުރަމުންދާ ޑިޖިޓަލް ވޮލެޓްގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ދުނިޔޭގައި ފައިސާގެ މުއާމަލާތްތައް ކުރެވޭ ޑިޖިޓަލް މަންސަތަކުގެ އެންމެ ކުރީ ސަފުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ޚިދުމަތްތައް ދިވެހިރާއްޖެއިން ލިބޭނެ ގޮތަށް މަގުފަހި ކޮށްދިނުމަށް މި ސަރުކާރުން ވެފައިވާ ވަޢުދެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހި އުފެއްދުންތައް އަލީބާބާގައި ވިއްކަން ފަށައިފި ޚަބަރު | 5 ގަޑިއިރު ކުރިންފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓް ހިންގަން ރަސްމީކޮށް ހުއްދަ ދީފިޚަބަރު | 8 ދުވަސް ކުރިންފިކުރީ މުދާ ހިމާޔަތް ކުރުމަށް ޕޭޓަންޓު ބިލެއްގެ މަސައްކަތް ފަށައިފިޚަބަރު | މަހެއް ކުރިންޕޭޕަލް މެދުވެރިކޮށް ފައިސާ ގެނައުމުގެ ލައިސަންސް އުރީދޫ ފިންޓެކަށް ދީފިޚަބަރު | 2 މަސް ކުރިން