logo
Bank of Maldives

Bank of Maldives

ޚަބަރު

އަސާސީ ކާބޯތަކެތީގެ ލިސްޓަށް 23 ބާވަތް އިތުރުކޮށް އެސްޓީއޯއިން ވިއްކަން އަންގައިފި

އާމިނަތު ޝަފާ
14 ސެޕްޓެމްބަރު 2025 - 12:52
 އަސާސީ ކާބޯތަކެތީގެ ލިސްޓަށް 23 ބާވަތް އިތުރުކޮށް އެސްޓީއޯއިން ވިއްކަން އަންގައިފި

ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ތެރެއިން އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި މޭވާއާއި ތަރުކާރީގެ ލިސްޓް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން އާންމުކޮށްފިއެވެ. 

ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ ދިހަ ބާވަތުގެމޭވާ އާއި ތަރުކާރީ އަދި އާއްމުކޮށް ބޭނުންކުރާ އެހެނިހެން ބައެއް ކާބޯތަކެތި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ބާޒާރުގައި ވިއްކަން ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ވިދާޅުވީ ރާއްޖޭގައި ޒަމާނުންސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައްކަމުގައިވާ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެމޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުއި، އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުމަށް ކެބިނެޓުގެ މަޝްވަރާއާއެކު ނިންމާފައިވާކަމަށެވެ.

ވުޒާރާއިން ބުނީ މިހާރު އަސާސީ ކާބޯތަކެތީގެ ލިސްޓުގައި އިތުރު 23 ބާވަތެއް ހިމެނިފައިވާނެ ކަމަށާއި އެތަކެތި އެސްޓީއޯއިން ރާއްޖެއަށް އެތެރެކޮށް ހޯލްސޭލް ކުރުމަށް އަންގާފައިވާނެ ކަމަށެވެ.

އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި މޭވާ:

  • ދޮންކެޔޮ
  • އާފަލު
  • އޮރެންޖު
  • ލުނބޯ
  • ޖުމްހޫރީމޭވާ
  • އަނބު
  • ފަޅޯ
  • ކަރާ
  • މިރުސް
  • މޭބިސްކަދުރު

އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި ތަރުކާރީ:

  • ރަތް ފިޔާ
  • އިނގުރު
  • ކެރެޓު
  • ބަށި
  • ކައްޓަލަ
  • ލޮނުމެދު
  • އަލުވި
  • ކެބެޖު
  • ބަރަބޯ
  • ބޯވެލި

މި ބާވަތްތަކުގެ އިތުރުން ރީނދޫ މުގާއި ކުކުޅު ބިސް އަދި ކާށިވެސް އަސާސީ ކާބޯތަކެތީގެ ތެރޭގައި އިގްތިސާދީ ތަރައްގީއާބެހޭ ވުޒާރާއިން ވަނީ ކަނޑައަޅާފައެވެ.

ރާއްޖޭގެ ފުޑް ސެކިއުރިޓީ ގާއިމް ކުރުމުގެ މަސައްކަތުގެ ތެރެއިން މި 23 ބާވާތުގެ ތެރެއިން ރާއްޖޭގައި އުފެއްދޭނެ ބާވަތްތަށް ދެނެގަނެ އެ ބާވަތްތައް ހެއްދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އަދި ބޭރު ފައިސާއަށް ބަރޯސާވުން ކުޑަ ކުރުމަށްޓަކައި، ރާއްޖެއިން ބޭރުން ރަނގަޅު ފަރޓައިލް ބިންތަކަށް އިންވެސްޓް ކުރެވިގެންދާނެ ކަމަށް ވެސް ވުޒާރާއިން މައުލޫމާތު ދީފައިވެއެވެ.  

އެސްޓީއޯއަކީ ކާޑުގެ ބާވަތްތައް ކަށަވަރު ކުރުމުގައި ދިގު ތާރީޚަކާއި ތަޖުރިބާ ހުރި ކުންފުންޔެކެވެ. މި ބަދަލާއެކު އަސާސީ ކާބޯތަކެތި ހެޔޮ އަގެއްގައި ހުރިހާ ރައްޔިތުންނަށްވެސް ލިބިގެންދާނެކަން ވުޒާރާއިންވަނީ ކަށަވަރުކޮށްދީފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރޯދަ މަހު ކެފޭ/ރެސްޓޯރެންޓު ހުޅުވޭ ގަޑިތައް އާންމު ކޮށްފިޚަބަރު | މަހެއް ކުރިންނ. އަތޮޅުގައި ތަރައްގީކުރާ ޓައުންޝިޕު މަޝްރޫއުގެ އިންވެސްޓަރުންނާއެކު ސޮއިކޮށްފިޚަބަރު | 3 މަސް ކުރިންދިވެހި އުފެއްދުންތައް އަލީބާބާގައި ވިއްކަން ފަށައިފި ޚަބަރު | 3 މަސް ކުރިންފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓް ހިންގަން ރަސްމީކޮށް ހުއްދަ ދީފިޚަބަރު | 3 މަސް ކުރިން