ރެނާޓަސް އިރުމަތި އެޕާޓްމެންޓުތައް ވިއްކަން ހުޅުވާލައިފި؛ އަންނަ އަހަރުގެ ނިޔަލަށް އެޕާޓުމެންޓުތައް ނިމޭނެ


20 މާރިޗު 2025 - 09:47
އަންނަ އަހަރުގެ ނިޔަލަށް އެޕާޓުމެންޓުތައް އެއްކޮށް ނިންމާލުމަށް ހަމަޖެހިފައިވާއިރު، ރެނާޓަސް އިރުމަތި އެޕާޓްމެންޓުތައް ވިއްކަން ހުޅުވާލައިފިއެވެ.
ރެނާޓަސްއިން މިކަން ހާމަކޮށްފައިވަނީ އެ ކުންފުނިން ހޮޓެލް ޖެންގައި ބޭއްވި އިފްތާރުގެ ތެރެއިންނެވެ.
ރިއަލް އެސްޓޭޓް ޑިވެލޮޕަރު ރެނާޓަސް އަކީ އިނޮވޭޓިވް އަދި ދެމެހެއްޓެނިވި ޕްރޮޖެކްޓްތަކަކަށް މަޝްހޫރު، ރެނާޓަސް ޖަވާހިރު އަދި ރެނާޓަސް އިރުމަތި ފަދަ ތަރައްގީތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަން ވަނީ ފާހަގަކުރައްވަފައެވެ. އެގޮތުން ރެނާޓަސް ޖަވާހިރު ގެ މަސައްކަތް މިހާރު 40 އިންސައްތަ ނިމިފައިވާއިރު، ރެނާޓަސް އިރުމަތި 20 އިންސައްތަ ނިމިފައިވާ ކަމަށް ރެނާޓަސްއިން ބުނެއެވެ.
ރެނާޓަސް އިރުމަތި ވިއްކުމަށް މިހާރު ހުޅުވާލާފައިވާއިރު، މިއީ ހުޅުމާލޭގައި އެންމެ ޑިމާންޑް ބޮޑު އެއް ތަރައްޤީއަށް އިންވެސްޓް ކުރުމުގެ ފުރުޞަތުވެ. ރެނާޓަސް އިރުމަތީގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، މިއީ ރާއްޖޭގެ އެންމެ ފުރަތަމަ ރެޒިޑެންޝަލް ބިލްޑިންގް ގައި ހުރިހާ އެޕާޓްމަންޓަކަށް ހާއްސަ ޕާކިން ސްލޮޓްތައް ހުންނާނެ އިމާރާތަކަށްވުމެވެ.
ރެނާޓަސް އަކީ ލަގްޒަރީ އަދި ދެމެހެއްޓެނިވި ރިއަލް އެސްޓޭޓްގެ ލީޑިން ނަމެއްގެ ގޮތުގައި ސާބިތުވެފައިވާ ކުންފުންޏެކެވެ. ވޭތުވެދިޔަ ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ ސްކައިލައިނަށް ޒަމާނީ ރީތިކަމާއި، ފަންނުވެރިކަން ދައްކުވައިދޭ ތަފާތު ކުރިއެރުންތަކާއެކު، އެ ކުންފުނިން ވަނީ ތަފާތު އިމާރާތްތައް ބިނާކޮށްފައެވެ.
އިތުރު ލިޔުންތައް

މިއީ ގެދޮރުވެރިކަމަށް ދާއިމީ ހައްލެއް ގެނެސްދޭނެ ބަޖެޓެއް
6 މަސް ކުރިން
މި އަހަރަކީ ބޯހިޔާވަހިކަމާއި ތަރައްގީގެ މަޝްރޫއުތައް ފެށޭ އަހަރު: ރައީސް
4 މަސް ކުރިން
އިންސާފުވެރި ފުލެޓް ލިސްޓުން އިންސާފުގެ ޔަޤީންކަން
2 މަސް ކުރިން