logo
Bank of Maldives

Bank of Maldives

ޚަބަރު

މި އަހަރަކީ ބޯހިޔާވަހިކަމާއި ތަރައްގީގެ މަޝްރޫއުތައް ފެށޭ އަހަރު: ރައީސް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ/ ރައީސް އޮފީސް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ/ ރައީސް އޮފީސް

މި އަހަރަކީ ބޯހިޔާވަހިކަމާއި އަދި ތަރައްގީގެ މަޝްރޫއުތައް ފެށޭނެ އަހަރުކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ، މީލާދީ އައު އަހަރުގެ ތަހުނިޔާ ފޮނުއްވަމުން ރޭ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ރައީސް ވިދާޅުވީ، މި އަހަރު ވާނީ އިޤުތިޞާދީ މަސައްކަތްތައް ފުޅާކުރެވި، ފުދުންތެރިކަނަް އިތުރުކޮށް، މަސައްކަތްތެރީންނަށް އިތުރު ފުރުޞަތުތައް ހުޅުވޭނެ އަހަރަށް ކަމަށެވެ. އަދި މި އަހަރު ވާނީ އަމާންކަމާއި، ހަމަޖެހުމުގެ ބިންގަލުގެ މަތީ ތަރައްޤީ ހާސިލްކުރާނެ އަހަރަށް ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް އެފަދައިން ވިދާޅުވިއިރު، މި އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި، 56.6 ބިލިއަން ރުފިޔާގެ ބަޖެޓުވަނީ މަޖިލީހުން ފާސްކޮށްފައެވެ. މި ބަޖެޓަކީ ރާއްޖޭގެ ތާރީޚުގައި ވެސް، މިހާތަނަށް ފާސްކުރެވުނު ނިސްބަތުން އެންމެ ޑެފިސިޓް ކުޑަ ބަޖެޓެވެ. އަދި އެ ބަޖެޓަކީ މިހާތަނަށް، ބޯހިޔާވަހިކަމަށް ހޭދަކުރުމަށް އެންމެ ބޮޑު ބަޖެޓެއް އެކަށައަޅާފައިވާ ބަޖެޓު ވެސް މެއެވެ.

އެގޮތުން ބޯހިޔާވަހިކަމަށް ޚާއްސަކޮށް 3.8 ބިލިއަން ރުފިޔާ އެ ބަޖެޓުގައި ހިމަނާފައިވާއިރު، އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ނުވަތަ ޕީއެސްއައިޕީ އަށް ކަނޑައަޅާފައިވާ ބަޖެޓުގެ 50 އިންސައްތަ ހޭދަކުރަނީ ވެސް ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކަމުގައި ސަރުކާރުން މީގެ ކުރިން ހާމަކޮށްފައިވެއެވެ. އެގޮތުން ޕީއެސްއައިޕީ މަޝްރޫއުތަކަށް ޚާއްސަކޮށް، 12.4 ބިލިއަން ރުފިޔާ ބަޖެޓުގައި ވަނީ ހިމަނާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިނިވަން ދުވަހާ ގުޅިގެން ނެރުނު ފަތްތޫރަ ރައީސުލްޖުމްހޫރިއްޔާ އަރުވައިފިޚަބަރު | 2 ގަޑިއިރު ކުރިންދައުލަތަށް ހިދުމަތްކުރުމުގެ އިނާމު 66 އަށް ބޭފުޅަކަށްޚަބަރު | 2 ގަޑިއިރު ކުރިން"ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރީތި ސިފަތައް ރައްޔިތުންގެ ކިބައިގައި ހުރުން މުހިންމު "ޚަބަރު | 8 ގަޑިއިރު ކުރިންދައުލަތުގެ މަތީ ދަރަޖަ ، އިބްރާހީމް ރަޝީދު މޫސާ، ޑރ. ލަޠީފް، އަފީފް އަދި އުއްޗުއަށް އަރުވައިފިޚަބަރު | 10 ގަޑިއިރު ކުރިން