logo
Bank of Maldives

Bank of Maldives

ޚަބަރު

މިއީ ގެދޮރުވެރިކަމަށް ދާއިމީ ހައްލެއް ގެނެސްދޭނެ ބަޖެޓެއް

އާމިނަތު ޝަފާ
31 އޮކްޓޯބަރު 2024 - 08:00
މިއީ ގެދޮރުވެރިކަމަށް ދާއިމީ ހައްލެއް ގެނެސްދޭނެ ބަޖެޓެއް

މިއީ ގެދޮރުވެރިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދޭނެ ބަޖެޓަކަށް މި ބަޖެޓް ވެގެންދާނެކަމަށް ސަރުކާރުން ބުނެފިއެވެ.

ދައުލަތުން އަންނަ އަހަރަށް ލަފާކޮށްފައިވަނީ ޖުމްލަ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބޯހިޔާވަހިކަމުގެ މައްސަލައަކީ މުޅި ރާއްޖެއަށް ދިމާވެފައިވާ މައްސަލައަކަށް ވާއިރު މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން ސީދާ ގޮތެއްގައި 1.5 ބިލިއަން ރުފިޔާގެ ހައުސިން މަޝްރޫއެއް ހިންގާނެކަމަށާއި މި މަޝްރޫއު މުޅި ރާއްޖެއަށް ބެހިގެން ދާނެކަމަށް ބަޖެޓުގައިވަނީ ހިމަނާފައެވެ.

މީގެ އިތުރުން ސަރުކާރުގެ ސިޔާސަތުގެ ތެރެއިން 5 އިންސައްތައިގައި 2 ބިލިއަނާއި 4 ބިލިއަނާއި ދެމެދުގެ ލޯނު ފަހިކޮށްދިނުން ބަޖެޓުގައި ހިމަނާފައިވެއެވެ.

ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަކީ މިސަރުކާރުގެ އެއް ސިޔާސަތެވެ. ބޯހިޔާވަހިކަން ރައްޔިތުންނަށް ކަށަވަރު ކުރުމަށްޓަކައި ސަރުކާރުން ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު ފުށިދިއްގަރު ފަޅު ނުވަތަ ރަސްމާލެ ހިއްކުމުގެ މަޝްރޫއުއަކީ ބޯހިޔާވަހިކަން ހައްލުކުރުމަށް ޓަކައި ސަރުކާރުން ކުރިއަށްގެންދާ ބޮޑެތި މަޝްރޫއު ތަކުގެ ތެރެއިން އެއްމަޝްރޫއެވެ.

ވެރިކަމުގެ ފަސް އަހަރު ނިމޭއިރު މުޅި ރާއްޖޭގައި ގެދޮރުގެ މައްސަލަ ހައްލުނުވާ އެއްވެސް މީހަކު ނުހުންނާނެ ކަމުގެ 100 އިންސައްތައިގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނި ދެއްވައިފައެވެ.

ރައީސް ވިދާޅުވެފައިވަނީ ގެދޮރުގެ މައްސަލައަށް އިސްކަން ދީގެން ދައުރުގެ އެންމެ ކުރީކޮޅުގައި އެންމެ ދުވަހެއްވެސް ބޭކާރުކޮށް ނުލައި ބާރު ސްޕީޑުގައި މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫޢުތަކެއް އިފްތިތާޙްކުރަނީޚަބަރު | 5 ދުވަސް ކުރިންބޯހިޔާވަހިކަމަށް އެދި 37000 ފޯމުޚަބަރު | މަހެއް ކުރިންކުރުމުއްދަތަކަށް މާލޭގައި ރަށްވެހިވެފައިވާ ފަރާތްތަކަށް ވެސް ބޯހިޔާވަހިކަމަަށް އެދެވޭގޮތަށް ބަދަލު ގެނެސްފިޚަބަރު | 2 މަސް ކުރިންމާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ރަސްމާލެ މަޝްރޫއު މަޖުބޫރު: މިނިސްޓަރު މުއްތަލިބްޚަބަރު | 2 މަސް ކުރިން