logo
ޚަބަރު

ހިޔާވަހި ފައިނޭންސިން ސްކީމަށް ފަހުން ވެސް ކުރެހުން ހުށަހެޅޭނެ

މުހައްމަދު މޫސާމުހައްމަދު މޫސާ
22 އޭޕްރީލު 2025 - 03:01
ހިޔާވަހި ފައިނޭންސިން ސްކީމަށް ފަހުން ވެސް  ކުރެހުން  ހުށަހެޅޭނެ

ކުޑަ އިންޓްރެސްޓް ރޭޓެއްގައި ބޯހިޔާވަހިކަމަށް ދޫކުރާ 'ހިޔާވަހި ފައިނޭންސިން ސްކީމަށް' ލޯނަށް, މާލޭ ސިޓީ ކައުންސިލްގެ ކުރެހުން ނެތަސް ހުށަހެޅޭ ގޮތަށް އުސޫލަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު މިއަދު ހާމަކުރައްވައިފިއެވެ.

މިނިސްޓަރު މުއްތަލިބު ވިދާޅުވި ގޮތުގައި، ކުރިން ހިޔާވަހި ފައިނޭންސިން ސްކީމަށް ހުށަހަޅާއިރު ފާސްކޮށްފައިވާ ކުރެހުމެއް ހުށަހަޅަން ޖެހޭ ގޮތަށް އޮތީ ބޭންކުތަކުން އެގޮތަށް ބޭނުންވެގެންނެވެ. ނަމަވެސް، މާލޭ ސިޓީ ކައުންސިލުން ކުރެހުން ފާސްކުރުމަށް ގިނަ ވަގުތު ނަގާތީ، މިހާރު ނިންމާފައިވަނީ ކައުންސިލުން ފާސްކުރި ކުރެހުން ނެތަސް އިންޖިނިއަރިންގ އަދި އާކިޓެކްޓް ސްޓޭމްޕް ޖަހާފައިވާ ކުރެހުން ހުށަހެޅޭ ގޮތަށް އުސޫލަށް ބަދަލު ގެނައުމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ޔާވަހި ފައިނޭންސިންގ ސްކީމަށް ހުށަހެޅުމުގައި ފާސްކުރެވިފައިވާ ކުރެހުން ހުށަހެޅުމަށް ކަނޑައަޅާފައިވަނީ ބޭންކުތަކުން ފާސްކުރެވިފައިވާ ކުރެހުން ބޭނުންވާތީއެވެ. އެހެން ނަމަވެސް މި ސްކީމަށް އެދި ހުށަހަޅަން ބޭނުންވާ މާލޭގެ ވަރަށް ގިނަ ފަރާތްތަކަކުން މާލޭ ސިޓީ ކައުންސިލަށް ކުރެހުން ހުށަހަޅައިގެން ފާސްކުރުމަށް ވަގުތު ބޭނުންވާތީ ކައުންސިލުން ފާސްކުރި ކުރެހުން ނެތް ނަމަވެސް އިންޖިންނިއަރު އަދި އާކިޓެކްޓް ސްޓޭމްޕްކޮށްފައިވާނަމަ ހުށަހެޅޭ ގޮތަށް އުޞޫލަށް ބަދަލު ގެނައުމަށް ނިންމާފައިވާ ވާހަކަ ދަންނަވަމެވެ. އަދި އިވެލުއޭޝަންގެ މަސައްކަތް ކުރިއަށްދާއިރު ފާސްކުރި ލިޔުން ހުށަހެޅުމަށް ފުރުޞަތު ދެވޭނެ ވާހަކަ ދަންނަވަމެވެ." މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ.

ހިޔާވަހި ފައިނޭންސިން ސްކީމަކީ އަލަށް ގެއެއް އިމާރާތްކުރާ މީހުންނަށާއި، ގެއެއް އިމާރާތްކުރަން ފަށައި ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް އަމާޒުކޮށްގެން ތައާރަފުކޮށްފައިވާ ލޯނު ސްކީމެކެވެ. މި ސްކީމްގެ ދަށުން ލޯނު ދޫކުރެވޭނީ 5 އިންސައްތައިގެ އިންޓްރެސްޓް ރޭޓެއްގައި، 25 އަހަރުގެ މުއްދަތަކަށެވެ.

މި ފައިނޭންސިން ސްކީމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެއް ފުއްދުމުގެ ގޮތުން ތަޢާރަފުކޮށްފައިވާ ސްކީމެކެވެ. ހައުސިން މިނިސްޓްރީގެ އިތުރުން، މި ސްކީމްގައި ބޭންކް އޮފް މޯލްޑިވްސް، އެޗްޑީއެފްސީ އަދި މޯލްޑިވްސް އިސްލާމިކް ބޭންކުން ބައިވެރިވެއެވެ.

މި ބަދަލާއެކު، ގިނަ ރައްޔިތުންނަށް ހިޔާވަހި ފައިނޭންސިން ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ފަސޭހަވެގެން ދާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

4000 ހައުސިންގ ޔުނިޓުތަކުގެ ކުލިން ސަބްސިޑީއެއް ދިނުމަށް ސަރުކާރުން ނިންމައިފިޚަބަރު | މަހެއް ކުރިންކޮންމެ ފަންތިއެއްގެ ރައްޔިތަކަށް ވެސް ބޯހިޔާވަހިކަމުގެ ފުރުސަތު ހޯދައިދިނުމަކީ އަމާޒެއް: ވަޒީރުޚަބަރު | 2 މަސް ކުރިންގިރާވަރުގެ ބިން ހިއްކޭ ވަރަކަށް ގޯތިތައް ހަވާލުކުރަނީ ޚަބަރު | 2 މަސް ކުރިންއަންނަ ހަފުތާގައި 4،000 ފްލެޓުގެ އެއްބަސްވުންތަކުގައި ސޮއިކުރަން ފަށަނީޚަބަރު | 2 މަސް ކުރިން