logoEN
ކުޅިވަރު

ފަހުވަގުތު ވިނީޝިއުސް ޖެހި ގޯލާއެކު ބްރެޒިލް ކޮލިފިކޭޝަން ތާވަލުގެ ދެވަނައަށް

މެޗުގައި ވިނީޝިއަސްގެ ފަރާތުން ވަނީ މޮޅުކުޅުމެއް ދައްކާފައި.

މެޗުގައި ވިނީޝިއަސްގެ ފަރާތުން ވަނީ މޮޅުކުޅުމެއް ދައްކާފައި.

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

21 މާރިޗު 2025 - 03:39

ދެކުނު އެމެރިކާ (ކޮންމެބޯލް) ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ބްރެޒިލް އިން ކޮލަމްބިއާ 2-1 އިން ބަލިކޮށްފިއެވެ. މި މޮޅުވުން ހޯދައިދިނުމުގައި ރިއަލް މެޑްރިޑްގެ ތަރި ވިނީޝިއުސް ޖޫނިއަރ ވަނީ އިސް ދައުރެއް އަދާކޮށްފައެވެ.

މެޗުގެ ހަވަނަ މިނެޓުގައި ބްރެޒިލްގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ މެޗުގެ 6 ވަނަ މިނެޓުގައި ވިނީޝިއުސް އަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން ރަފީނިޔާއެވެ. ނަމަވެސް ފުރަތަމަ ހާފުގެ ނިމުމުގެ ކުރިން ޖޭމްސް ރޮޑްރިގަޒް ދިން ޕާހަކުން ލުއިސް ޑިއާޒް ވަނީ ކޮލަމްބިއާ އަށް ގޯލެއް ޖަހައި މެޗު އެއްވަރުކޮށްފައެވެ.

މެޗުގެ 70 ވަނަ މިނެޓުގައި ކޮލަމްބިއާގެ ޑެވިންސަން ސާންޗެޒްއާއި އެލިސަން ވަނީ ހެޑް އިންޖަރީ އަކާއި ގުޅިގެން ދަނޑުން ބާލާފައެވެ.

މެޗުގެ 90 މިނެޓު ހަމަވެގެން އިތުރު ވަގުތުގައި ވިނީޝިއުސް ވަނީ އޭރިޠާގެ ބޭރުން 30 ޔާޑުގެ ދުރުމިނުން ޖެހި މޮޅު ގޯލަކުން ބްރެޒިލްއަށް މުހިންމު ތިން ޕޮއިންޓް ހޯދައިދީފައެވެ.

މި މޮޅާއެކު ބްރެޒިލް ވަނީ ކޮލިފިކޭޝަން ތާވަލުގެ ހަވަނައިން ދެވަނައަށް އަރާފައެވެ. 13 މެޗުން 21 ޕޮއިންޓް ހޯދާފައިވާ ބްރެޒިލްގެ މަތީގައި އެއްވަނައިގައި މިވަގުތު އޮތީ ދުނިޔޭގެ ޗެންޕިއަން އާޖެންޓީނާއެވެ. ކޮލިފިކޭޝަން ގައި މި ދެ ޓީމު އަންނަ އަންގާރަ ދުވަހު ބައްދަލުކުރާނެއެވެ. މިމެޗު ކުޅެން ހަމަޖެހިފައިވަނީ އާރޖެންޓީނާގައެވެ.

ކޮމެންޓް

871x217_placeholder