logo
Bank of Maldives

Bank of Maldives

ކުޅިވަރު

އާސެނަލްގެ މެރީނޯގެ ހެޓްރިކާއެކު ސްޕެއިނުން ތުރުކިޔޭ ހަމަބިމަށް ތިރިކޮށްފި

އަބްދުﷲ ޣާނިމް
8 ސެޕްޓެމްބަރު 2025 - 06:28
އާސެނަލްގެ މެރީނޯގެ ހެޓްރިކާއެކު ސްޕެއިނުން ތުރުކިޔޭ ހަމަބިމަށް ތިރިކޮށްފި

ވޯލްޑް ކަޕް 2026 ގެ ކޮލިފައިންގައި ގްރޫޕް އީގައި ސްޕެއިނުން ފަސޭހަ ކަމާއެކު ތުރުކިޔޭ ބަލިކޮށްފިއެވެ. މިމެޗުގައި އާސެނަލްގެ މިޑްފީލްޑަރ މިކެލް މެރީނޯ ވަނީ ހެޓްރިކް ހަދާފައެވެ. ތުރުޔިޔޭގެ ކޯންޔާގައި ކުލުނު މިމެޗް ސްޕެއިން ކާމިޔާބުކުރީ 6-0 އިންނެވެ.

އާދިއްތަ ދުވަހު ކުޅުނު މި މެޗުގައި ޔޫރަޕިއަން ޗެމްޕިއަން ސްޕެއިން ގެ ހަލުވި އަދި މޮޅު ކުޅުން ހުއްޓުވުމަށް ތުރުކިޔޭ ވަނީ ނުކުޅެދިފައެވެ. ކޮންމެ ކައުންޓަރ އެޓޭކެއްގައިވެސް ތުރުކިޔޭގެ ޑިފެންސް ފެނިގެންދިޔައީ ބަލިކަށިކޮށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ އެންމެ 6 މިނެޓްގައި ޕެޑްރީ ވަނީ ސްޕެއިން އަށްލީޑުނަގައިދީފައެވެ. އޭގެ ފަހުން 22 ވަނަ މިނެޓްގައި މެރިނޯ އިން ދެވަނަ ލަނޑު ޖެހިއެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މެރިނޯ އިން އޭނާގެ ދެވަނަ އަދި ސްޕެއިން ގެ ތިންވަނަ ލަނޑު ޖަހާފައިވެއެވެ.

ދެވަނަ ހާފުގެ 8 ވަނަ މިނެޓްގައި ފެރަން ޓޯރެސް އިން ހަތަރުވަނަ ލަނޑު ޖެހުމަށްފަހު، 4 މިނެޓް ފަހުން މެރިނޯ އިން އޭނާގެ ހެޓްރިކް ފުރިހަމަކޮށް ސްޕެއިން ގެ ފަސްވަނަ ލަނޑު ޖެހިއެވެ. 62 ވަނަ މިނެޓްގައި ޕެޑްރީ އިން އޭނާގެ ދެވަނަ އަދި ސްޕެއިން ގެ ހަވަނަ ލަނޑު ޖަހާފައިވެއެވެ.

މި މެޗާއެކު ސްޕެއިން ވަނީ ދެ މެޗުން 6 ޕޮއިންޓް ހޯދާފައެވެ. އަދި ޓަރކީ އާއި ޖޯޖިއާ ވަނީ ދެ މެޗުން 3 ޕޮއިންޓް ހޯދާފައެވެ. މި ގްރޫޕްގެ އެއްވަނައިގައި މިވަގުތު ސްޕެއިން 6 ޕޮއިންޓާއެކު އޮތްއިރު، ތުރުކިޔޭ އޮތީ 3 ޕޮއިންޓާއެކު ތިންވަނައިގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުޓްބޯޅައިގެ ގަދަ ދެބާރުކަމަށްވާ ބްރެޒިލް އާއި އާޖެންޓީނާ އަށް ޝޮކެއްކުޅިވަރު | 9 ދުވަސް ކުރިންއާސެނަލްގެ މެރީނޯގެ ހެޓްރިކާއެކު ސްޕެއިނުން ތުރުކިޔޭ ހަމަބިމަށް ތިރިކޮށްފިކުޅިވަރު | 11 ދުވަސް ކުރިންސްޕެއިން މޮޅުވިއިރު، ޖަރުމަން ފުރަތަމަ ފަހަރަށް ވޯލްޑްކަޕް ކޮލިފައިގައި ރަށުން ބޭރުގައި ބަލިވެއްޖެކުޅިވަރު | 14 ދުވަސް ކުރިންއުޒްބެކިސްތާނުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ވޯލްޑްކަޕަށް ކޮލިފައިވެއްޖެކުޅިވަރު | 3 މަސް ކުރިން