logo
Bank of Maldives

Bank of Maldives

ކުޅިވަރު

ގަދަބާރުން ވޯލްޑްކަޕަށް ކޮލިފައިވުމަށް ޔަހޫދީން ކުރިމަސައްކަތް ނާކާމިޔާބުވެ ވޯލްޑްކަޕުން ބޭރުކޮށްލައިފި

އަބްދުﷲ ޣާނިމް
15 އޮކްޓޯބަރު 2025 - 05:03
އިސްރާޢީލުގެ ޤައުމީ ސަލާމް ކިޔަމުންގެންދިޔަ ވަގުތު ސަޕޯޓަރުން ނުރުހުން ފާޅުކުރަނީ
އިސްރާޢީލުގެ ޤައުމީ ސަލާމް ކިޔަމުންގެންދިޔަ ވަގުތު ސަޕޯޓަރުން ނުރުހުން ފާޅުކުރަނީ

ޣައްޒާގެ ހަނގުރާމައިގެ ސަބަބުން ސަލާމަތީ ގޮތުން އިންތިހާއަށް ބޮޑެތި ފިޔަވަޅުތަކެއް އަޅާފައިވަނިކޮށް، އުޑީނޭގައި ކުޅުނު ވޯލްޑް ކަޕް ކޮލިފައިންގ މެޗުގައި އިޓަލީން އިސްރާއީލް 3-0 އިން ބަލިކޮށްލައިފި އެވެ.

ހަނގުރާމައިގެ ހާލަތާ ގުޅިގެން ހައިރިސްކް މެޗެއްގެ ގޮތުގައި ކަނޑައަޅާފައިވާ އިސްރާޢީލް އިޓަލީ މެޗުގައި ސްނައިޕަރުންނާއި، ހެލިކޮޕްޓަރުތަކާއި، ޑްރޯންތަކާއި އަދި ގިނަ އަދަދެއްގެ ފުލުހުން ޑިޕްލޯއި ކޮށްގެން ކުޅުނު މެޗުގައި އިސްރާޢީލް ބަލިވެ އަންނަ އަހަރުވެ ވޯލްޑްކަޕުގެ ޖާގަ އިސްރާޢީލަށް ގެއްލިއްޖެއެވެ. އިސްރާއީލްގެ ޓީމުގެ ބަހަށް 13 ފުލުހުންގެ އުޅަނދާއި ސްޕެޝަލް ފޯސްގެ އެސްކޯޓް ދީފައިވާއިރު، އެ ޓީމް ތިބި ހޮޓަލުގެ ފުރާޅުގައިވެސް ސްނައިޕަރުން ބަހައްޓާފައިވެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ކުރިން މި މެޗު ކުޅެން ހަމަޖެހިފައިވާ އިޓަލީގެ އުދިނޭ ސިޓީގައި ގިނަބަޔަކު ބައިވެރިވެގެން ފަލަސްތީނަށް ތާއީދުކޮށް ހިނގާލުމެއް ބޭއްވި އެވެ. ނަމަވެސް ސްޓޭޑިއަމް ކައިރީގައި 50 އެއްހާ މާސްކު އަޅައިގެން ތިބި މީހުން ފުލުހުންނާ ޖެހުމުން މި ހިނގާލުން އަމާންކަމާއެކު ނިމުނީ ކަމަކަށް ނުބެލެވެ އެވެ. މި ހަމަނުޖެހުމުގައި ފުލުހުން ވޯޓަރ ކެނަންއާއި ކަރުނަ ގޭސް ބޭނުންކުރި އެވެ. އަދި ދެކޮޅަށް މެޓަލް ބެރިއަރތައް އުކައި، ކުނިއަޅާ ވަށިގަނޑުތަކަށް އަލިފާން ރޯކުރި އެވެ. މި ހަމަނުޖެހުމުގައި އިޓަލީގެ ޕަބްލިކް ބްރޯޑްކާސްޓަރު އާރުއޭއައި (RAI) ގެ ނޫސްވެރިއަކަށް އަނިޔާވި އެވެ.

ސްޓޭޑިއަމް ފްރިއުލީ އާއި އޭގެ ވަށައިގެން "ރެޑް ޒޯން" އެއްގެ ގޮތުގައި ކަނޑައަޅައި، ސަލާމަތީ ޗެކްތަކާއި މަގު ބަންދުކުރުން އިތުރުކުރެވުނެވެ. 25،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމްގައި މެޗުބަލަށް ފަނޑުގެ ދެބައިކުޅަ އެއްބައިވެސް ފުރިފައެއް ނުވެއެވެ. މީގެ އިތުރުން މެޗު ފެށުމުގެ ކުރިން އިސްރާއީލްގެ ގައުމީ ސަލާމް ކިޔަމުން ދިޔައިރު ސަޕޯޓަރުން ނުރުހުމުގައި ހަޅޭއްލަވައި ހެދިއިރު، އަނެއްބައި މީހުން އަތްޖަހައިގެން އެކަން ހުއްޓުވަން މަސައްކަތްކުރި އެވެ.

ރޭގެ މެޗުގައި އިޓަލީގެ މަޓެއޯ ރެޓެގުއީ ދެ ގޯލު ޖެހި އެވެ. އޭނާ ފުރަތަމަ ގޯލު ޖެހީ ފުރަތަމަ ހާފުގެ ފަހު ކައިރީގައި ޕެނަލްޓީއަކުން ނެވެ. ދެވަނަ ގޯލު ޖެހީ 74 ވަނަ މިނެޓުގައި ރީތި ހަމަލާއަކުން ނެވެ. އިންޖުރީ ޓައިމްގައި ޖިއަންލޫކާ މަންޗީނީ ޖެހި ގޯލުން މެޗު ނިމުނީ އިޓަލީ 3-0 އިން މޮޅުވެގެންނެވެ.

މި މުހިންމު ކާމިޔާބީއާއެކު އިޓަލީއަށް ޕްލޭއޮފްގެ ފުރުސަތު ކަށަވަރުވެއްޖެ އެވެ. ވޭތުވެދިޔަ ދެ ވޯލްޑްކަޕުގައި ބައިވެރިނުވެވުނު އިޓަލީ މިހާރު އެމީހުންގެ ގްރޫޕްގައި ދެވަނައިގައި އޮތީ ނޯވޭއަށްވުރެ ތިން ޕޮއިންޓް ފަހަތުން އަދި އިސްރާއީލަށްވުރެ ހަ ޕޮއިންޓް ކުރިއަށް ގޮސްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގަދަބާރުން ވޯލްޑްކަޕަށް ކޮލިފައިވުމަށް ޔަހޫދީން ކުރިމަސައްކަތް ނާކާމިޔާބުވެ ވޯލްޑްކަޕުން ބޭރުކޮށްލައިފިކުޅިވަރު | 7 ގަޑިއިރު ކުރިންސްވިޑަނަށް ޝޮކެއް. އިސާކް އާއި ގެޔޯޜކެރޭސް ގެ ޓީމަށް ވޯލްޑްކަޕް ގެއްލިދާނެކަމުގެ ބިރުކުޅިވަރު | ދުވަހެއް ކުރިންފުޓްބޯޅައިގެ ގަދަ ދެބާރުކަމަށްވާ ބްރެޒިލް އާއި އާޖެންޓީނާ އަށް ޝޮކެއްކުޅިވަރު | މަހެއް ކުރިންއާސެނަލްގެ މެރީނޯގެ ހެޓްރިކާއެކު ސްޕެއިނުން ތުރުކިޔޭ ހަމަބިމަށް ތިރިކޮށްފިކުޅިވަރު | މަހެއް ކުރިން