ސްވިޑަނަށް ޝޮކެއް. އިސާކް އާއި ގެޔޯޜކެރޭސް ގެ ޓީމަށް ވޯލްޑްކަޕް ގެއްލިދާނެކަމުގެ ބިރު
14 އޮކްޓޯބަރު 2025 - 05:48

ދުނިޔޭގެ ފުޓްބޯޅައިގެ ފީފާ ރޭންކިންގ 22 ވަނަގައި އޮތް ސުވިޑަނުގެ ޓީމު، ފީފާ ރޭންކިންގ 91 ވަނައިގައި އޮތް ކޮސޯވޯއަތުން ބަލިވެއްޖެއެވެ. ސްވިޑަން ކޮސޯވޯ އަތުން ބަލިވީ 1-0 އިންނެވެ. މިބައްޔާއެކު ސްވިޑަނަށް ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ފުރުސަތު ވަރަށް ބޮޑަށް ވަނީ ހަނިވެފައެވެ.
އާސެނަލްގެ އަގުބޮޑު އެއްނަންބަރު ސްޓްރައިކަރ ވިކްޓަރ ގެޔޯޜކެރޭސް އަދި ލިވަރޕޫލްގެ ރެކޯޑު އަގެއްގައި ސޮއިކުރި އެލެކްސަންޑަރ އިސާކް މި މެޗުގައި ކުޅުނު ނަމަވެސް، މި ދެ ކުޅުންތެރިންނަށްވެސް ސުވިޑެން ބަލިވުމުން ސަލާމަތް ނުކުރެވުނެވެ. އަދި ގޯލެއްވެސް ނުޖެހުނެވެ. މިއާއެކު މިދެކުޅުންތެރިންނަށް ބޮޑެތި ފާޑުކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ.

Ad by Hajj Corporation
މި ބަލިވުމާއެކު ސުވިޑެން މިހާރު އޮތީ އެ ޓީމު ހިމެނޭ ގްރޫޕްގެ އެންމެ ފަހަތުގައެވެ. އަދި ކުރިއަށް އޮތް އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަވެފައިވެއެވެ.
ޕޮއިންޓް ތާވަލް
ޔޫރަޕްގެ ފުޓްބޯޅައިގެ އިޙްތިރާމް ލިބިފައިވާ ގައުމެއް ކަމުގައިވާ ސުވިޑެންގެ މި ދަށް ނަތީޖާތަކަކީ ގިނަ ބައެއްގެ ކަންބޮޑުވުން އުފެދިފައިވާ ކަމެކެވެ. ސުވިޑެންގެ ޓީމުގައި ޔޫރަޕްގެ އެންމެ މޮޅު ލީގުތަކުގައި ކުޅޭ ތަރިން ތިބި ނަމަވެސް، އެކަށީގެންވާ ނަތީޖާ ނުނެރެވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމުގައި ފުޓްބޯޅަ މާހިރުން ފާހަގަކުރެއެވެ.


