logo
Bank of Maldives

Bank of Maldives

ކުޅިވަރު

ސްޕެއިން މޮޅުވިއިރު، ޖަރުމަން ފުރަތަމަ ފަހަރަށް ވޯލްޑްކަޕް ކޮލިފައިގައި ރަށުން ބޭރުގައި ބަލިވެއްޖެ

އަބްދުﷲ ޣާނިމް
5 ސެޕްޓެމްބަރު 2025 - 05:24
ސްޕެއިން މޮޅުވިއިރު، ޖަރުމަން ފުރަތަމަ ފަހަރަށް ވޯލްޑްކަޕް ކޮލިފައިގައި ރަށުން ބޭރުގައި ބަލިވެއްޖެ

ވޯލްޑްކަޕް ކޮލިފިކޭޝަންގެ ޔުއޭފާ ގްރޫޕް އީގައި ރޭގައި ސްޕެއިން ބަލްގޭރިއާގެ މައްޗަށް ފަސޭހަކަމާއެކު 3-0 އިން ކުރި ހޯދައިފިއެވެ.

މިމެޗު ފެށީވެސް ގޯލަކުންނެވެ. އެގޮތުން އެންމެ 5 މިނެޓުގައި ޒުބިމެންޑީގެ އެސިސްޓަކުން އޮޔަޒަބާލް ފުރަތަމަ ގޯލުޖަހާފައިވާއިރު، ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ކުކުރެލާއެވެ. ސްޕެއިނުގެ ފަހުގޯލަކީ ޔަމާލްގެ އެސިސްޓަކުން މިކެލް މެރީނޯ ޖެހި ގޯލެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

Screenshot 2025-09-05 104247.png

މިގްރޫޕްގައި ތުރުކިޔޭ ވެސް ވަނީ ޖޯޖިއާ 3-2 އިން ރޭގައި ބަލިކޮށްފައެވެ. މިއާއެކު މި ގްރޫޕްގެ އެއްވަނައިގައި ސްޕެއިން އޮތްއިރު، ދެވަނައިގައި އޮތީ ތުރުކިޔޭއެވެ.

މީގެއިތުރުން ރޭގައި ޖަރުމަނު ވަނީ ވޯލްޑްކަޕް ކޮލިފިކޭޝަން ގައި ރަށުން ބޭރުގައި ފުރަތަމަ ފަހަރަށް ބަލިވެފައެވެ. ރޭގައި ޖަރުމަނު ބަލިވެފައިވަނީ ސޮލަވާކިޔާ އަތުން 2-0 އިންނެވެ. އަދި މިމެޗާއެކު ޖަރުމަނު އެންމެ ފަހުން ކުޅުނު ހަތަރުމެޗުންވެސް މޮޅެއް ލިބިފައި ނުވާއިރު، ފަހުން ކުޅުނު ތިން މެޗުވެސް ވަނީ ބަލިވެފައެވެ. އެގޮތުން ނޭޝަންސް ލީގު ސެމީގައި ޕޯޗުގަލް އަތުން ބަލިވެފައިވާއިރު، ތިން ވަނަ ހޮވާ މެޗުގައި ފްރާންސް އަތުންވެސް ވަނީ ބަލިވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުޓްބޯޅައިގެ ގަދަ ދެބާރުކަމަށްވާ ބްރެޒިލް އާއި އާޖެންޓީނާ އަށް ޝޮކެއްކުޅިވަރު | 9 ދުވަސް ކުރިންއާސެނަލްގެ މެރީނޯގެ ހެޓްރިކާއެކު ސްޕެއިނުން ތުރުކިޔޭ ހަމަބިމަށް ތިރިކޮށްފިކުޅިވަރު | 11 ދުވަސް ކުރިންސްޕެއިން މޮޅުވިއިރު، ޖަރުމަން ފުރަތަމަ ފަހަރަށް ވޯލްޑްކަޕް ކޮލިފައިގައި ރަށުން ބޭރުގައި ބަލިވެއްޖެކުޅިވަރު | 14 ދުވަސް ކުރިންއުޒްބެކިސްތާނުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ވޯލްޑްކަޕަށް ކޮލިފައިވެއްޖެކުޅިވަރު | 3 މަސް ކުރިން