ލައިސަންސްތަކާއި، ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްތަކުގެ މުއްދަތު އިތުރުކުރަން ނިންމައިފި


21 މާރިޗު 2025 - 07:06
އެއްގަމާއި ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސްތަކާއި، ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްތަކުގެ މުއްދަތު އިތުރުކުރުމަށް ޓްރާންޕޯޓް މިނިސްޓްރީން ނިންމައިފިއެވެ.
ރަމަޟާންމަހުގެ ފަހު ދިހަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކަކަށް ވުމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ފޯރުކޮށްދޭ ބައެއް ޚިދުމަތްތަކަށް ވަނީ ވަގުތީ ބަދަލުތަކެއް ގެނެސްފައެވެ.
އެހެންކަމުން، މި މަހުގެ ފަހަކުން އޭޕްރީލް 20 އާއި ދެމެދު މުއްދަތު ހަމަވާ އެއްގަމާއި ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސްތަކުގެ މުއްދަތު މެއި ފަހެއްގެ ނިޔަލަށް އިތުރުކުރެވޭނެއެވެ. އަދި މި މަހު ފަހަކުން ފެށިގެން މުއްދަތު ހަމަވާ ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްތަކުގެ މުއްދަތުވެސް މެއި ފަހެއްގެ ނިޔަލަށް އިތުރުކުރެވޭނެއެވެ.
މީގެ އިތުރުން، މިނިސްޓްރީއަށް ހުށަހަޅާފައިވާ އެޕްލިކޭޝަންތަކާ ގުޅިގެން ލިޔެކިޔުންތަކުގެ އަސްލު ހުށަހެޅުމަށް މި މަހު 23 އިން ފެށިގެން 30 އަށް (ހުކުރު އަދި ހޮނިހިރު ފިޔަވައި) ހެނދުނު 11:00 އިން މެންދުރު 13:00 އަށް އުމަރު ޒާހިރް އިމާރާތުގެ ގްރައުންޑް ފްލޯގައި އެ މިނިސްޓްރީއަށް ޚާއްސަކުރެވިފައިވާ ކައުންޓަރު ހުޅުވިފައި ހުންނާނެއެވެ.
މި މުއްދަތުގައި މިނިސްޓްރީގެ ކޯލް ސެންޓަރު ބަންދުވާނެއެވެ. އެހެން ނަމަވެސް މެރިޓައިމް ޓްރާންސްޕޯޓް ޑިޕާޓްމަންޓުގެ ޚިދުމަތްތަކާ ގުޅޭގޮތުން ކޮންމެހެން ގުޅަންޖެހޭ ޙާލަތްތަކުގައި ހެނދުނު 9:00 އިން މެންދުރު 13:00 އާ ދެމެދު 7212719 ނަންބަރަށް ގުޅުމަށްފަހު މައުލޫމާތު ސާފުކުރެވޭނެއެވެ.
މި ބަދަލުތައް ގެނެވިފައިވަނީ ރަމަޟާންމަހުގެ ފަހު ދިހައަކީ ސަރުކާރު ބަންދު ދުވަސްތަކެއް ނަމަވެސް މި ދުވަސްތަކުގައި ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމަށެވެ.
އިތުރު ލިޔުންތައް

އާދިއްތަ ދުވަހުން ފެށިގެން ސެކިއުރިޓީ ފީޗަރތަކާއެކު ޑޮމެއިންގެ ޚިދުމަތް އަލުން ފަށަނީ
5 މަސް ކުރިން
ފ. އަތޮޅުގެ ދެ ރަށެއްގައި ލައިސަންސް ޓްރެކް ހުޅުވަނީ
23 ދުވަސް ކުރިން
އައު ޓާމިނަލް ހުޅުވުމާއެކު އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް އަންނާނެ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި
23 ދުވަސް ކުރިން