logo
Bank of Maldives

Bank of Maldives

ޚަބަރު

ޖުލައި 13 އިން ފެށިގެން 4 ފުރޮޅުލީ އުޅަނދު ރާއްޖެ އެތެރެކުރުމަށް ހުއްދަ ނަގަން ޖެހޭނެ

ޖުލައި 13 އިން ފެށިގެން 4 ފުރޮޅުލީ އުޅަނދު ރާއްޖެ އެތެރެކުރުމަށް ހުއްދަ ނަގަން ޖެހޭނެ

ދިވެހިރާއްޖެއަށް 4 ފުރޮޅުލީ އެއްގަމު އުޅަނދު އެތެރެކުރުމުގައި އާ އުސޫލެއް ގެނެސްފި އެވެ.

މީގެ ދަށުން، 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުން ފެށިގެން، ދެފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި، އެހެން ހުރިހާ އިންޖީނުލީ އެއްގަމު އުޅަނދެއް ދިވެހިރާއްޖެއަށް އެތެރެކުރެވޭނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ހުއްދަ ހޯދުމަށް ފަހުގަ އެވެ. 

Ad by Hajj Corporation

Ad by Hajj Corporation

މި ބަދަލު ގެނެސްފައިވަނީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދަށް ގެނެވުނު 6 ވަނަ އިސްލާޙުގެ ދަށުންނެވެ. މި ގަވާއިދުގެ މައިގަނޑު މަޤްޞަދަކީ އެއްގަމު އުޅަނދު އެތެރެކުރުމުގެ ކަންކަން ހަރުދަނާކޮށް، ގަވާއިދެއްގެ ދަށުން ހިންގުމެވެ. 

މިފަދަ އުޅަނދުތައް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ހުއްދައަށް އެދި ހުށަހެޅޭނެ ގޮތްތައް މިނިސްޓްރީން މިހާރު ވަނީ ހަމަޖައްސާފަ އެވެ. ހުއްދައަށް އެދި ހުށަހަޅާނީ މިނިސްޓްރީގެ ޕޯޓަލް eportal.mta.gov.mv މެދުވެރިކޮށެވެ. މީގެ އިތުރުން، މި ޚިދުމަތަށް އެދޭ ފޯމް މިނިސްޓްރީގެ ވެބްސައިޓުންނާއި މިނިސްޓްރީގެ ރިސެޕްޝަނުން ލިބެންހުންނާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.

މި އާ ގަވާއިދުގެ ދަށުން، 2025 ޖުލައި 13 ވަނަ ދުވަހުގެ ފަހުން ދިވެހިރާއްޖެއަށް އެތެރެކުރާ ދެފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި އެހެން ހުރިހާ އުޅަނދެއް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާއިރު، އެ އުޅަނދު ދިވެހިރާއްޖެއަށް އެތެރެކުރުމަށް ނަގާފައިވާ ހުއްދަ ހުށަހަޅަންޖެހޭނެ އެވެ. ވީމާ، އާއްމު ރައްޔިތުންނާއި، އުޅަނދު އެތެރެކުރާ ފަރާތްތަކުން މިކަމަށް ސަމާލުވެ، ކުރިމަތިވެދާނެ ދަތިތަކުން ސަލާމަތްވުމަށް މިހާރުން ފެށިގެން ތައްޔާރުވުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ. 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވައިގެ މަގުން ދެކުނުގެ 4 އަތޮޅެއް ގުޅާލައިފިޚަބަރު | 7 ދުވަސް ކުރިންގަރާޖް ޕާމިޓް ހުށަހަޅަން ނުޖެހޭ ގޮތަށް ހަދައިފިޚަބަރު | މަހެއް ކުރިންއަހަރީ ފީއާއި ޖޫރިމަނާ ހުއްޓަސް އުޅަނދުގެ ރަޖިސްޓްރީ ބާތިލު ކުރަނީޚަބަރު | މަހެއް ކުރިންހެލިކޮޕްޓަރުގެ ހިދުމަތްދޭނެ ފަރާތެއް ހޯދަން ދެވަނަ ފަހަރަށް އިއުލާނުކޮށްފި ޚަބަރު | 2 މަސް ކުރިން