logo
Bank of Maldives

Bank of Maldives

ޚަބަރު

4 ފުރޮޅުލީ އުޅަނދު ރާއްޖެ އެތެރެކުރުމަށް މީގެ ފަހުން ޚާއްޞަ ހުއްދައެއް ނަގަން ޖެހޭނެ

އަޙްމަދު ޒަލީފް
13 ޖުލައި 2025 - 12:28
4 ފުރޮޅުލީ އުޅަނދު ރާއްޖެ އެތެރެކުރުމަށް މީގެ ފަހުން ޚާއްޞަ ހުއްދައެއް ނަގަން ޖެހޭނެ

މިއަދުންފެށިގެން ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު ރާއްޖެ އެތެރެކުރެވޭނީ އެކަމަށް ޚާއްޞަ ހުއްދަ ނެގުމަށްފަހުކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ވަނީ ރާއްޖެއަށް ހަތަރު ފުރޮޅުލީ އުޅަނދު އެތެރެކުރުމުގެ ޤަވައިދު އިޞްލާހުކޮށް އެއަށް ޢަމަލުކުރަން ފަށާފައެވެ.

މިދިޔަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ހަތަރު ފުރޮޅުލީ އުޅަނދުތައް ގަރާޖުކުރުމުގެ ހުއްދަ ނެތި ރާއްޖެއަށް އެތެރެ ނުކުރެވޭ ގޮތަށް އެއްގަމު އުޅަނދު ރަޖިސްޓަރީކުރުމުގެ ޤަވާއިދު އިސްލާޙުކޮށް، ގެޒެޓުގައި ޝާއިޢުކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޤަވާއިދު އިސްލާޙުކުރުމުގެ މައިގަނޑު މަޤްޞަދަކީ އެއްގަމު އުޅަނދު އެތެރެކުރުމުގެ ކަންކަން ހަރުދަނާކޮށް، ޤަވާއިދެއްގެ ދަށުން މިފަދަ ކަންކަން ހިންގުމަށެވެ.

އުޅަނދުފަހަރު ރާއްޖެ އެތެރެކުރުމުގެ ހުއްދައަކީ މީގެ ކުރިންވެސް ވުޒާރާއިން ދެމުން އައި ހުއްދައެކެވެ. އެހެންނަމަވެސް އެކި ސަބަބުތަކާއެކު ފާއިތުވި 5 އަހަރު ވަނީ އެ ހުއްދަ ދިނުން ހުއްޓާލާފައެވެ. އަލުން މި މަސައްކަތް ފަށާފައިވަނީ ރާއްޖެ އެތެރެކުރެވޭ 4 ފުރޮޅުލީ އުޅަނދު ބާއްވާނެ ގަރާޖެއް އޮތްތޯ ކަށަވަރުކުރެވޭނެ ނިޒާމާއެކު ކަމަށް ދަތުރުފަތުރާއި ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއެވެ.

އެގޮތުން ހަތަރު ފުރޮޅުލީ އުޅަނދެއް ރާއްޖެއަށް އެތެރެކުރުމަށް އެ ވުޒާރާގެ ޕޯޓަލް (eportal.mta.gov.mv) މެދުވެރިކޮށް މިހާރު ހުށަހެޅޭނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އަދި މި ޚިދުމަތަށް އެދޭ ފޯމް އެ ވުޒާރާގެ ވެބްސައިޓުގެ އިތުރުން ރިސެޕްޝަނުން ލިބެންހުންނާނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުވައްމުލަކު އެއާޕޯޓުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރަން މަޝްވަރާކޮށްފިޚަބަރު | 3 ގަޑިއިރު ކުރިންބ. އަތޮޅުގައި އާރްޓީއެލްގެ ހިދުމަތްދިނުމަށް 2 ފެރީ ބޭނުންކުރާނެޚަބަރު | 2 މަސް ކުރިން4 ފުރޮޅުލީ އުޅަނދު ރާއްޖެ އެތެރެކުރުމަށް މީގެ ފަހުން ޚާއްޞަ ހުއްދައެއް ނަގަން ޖެހޭނެ ޚަބަރު | 2 މަސް ކުރިންޖުލައި 13 އިން ފެށިގެން 4 ފުރޮޅުލީ އުޅަނދު ރާއްޖެ އެތެރެކުރުމަށް ހުއްދަ ނަގަން ޖެހޭނެޚަބަރު | 2 މަސް ކުރިން