logoEN
ދުނިޔެ

72 ގަޑިއިރުގެ ތެރޭ 600 އާ ގާތްކުރާ އަދަދަކަށް މީހުން ޝަހީދުކޮށްލައިފި

އާމިނަތު ސަފާއާމިނަތު ސަފާ

21 މާރިޗު 2025 - 07:32

ޔަހޫދީންގެ ހަމަލާތަކުގައި 72 ގަޑިއިރުގެ ތެރޭގައި 600 އާ ގާތްކުރާ އަދަދެއްގެ ފަލަސްތީނުގެ ރައްޔިތުން ޝަހީދުކޮށްލާފައިވާކަމަށް ބައިނަލްއަގްވާމީ ރިޕޯޓުތައް ބުނެފިއެވެ.ޣައްޒާގެ ދެކުނުގައި އޮންނަ ރަފަހު ސަރަޙައްދާއި އުތުރުގައި އޮންނަ ބައިތު ލަހިޔާ އަށް ވަދެގަނެފައިވާކަމަށް ޔަހޫދީ ސިފައިންވަނީ ބުނެފައެވެ. އަންގާރަ ދުވަހު ހަގުރާމަ ހުއްޓުމަކަށް ގެނައި އެއްބަސްވުމާ ގަސްދުގައި ހިލާފުވެ ޔަހޫދީން ދޭންފެށި ހަމަލާތަކުގައި 590 އަށް ވުރެ ގިނަ މުސްލިމުން ޝަހީދުވެފައިވާކަމަށް ފަލަސްތީނުގެ ޞިއްޙީ އިދާރާތަކުން ބުނެފައިވާއިރު ވައިގެ މަގުންނާއި އެއްގަމުމަގުން ދޭ ހަމަލާތައް އިތުރުވަމުންދާތީ ޝަހީދުވާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް ވެސް ފަލަސްތީނުގެ ސިއްހަތާ ބެހޭ އިދާރާތަކުން މައުލޫމާތުދެއެވެ. ޔަހޫދީންގެ ހަމަލާތަކާ ގުޅިގެން ހަމާސްއިން ވަނީ އިސްރާއީލަށް ރޮކެޓް ހަމަލާއެއް ދީފައެވެ. އަދި ޔަމަނުގެ ހޫތީންވެސް ތެލް އަވީވުގެ ދެކުނުގައި ހުރި އަސްކަރީ މަރުކަޒަކަށް މިސައިލް ހަމަލާތަކެއް ދީފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ. ޣައްޒާގެ އިތުރުން އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާ ބޯޓުތަކުން ލުބުނާނުގެ ދެކުނާއި އިރުމަތީގެ ސަރަހައްދުތަކަށް ވައިގެ ހަމަލާތައް ދޭން ވަނީ ފަށާފައެވެ. މީގެ އިތުރުން ސީރިއާގެ ވެރިރަށް ދިމިޝްގުގެ ހުޅަނގުން އަސްކަރީ އަމާޒުތަކަކަށްވެސް ޔަހޫދީން ބޮން އަޅާފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އެމެރިކާގެ ރަައީސް ކަމުގެ މަގާމުގައި މިހާރުހުރި ޑޮނަލްޑް ޓްރަމްޕް ވަނީ ޔަހޫދީންނަށް އެއްވެސް ހައްދެއް ހުދޫދެއްނެތި ނުރައްކާތެރި ހަތިޔާރު ފޯރުކޮށްދީ އަދި ފަނާކުރަނިވި ހަތިޔާރުތައް ޔަހޫދީންނަށް ފޮނުވުމުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސާފައެވެ.

މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުން މި ރަހުމު ކުޑަ ހަމަލާތަކަކީ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް ޔަހޫދީ ފައުޖުން އެމެރިކާގެ ފުރިހަމަ ތާއީދާއެކު ބަރަކާތްތެރި ރަމަޟާންމަހު ފަލަސްތީނުގެ އާއްމު ރައްޔިތުން ޝަހީދުކުރުމަށް ރާވައިގެން ދެމުންދާ ހަމަލާތަކެކެވެ.

ކޮމެންޓް

871x217_placeholder