ބައި މިލިއަން ރުފިޔާއާއެކު ހައްޔަރުކުރި މީހާ ދޫކޮށް، އެ ފައިސާ ގެންދިޔައީ ޝަމްއާންގެ ގެއަށް: ފުލުހުން

އިމިގްރޭޝަނުގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލް ޝަމްއާން ވަހީދު-- ފޮޓޯ/ ސަން އޮންލައިން
.jpg&w=3840&q=75)
21 މާރިޗު 2025 - 17:28
ބައި މިލިއަން ރުފިޔާއަށް ވުރެ ގިނަ ރުފިޔާއާއެކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީ މީހާ ދޫކޮށްލީ އެ އިދާރާގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލް ޝަމްއާން އަޙްމަދު ވަހީދުގެ އަމުރަށް ކަމަށާއި، އެ ފައިސާތައް ފަހުން ގެންދިޔައީ ވެސް އެގެއަށް ކަމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން އެފަދައިން ބުނީ، އިމިގްރޭޝަނުގެ މައްސަލައިގައި ފުލުހުން މިރޭ ނެރުނު ނޫސް ބަޔާނެއްގައެވެ.
އެ ބަޔާނުގައި ފުލުހުން ބުނީ، އިމިގްރޭޝަނުގެ ބައެއް މުވައްޒަފުންގެ މަގާމު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖައިޒު މަންފާ ހޯދަމުން ދިޔަ ކަމަށް އެ އިދާރާއަށް ލިބުނު މައުލޫމާތާ ގުޅިގެން ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ޑީޓެއިންކުރުމުގެ ޒިންމާ އާންމުކޮށް އަދާކުރަމުންދާ ޓާސްކް ފޯސް އަދި ރިސްކް މެނޭޖްމަންޓްގެ މުވައްޒަފުން ނޫން އެހެން ސެކްޝަންތަކުގެ މުވައްޒަފުންތަކެއް، އެ މުވައްޒަފުންފެ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލައެއް ފުލުހުން ބަލަމުން އަންނަ ކަމަށެވެ.
އަދި އެ މައްސަލައިގެ ތަހުގީގުގެ ތެރެއިން، ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ ގެއެއް ބަލައި ފާސްކޮށް، އެ ގެއިން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީންގެ އަތުން ގިނަ އަދަދެއްގެ ނަގުދު ފައިސާ ވެސް ގެންގޮސްފައިވާކަން އެނގިފައިވާ ކަމަށާއި، އެ މީހުން ހައްޔަރުކުރި ދުވަހުގެ އަނެއް ދުވަހުގެ ދަންވަރު، އިމިގްރޭޝަނުގެ ކޮންޓްރޯލަރު ޝަމްއާންގެ އަމުރަށް އެތަނުން 530،000 ރުފިޔާއާއެކު އިމިގްރޭޝަނަށް ގެންދިޔަ ބިދޭސީ މީހާ ދޫކޮށްފައިވާކަން އެނގިފައިވާ ކަމަށެވެ.
އަދި އެ ބިދޭސީ މީހާގެ ގެ ބަލައި ފާސްކުރުމުގައި އަމަލީ ގޮތުން ބައިވެރިވި އިމިގްރޭޝަނުގެ މުވައްޒަފުން ޑިޓެންޝަނުން ދޫކޮށްލި ބިދޭސީ މީހާއާ މަގުމަތިން ބައްދަލުކޮށް، އޭނާގެ އަތުގައި ހުރި ފައިސާތައް ހޯދައި، އެ ފައިސާތައް ހިފައިގެން ޝަމްއާން ދިރިއުޅޭ އިމާރާތަށް ވަދެފައިވާކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމުގައި ވެސް ފުލުހުން ބުންޏެވެ.
އަދި އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފަސް މީހަކު ހުއްޓުވައި ބަލައި ފާށްކޮށް، އެމީހުންގެ އަތުން އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި، އޭގެ އިތުރަށް ޝަމްއާން ދިރިއުޅުނު ގެ ބަލައި ފާސްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެގޮތުން އެތަން ބަލައި ފާސްކުރިއިރު، އެގެއިން ގިނަ އަދަދެއްގެ ފައިސާ އާއި އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމުގައި ވެސް ފުލުހުން ބުންޏެވެ. އެ މައްސަލައިގައި އެގެއިން ގެންދިޔައީ ކިހާ ފައިސާއެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އިމިގްރޭޝަނުގެ މުވައްޒަފުންތަކެއް، މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ކުރި މައްސަލައެއް ބަލަމުންދާ ކަން ފުލުހުން ހާމަކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. އެ މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާއިރު، އިމިގްރޭޝަނުގެ ކޮންޓްރޯލާ ޖެނެރަލްގެ މަގާމުން ޝަމްއާން ވެސް ވަނީ ވަކިކޮށްފައެވެ. އެއާއެކު އެ މަގާމަށް ރޭގެ ވަގުތެއްގައި ވަނީ، ކުރީގެ ޕޮލިސް ކޮމިޝަނަރު (ސީޕީ) އަޙްމަދު ފަސީޙު އައްޔަނުކޮށްފައެވެ.
އިތުރު ލިޔުންތައް

ބުޅާ މެރި ކަމަށް ތުހުމަތު ކުރެވޭ މީހާ އިމިގްރޭޝަނާ ހަވާލުކޮށްފި
7 މަސް ކުރިން.jpg&w=3840&q=75)
ރިއޮލަޮ އޮފީހުން ވައްކަންކުރި މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފި
7 މަސް ކުރިން
މާލީ ބަގާވާތެއް ކުރަން އުޅުނު ކަމަށް ތުހުމަތުކޮށް ފުލުހުން މައްސަލަ ތަހުގީގުކުރަނީ
7 މަސް ކުރިން