logoEN
ޚަބަރު

ބ. އަތޮޅުން ދުނިޔޭގެ ރިކޯޑު ފޮތަށް އަރަން މަސައްކަތްކުރަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ

22 މާރިޗު 2025 - 01:20

ބ. އަތޮޅު ކައުންސިލުން ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ހިންގާ ޚާއްޞަ ހަރަކާތެއްގެ ގޮތުގައި، އެއްފަހަރާ އެންމެ ގިނަ މީހުން ފީނުމުގެ ދުނިޔޭގެ ރެކޯޑެއް ހެދުމަށް އެ އަތޮޅު ކައުންސިލުން ފްރީޑައިވް މޯލްޑިވްސްއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

"ބާނި" ގެ ނަމުގައި ކުރިއަށް ގެންދާ މި ހަރަކާތް އޮންނާނީ ބ. އަތޮޅު އަނގަފަރު ސަރަހައްދުގައެވެ. މި ހަރަކާތުގައި އެއްފަހަރާ 1000 އަށްވުރެ ގިނަ މީހުން ބައިވެރިވެ، ފީނައިގެން ގިނީސް ވޯލްޑް ރެކޯޑުން ޖާގަ ހޯދުމަށް މަސައްކަތްކުރާނެއެވެ.

މި ހަރަކާތް އޮންނާނީ އަންނަ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހުއެވެ. މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުޞަތު ބ. އަތޮޅުގެ ރައްޔިތުންނާއި އެ އަތޮޅުގެ ރިސޯޓުތަކުގެ އިތުރުން މުޅި ރާއްޖެއަށް ވަނީ ހުޅުވާލާފައެވެ.

ގިނަ އަދަދެއްގެ ރިސޯޓުތައް ހިމެނޭ ބ. އަތޮޅު ކައުންސިލުން ބާއްވާ މި ހަރަކާތުގެ މައިގަނޑު ދެ މަޤްޞަދެއް ވެއެވެ. އެއީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާ މެދު މީހުން ހޭލުންތެރިކުރުވުމާއި، ބ. އަތޮޅަކީ ފަތުރުވެރިންނަށް ޝައުޤުވެރި މަންޒިލެއްގެ ގޮތުގައި ދުނިޔެއަށް އިޝްތިހާރުކުރުމެވެ.

ކޮމެންޓް

871x217_placeholder