logo
Bank of Maldives

Bank of Maldives

ކުޅިވަރު

އުރުގުއޭ ބަލިކޮށް އާރޖެންޓީނާ ވޯލްޑްކަޕަށް ކޮލިފައިވުމާއި ގާތަށް

އަބްދުﷲ ޣާނިމް
22 މާރިޗު 2025 - 05:52
އުރުގުއޭ އާއި އާޖެންޓީނާ މެޗުގެ ތެރެއިން. ފޮޓޯ: މެނޭޖިންގް މެޑްރިޑް
އުރުގުއޭ އާއި އާޖެންޓީނާ މެޗުގެ ތެރެއިން. ފޮޓޯ: މެނޭޖިންގް މެޑްރިޑް

ވޯލްޑްކަޕް 2026 ގެ ދެކުނު އެމެރިކާގެ ކޮލިފިކޭޝަން ރައުންޑުގައި އުރުގުއޭ އާ ކުރިމަތިލައި އާޖެންޓީނާ ވަނީ 1-0 ން މޮޅުވެއްޖެއެވެ. މި މެޗުގެ ފަހު ވަގުތުތަކުގައި ހިނި ހަމަނުޖެހުންތަކުގައި އާޖެންޓީނާގެ ނިކޯ ގޮންޒާލެޒް އަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.

މެޗު ފަށައިގެން ދެޓީމުގެ ފަރާތުންވެސް ފެނުނީ މަޑުމައިތިރި ކުޅުމެކެވެ. މެޗުގެ ގިނަ ވަގުތު ބޯޅާގައި ހިފެހެއްޓީ އުރުގުއޭ އިން ނަމަވެސް، ބިއެލްސާގެ ޓީމަށް އާރޖެންޓީނާގެ ޕެނަލްޓީ އޭރިޔާތެރޭގައި އެކަށީގެންވާވަރަށް ކުލުމެއް ދެއްކިފައެއް ނުވެއެވެ. މެޗުގެ ބޮޑުބައެއް އުރުގުއޭއިން ކޮންޓްރޯލް ކުރިނަމަވެސް ގޯލަށް ނުރައްކާކޮށް ބޯޅަތައް ފޮނުވާލާފައިވަނީ އާޖެންޓީނާއިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ހަމައެކަނި ގޯލު އާޖެންޓީނާއިން ޖެހީ 67 ވަނަ މިނެޓުގައި އަލްމާދާ ވަނީ ބޮކްސުން ބޭރުން ފޮނުވި ވަރުގަދަ ޝޮޓަކުންނެވެ. މި ގޯލަށް ފަހު އުރުގުއޭ އިން ކުޅުންފެނުނީ ދަށްކޮށެވެ.

މިމެޗުގައި އަނިޔާގެ ސަބަބުން މެސީ ޓީމު ލިސްޓުގައި ހިމެނިފައެއް ނުވެއެވެ. މިމެޗުން މޮޅުވުމާއެކު ދެކުނު އެމެރިކާގެ ކޮލިފިކޭޝަން ޗާޓުގެ އެއްވަނައިގައި 6 ޕޮއިންޓުގެ ލީޑަކާއެކު އޮތީ އާޖެންޓީނާއެވެ.

ކޮލިފިކޭޝަންގައި އާޖެންޓީނާ އަންނަ އަންގާރަ ދުވަހު ބްރެޒިލް އާއި ދެކޮޅަށް ނިކުންނާނެއެވެ. މިމެޗުފަށާނީ އަންގާރަދުވަހުގެ ރޭ ރާއްޖެގަޑިން ދަމްވަރު 00:00 ގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާޖެންޓީނާ މެޗުގައި އިނދިކޮޅު ކުޅުންތެރިޔާއަށް ދެއްކި ރަތްކާޑު ގޯސް : ފީފާގެ ޤަވާއިދުތައް ހަދާ ކޮމިޓީކުޅިވަރު | މަހެއް ކުރިންމެސީ އާއި އާޖެންޓީނާއާއި ދެކޮޅަށް ވާހަކަފަތުރާ މީހުނާއި ދެކޮލަށް އާޖެންޓީނާއިން ދަޢުވާކުރަނީކުޅިވަރު | 2 މަސް ކުރިންލަދުވެތި ރެކޯޑަކާއެކު ވޯލްޑް ކަޕް ފައިނަލް އަލުން ކުޅުމަށް އެދި އާޖެންޓީނާގެ ސަޕޯޓަރުން ޕެޓިޝަނެއް ފަށައިފިކުޅިވަރު | 2 މަސް ކުރިންއަޑުގަދަ އިންޣްލަންޑްގެ އަޑު ކަނޑުވާލުމަށްފަހު މެސީގެ ޖާދުލާއެކު އާޖެންޓީނާ ޖެހިޖެހިގެން ދެވަނަ ވޯލްޑްކަޕް ފައިނަލަށްކުޅިވަރު | 2 މަސް ކުރިން