logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޓުޗެލްގެ ފުރަތަމަ މެޗުގައި އިންގްލަންޑް މޮޅުވެއްޖެ

އަބްދުﷲ ޣާނިމް
22 މާރިޗު 2025 - 06:11
އިންގްލަންޑް އަލްބޭނިޔާ މެޗުގެ ެތެރއިން . ފޮޓޯ: ބީބީސީ
އިންގްލަންޑް އަލްބޭނިޔާ މެޗުގެ ެތެރއިން . ފޮޓޯ: ބީބީސީ

އިނގިރޭސި ޓީމުގެ އައު ކޯޗު ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން އެޓީމު ކުޅުނު ފުރަތަމަ މެޗުގައި އަލްބޭނިއާ އަތުން 2-0 އިން މޮޅުވެއްޖެއެވެ. ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފުރަތަމަ ފަހަރަށް ޤައުމީ ޓީމަށް ކުޅުނު މައިލްސް ލުވިސް-ސްކެލީ އާއި ހެރީ ކޭން ވަނީ ލަނޑު ޖަހާފައެވެ.

މެޗުގެ 20 ވަނަ މިނެޓްގައި ޖޫޑް ބެލިންގހަމްގެ މޮޅު ޕާހަކުން ލުވިސް-ސްކެލީ ވަނީ އޭނާގެ ފުރަތަމަ ގޯލުޖަހާފައެވެ. މިއީ ލުވިސް-ސްކެލީ ޤައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ. މި ލަނޑާއެކު 18 އަހަރާއި 176 ދުވަސް އުމުރުގައި ލުވިސް-ސްކެލީ ވަނީ އިނގިރޭސި ޤައުމީ ޓީމަށް ފުރަތަމަ މެޗުގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑު ރަޝްފޯޑުގެ އަތުން އަތުލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ 77 ވަނަ މިނެޓްގައި ޑެކްލަން ރައިސްގެ ކްރޮސް އެއްގައި ހެރީ ކޭން ވަނީ އިނގިރޭސި ވިލާތުގެ ދެވަނަ ލަނޑު ޖަހާފައެވެ. މި ލަނޑާއެކު ކޭން ވަނީ އޭނާގެ 70 ވަނަ ގައުމީ ލަނޑު ޖަހާ، ތިން ތަފާތު ކޯޗުންގެ (ހޮޖްސަން، ސައުތްގޭޓް އަދި ޓުޗެލް) އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑު ހާސިލުކޮށްފައެވެ.

މި މޮޅުވުމާއެކު އިނގިރޭސި ވިލާތް ވަނީ ވޯލްޑްކަޕް ކޮލިފިކޭޝަންގެ ގްރޫޕް ކޭގެ އެއްވަނައަށް އަރާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"މުސްކުޅި" ރޮނާލްޑޯއަށް ދެ ލަނޑާއެކު، ޕޯޗުގަލްއަށް ލަނޑު ގޯންޏެއްކުޅިވަރު | 11 ދުވަސް ކުރިންޖަރުމަނު ބަލިކޮށް އަންޑަރ 21 ޔޫރޯ 4 ވަނަ ފަހަރަށް އިންގްލަންޑް ކާމިޔާބުކޮށްފިކުޅިވަރު | 3 މަސް ކުރިންއެފްރިކާގެ ޤައުމަކުން ފުރަތަމަ ފަހަރަށް އިންގްލަންޑް ބަލިކޮށްފިކުޅިވަރު | 3 މަސް ކުރިންލެޓްވިޔާގެ ބަލިކޮށް އިންގްލެންޑުން ކޮލިފިކޭޝަން ފެށީ ގަދަކޮށްކުޅިވަރު | 6 މަސް ކުރިން