logo
Bank of Maldives

Bank of Maldives

ޚަބަރު

މަޖީދީ މަގު އޮލިމްޕަހުން ފެށިގެން ރަސްފަންނާ ހަމައަށް ކާނުތައް ސާފުކޮށް ނިންމައިފި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
22 މާރިޗު 2025 - 07:30
މާލޭގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ކުރަނީ: އެ މަސައްކަތް ދާ ގޮތް ވަޒީރު އާދަމް ޝަރީފް އުމަރު ވަރަށް ގާތުން ބައްލަވާ -- ފޮޓޯ: ސިޓީތަކާއި އިދާރީ ދާއިރާތަކާ ބެހޭ ވުޒާރާ
މާލޭގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ކުރަނީ: އެ މަސައްކަތް ދާ ގޮތް ވަޒީރު އާދަމް ޝަރީފް އުމަރު ވަރަށް ގާތުން ބައްލަވާ -- ފޮޓޯ: ސިޓީތަކާއި އިދާރީ ދާއިރާތަކާ ބެހޭ ވުޒާރާ

މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މަޖީދީ މަގު އޮލިމްޕަހުން ފެށިގެން ރަސްފަންނާ ހަމައަށް ކާނުތައް ސާފުކޮށް ނިންމާލައިފައިވާ ކަމުގައި ސިޓީތަކާއި އިދާރީ ދާއިރާތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ބޯކޮށް ވާރޭވެހި މާލޭގެ މަގުތައް ފެންބޮޑުވުމުގެ ސަބަބުން ޢާންމުންނަށް ދިމާވާ ދަތިތައް ޙައްލުކުރުމުގެ ގޮތުން ސިޓީތަކާ ބެހޭ ވުޒާރާއިން މާލޭގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ފަށާފައިވަނީ މި މަހުގެ 8 ވަނަ ދުވަހުއެވެ. އެ ދުވަހު އެ މަސައްކަތް ފެށީ މަޖީދީ މަގު ލަގްޒަރީ ފިހާރަ ކުރިމަތިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ މަސައްކަތުގެ ތެރެއިން މަޖީދީ މަގުން މާފަންނުގެ ހުރިހާ ކާނެއް ސާފުކޮށްފައިވާއިރު، ދެން އެ މަސައްކަތުގައި ކުރިއަށް ގެންދާނީ ހެންވޭރުގައި ހުރި ކާނުތައް ސާފުކުރުމުގެ މަސައްކަތެވެ. އެ މަސައްކަތްތައް ރޯދަ މަހުގެ ކޮންމެ ދުވަހެއްގެ ހެނދުނު ނުވައަކުން މެންދުރު ފަހު ދޭއް ޖެހުމާ ހަމައަށް ކުރިއަށްގެންދަން އެ ވުޒާރާއިން ވަނީ ނިންމާފައެވެ.

މުޅި މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ނިންމާލުމަށް ހަ މަސް ދުވަސް ހޭދަވާނެ ކަމަށް އެ ވުޒާރާއިން އަންދާޒާކުރެއެވެ. އަދި މި މަސައްކަތުގެ ސަބަބުން މާލެއަށް ދިމާވާ ފެންބޮޑުވުމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމުގައި ވެސް އެ ވުޒާރާއިން މީގެ ކުރިން ބުނެފައިވެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޮޅުވެލިފުށީ ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފި ޚަބަރު | 7 ގަޑިއިރު ކުރިންކައުންސިލް އިދާރާތައް ޢިމާރާތް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްޚަބަރު | 6 ދުވަސް ކުރިންކައުންސިލްތަކަށް ހަގީގީ ބާރުވެރިކަން: ދ. މިނިމަސްގަލީގައި ދަނޑުވެރިކަން ކުރަނީ ޚަބަރު | 2 މަސް ކުރިންނޫސްވެރިކަމުގެ ތަޞައްވަރު ރަނގަޅު ކުރުމަށް ކުރަންޖެހޭ މަސައްކަތް މަދެއް ނޫން: އާދަމް ޝަރީފްޚަބަރު | 2 މަސް ކުރިން