logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކޯޗު ސާންތީ ނިޔާވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
23 މާރިޗު 2025 - 01:27
ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކޯޗު ސާންތީ ނިޔާވެއްޖެ

ރާއްޖޭގެ ކާމިޔާބު ފުޓްބޯޅަ ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) ރޭ ނިޔާވެއްޖެއެވެ.

ސާންތީ ނިޔާވީ ކެންސަރު ބައްޔާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސާންތީ ވަނީ ފާއިތުވި ދެ އަހަރު ވަންދެން ކެންސަރު ބައްޔާ ކުރިމަތިލައްވަމުން ގެންދަވާފައެވެ. އޭނާގެ ހާލު ދެރަވުމާ ގުޅިގެން ފާއިތުވި މަހު ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކުރިއެވެ.

ސާންތީ އަކީ ރާއްޖޭގެ ފުޓްބޯޅައިގެ ތާާރީޚުގައި ފާހަގަކޮށްލެވޭ އެއް ކޯޗެވެ. އޭނާ ވަނީ 2008 ވަނަ އަހަރު ރާއްޖެއިން އެންމެ ފުރަތަމަ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަޤާމު ފުރުއްވާފައެވެ. މީގެ އިތުރުން ސާންތީ ވަނީ ގައުމީ ޓީމުގައި ކުޅުއްވުމުގެ އިތުރުން ކްލަބް ފުޓްބޯޅައިގައި ވެސް އެކި މަޤާމުތަކުގައި މަސައްކަތްކުރައްވާފައެވެ.

ސާންތީގެ މޫނުދެއްކުން އޮންނާނީ މިއަދު ހެނދުނު 9:30 އިން ފެށިގެން އިސްލާމީ މަރުކަޒުގައެވެ. އަދި ކަށުނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު ހަމަ އެ މަރުކަޒުގައެވެ. ސާންތީގެ ޖަނާޒާ އޮންނާނީ މާލޭ އާސަހަރާގައެވެ.

ސާންތީ ނިޔާވުމުގެ ހިތާމާގައި ތައުޒިޔާ ފޮނުއްވައި ރައީސް ޑރ. މުހައްމަދު މުޢިއްޒު މީސް މީޑިއާގައި ލިޔުއްވި މެސެއްގައި ވިދާޅުވީ، ކުޅިވަރުގެ ރޮނގުން، ވަކީން ޚާއްޞަކޮށް ފުޓްބޯޅައިގައި ބައިނަލްއަޤްވާމީ އަދި ޤައުމީ ފެންވަރުގައިވެސް ދިވެހިރާއްޖެ ފަޚުރުވެރިވާ ޚިދުމަތްތަކެއް ޤައުމަށް ކޮށްދެއްވާފައިވާ މަޝްހޫރު ފުޓްބޯޅަ ކޯޗު އިޙްސާން ޢަބްދުލްޣަނީ (ސާންތީ) އަވަހާރަވުމަކީ، ދިވެހި ކުޅިވަރުގެ ދާއިރާއަށް ލިބުނު ބޮޑު ހިތާމައެއް އަދި ހުސްކަމެއް ކަމަށެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސްގެ ވައުދުފުޅާ އެއްގޮތަށް ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މުސާރަ ބޮޑުކޮށްފިޚަބަރު | 5 ގަޑިއިރު ކުރިންކުޅިވަރާއި ބެހޭ ގިނަ މަސްރޫޢުތަކެއް ކުރިޔަށް ގެންދިޔުމަށް ކުޅިވަރާބެހޭ ވުޒާރާއާއި އެމްޓީސީސީ އާދެމެދު ސޮއިކޮށްފިކުޅިވަރު | 12 ދުވަސް ކުރިން18 ރަށެއްގައި ކުޅިވަރުގެ 20 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއަށްޚަބަރު | 12 ދުވަސް ކުރިން12 ރަށެއްގައި ފުޓްބޯޅަދަނޑު ތަރައްގީ ކުރާނެ ފަރާތެއް ހޯދަން އިއުލާންކޮށްފިޚަބަރު | 18 ދުވަސް ކުރިން