logo
Bank of Maldives

Bank of Maldives

ޚަބަރު

ވައިލްޑްލައިފް ދުވަހާ ގުޅުވައިގެން ފޮޓޯ މުބާރާތެއް ބާއްވަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
23 މާރިޗު 2025 - 01:50
ވައިލްޑްލައިފް ދުވަހާ ގުޅުވައިގެން ފޮޓޯ މުބާރާތެއް ބާއްވަނީ

ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާއިން މި އަހަރުގެ ވައިލްޑްލައިފް ދުވަހާ ގުޅުވައިގެން ފޮޓޯ މުބާރާތެއް ކުރިއަށްގެންދިއުމަށް ނިންމައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މުބާރާތަކީ ރާއްޖޭގެ މުއްސަނދި ތިމާވެއްޓާއި ޤުދުރަތީ ރީތިކަން ފޮޓޯއިން ދައްކުވައިދިނުމާއި ރާއްޖޭގެ ދިރުންތަކާއި އެ ތަކެތީގެ ވެށްޓާއި މެދު ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްސަދުގައި ޢާންމުކޮށް ހުޅުވާލާފައިވާ މުބާރާތެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މުބާރާތަށް ފޮޓޯ ހުށަހެޅުމަށް ހުޅުވާލާފައިވަނީ "ވައިލްޑްލައިފް"، "އޭރިއަލް (ޑްރޯން)"، އަދި "ހެބިޓެޓްސް" މި ތިން ދާއިރާއިންނެވެ. ކޮންމެ ދާއިރާއަކުންވެސް ވަކިވަކިން ވަނަ ހޮވުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ދާއިރާއަކުން ހޮވޭ އެންމެ މޮޅު 10 ފޮޓޯ ޢާންމުކޮށް ދެއްކުމަށްޓަކައި ފޮޓޯ މަޢުރަޒެއް ބޭއްވުމުގެ އިތުރުން 'އީ-ބުކްލެޓެއްގައި' ޝާއިޢުކުރުމަށް ހަމަޖެހިފައިވެއެވެ.

މުބާރާތުގެ އިނާމުތަކުގެ ތެރޭގައި ޑްރޯން އަދި ކެމެރާފަދަ ފޮޓޯނެގުމަށް ބޭނުންކުރާ ތަކެތި ހިމެނެއެވެ. ނަމަވެސް، މުބާރާތަށް ހުށައަޅާ ފޮޓޯއަކީ ދިރޭތަކެއްޗާއި އެ ތަކެތީގެ މާހައުލަށް ގެއްލުމެއް ނުވަތަ އުނދަގުލެއް ވާފަދަ ގޮތަކަށް ނަގާފައިވާ ފޮޓޯއަކަށް ވެގެން ނުވާނެކަމަށް ތިމާވެށްޓާ ބެހޭ ވުޒާރާއިން އަންގަވާފައިވެއެވެ.

ފޮޓޯ ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 3 ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އެވެ.

ފޮޓޯތައް ތިމާވެށްޓާ ބެހޭ ވުޒާރާގެ މެއިލްއަށް ފޮނުވަންޖެހޭނެއެވެ. މުބާރާތާ ގުޅޭ އިތުރު މަޢުލޫމާތު ވުޒާރާގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށްވެސް އަންގަވާފައިވެފައިވެއެވެ.

ދުނިޔޭގެ ވައިލްޑްލައިފް ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ މާރޗް މަހުގެ 3 ވަނަ ދުވަހުއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަސްމިލިއަން ގަސް ޕްރޮގްރާމުގެ ތެރެއިން 8 ލައްކައަށް ވުރެ ގިނަ ގަސް އިންދައިފި ޚަބަރު | 23 ދުވަސް ކުރިންއަންނަ މަހުގެ 3 ވަނަ ދުވަހު ހުޅުމާލޭގެ ގޮނޑުދޮށް ސާފުކުރަނީ ޚަބަރު | މަހެއް ކުރިންކޮޕް30 ކޮންފަރެންސުގައި ނާޒުކު ޤައުމުތަކަށް ފައިދާ ލިބޭނެ ގޮތްތަކެއް ހޯދައިދިނުން މުހިންމު ޚަބަރު | މަހެއް ކުރިން5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން ކުޑަގިރީގައި 500 ގަސް އިންދައިފިޚަބަރު | މަހެއް ކުރިން