logoEN
ޚަބަރު

ސަލާހް އަލް-ބަރުދަވިލްއަކީ ކާކު؟

 ސަލާހް އަލް-ބަރުދަވިލް

ސަލާހް އަލް-ބަރުދަވިލް

އާމިނަތު ސަފާއާމިނަތު ސަފާ

23 މާރިޗު 2025 - 06:59

ޔަހޫދީން ދިން ވައިގެ ހަމަލާއެއްގައި ހަމާސްގެ އިސް ލީޑަރެއް ކަމުގައިވާ ސަލާހް އަލް-ބަރުދަވިލް މިވަނީ ޝަހީދުކޮށްލާފައެވެ. ހަމާސްގެ އޮފިޝަލުންވަނީ ސަލާހްގެ އިތުރުން އޭނާގެ އަނބިކަނބަލުންވެސް ހަމަލާގައި ޝަހީދުވިކަން ކަށަވަރުކޮށްދެއްވާފައެވެ. ހަމާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލުން ބަރުދަވީލް ޝަހީދުކޮށްލާފައިވަނީ އޭނާ އާއި އޭނާގެ އަނބިކަނބަލުން ޚާން ޔޫނިސްގެ ޓެންޓެއްގައި ނަމާދަށް ހުންނަވަނިކޮށް މިސައިލު ހަމަލާއެއް ދީގެންނެވެ.

މިހަމަލާގައި މި ދެ ބޭފުޅުންގެ އިތުރުން އިތުރު 23 މުސްލިމުންވަނީ ޝަހީދުވެފައެވެ.

އަލް-ބަރުދަވިލް އުފަންވެވަޑައިގެންނެވީ 1959 ވަނަ އަހަރުގެ އޯގަސްޓުމަހުގެ 24 ވަނަ ދުވަހު ޣައްޒާގެ ޚާން ޔޫނިސް ރެފިއުޖީ ކޭމްޕަށެވެ. އޭނާ ވަނީ މިޞްރުގައި ޢަރަބި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ކިޔަވައިވިދާޅުވެ 2001 ވަނަ އަހަރު ފަލަސްތީނުގެ އަދަބިއްޔާތުން ޕީއެޗްޑީ ހާސިލުކުރައްވާފައެވެ. ކިޔަވާ ވިދާޅުވުމަށްފަހު 1990 ގެ އަހަރުތަކުގައި އޭނާ ވަނީ ސަރުކާރު ސްކޫލުތަކާއި ފަލަސްތީނުގެ އިސްލާމިކް ޔުނިވަރސިޓީގައި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ. މުދައްރިސެއްގެ އިތުރުން އަލް-ބަރުދަވިލްއަކީ ނޫސްވެރިކަމުގެ ދާއިރާގައިވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެގޮތުން 1997 އިން 2001 އަށް އަލް ރިސާލާ ނޫހުގެ އެޑިޓަރ އިން ޗީފްގެ މަޤާމު ފުރުއްވާފައިވެއެވެ. ޤުދުސް ނިއުސް ނެޓްވޯކުން ބުނާ ގޮތުގައި އަލް-ބަރުދަވިލް ހަމާސްއާ ގުޅުނީ އެ ޖަމާޢަތް އުފެދުނުތާ ކައިރީގައި 1987 ގެ ފަހުކޮޅުގައެވެ. އަދި 1993 ގައި އިސްރާއީލުގެ ބާރުތަކުން އޭނާ ހައްޔަރުކޮށް، އެމީހުންގެ ޖަލުތަކުގައި 70 ދުވަހަށްވުރެ ގިނަ ދުވަހު ބަންދުކޮށް ލާއިންސާނީ ހަމަލާތައްދީފައިވެއެވެ. 2006 ވަނަ އަހަރުގެ އިންތިޚާބުގައި އޭނާ ވަނީ ހަމާސްއާ ގުޅުންހުރި "ޗޭންޖް އެންޑް ރިފޯމް ބްލޮކް" އިން ފަލަސްތީނު ލެޖިސްލޭޓިވް ކައުންސިލަށް (ޕީއެލްސީ) އިންތިޚާބުވެފައެވެ. އޭނާއަކީ ހަމާސްގެ ތަރުޖަމާނެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައިވާ މީހެކެވެ.2021 ވަނަ އަހަރު އަލް-ބަރުދަވިލް ވަނީ ހަމާސްގެ ޕޮލިޓިކަލް ބިއުރޯއަށް އިންތިޚާބުވެފައެވެ.

ނަމާދަށް ހުންނަވަނިކޮށް ބަރުދަވިލް އާއި އޭނާގެ އަންހެނުން ޝަހީދުވެވަޑައިގެންނެވިއިރު އެ ދެބޭފުޅުންގެ ތިން ފިރިހެން ކުދިންނާއި ފަސް އަންހެން ކުދިން ދުނިޔޭގައި އެބަތިއްބެވިއެވެ.

ކޮމެންޓް

871x217_placeholder