logoEN
ޚަބަރު

މާލޭގެ 4 ސަރަހައްދެއްގައި ފިޠުރު ޢީދު ނަމާދު ބޮޑުޖަމާޢަތުގައި ކުރާނެ

އާމިނަތު ސަފާއާމިނަތު ސަފާ

24 މާރިޗު 2025 - 06:28

މާލޭގެ 4 ސަރަހައްދެއްގައި ފިޠުރު ޢީދު ނަމާދު ބޮޑުޖަމާޢަތުގައި ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

ވުޒާރާއިން ކުރި އިއުލާނެއްގައި ބުނީ މި އަހަރު މާލޭގެ 4 ސަރަހައްދެއްގައި ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާނެކަމަށެވެ.

އެގޮތުން، މާފަންނު ސްޓޭޑިއަމާއި ވިލިމާލޭ ބޯޅަދަނޑާއި ހުޅުމާލޭގެ ސިންތަޓިކް ޓްރެކްގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ކްރިކެޓް ސްޓޭޑިއަމްގައި ބޮޑުޖަމާޢަތުގައި ނަމާދު ކުރާނެއެވެ.ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާ ތަންތަނާއި ލައިގެން ޖުމްލަ 27 ތަނެއްގައި އީދު ނަމާދު ކުރާނެ ކަމަށްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

މާލެ ސަރަހައްދުގައި އީދު ނަމާދު ކުރާ ތަންތަން:

* މާފަންނު ސްޓޭޑިއަމް* މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢްޡަމް (އިސްލާމީ މަރުކަޒު)* މަސްޖިދުލްމަލިކި ސަލްމާން (ކިންގް ސަލްމާން މިސްކިތް)* މަސްޖިދުލްފުރުޤާން* މަސްޖިދުއްނޫރު* މަސްޖިދުއް ޝަޙީދު ޢަލީ* މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން (ޠައިބާ މިސްކިތް)* މަސްޖިދުއްސުލްޠާނު މުޙައްމަދު ފަރީދުލްއައްވަލު (ދުބުރި މިސްކިތް)* މަސްޖިދު ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)* މަސްޖިދުއްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް)* މަސްޖިދު ޞަލާޙުއްދީން* މަސްޖިދު ޖަލާލުއްދީން* މަސްޖިދު އިބްރާހީމް* މަސްޖިދު އިސްކަންދަރު* ވަގުތީ މިސްކިތް ( ބޮޑުގެ )* މަސްޖިދުއްސުލްޠާނު މުޙައްމަދު ޢިމާދުއްދީން (ރަންމިސްކިތް)* މަސްޖިދުއްޝައިޚް މުޙައްމަދު ޖަމީލް ދީދީ (ފައިފުހޭ މިސްކިތް)* މާފަންނު އާމިސްކިތް* ވިލިމާލެ ބޮޑުޖަމާޢަތް ( ވިލިގިލި ބޯޅަދަނޑު)* މަސްޖިދުއްސަލާމް* ހުޅުމާލެ ސިންތަޓިކް ޓްރެކް* މަސްޖިދުއްޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ (ހުޅުމާލެ ފޭސް 1)* މަސްޖިދު ރަޝީދު (ހުޅުމާލެ ފޭސް 1)* މަސްޖިދު ޢަޒީޒާ މޫސާ (ހުޅުމާލެ ފޭސް 1)* ހުޅުމާލެ ބޮޑުޖަމާޢަތް (ކުރިކެޓް ސްޓޭޑިއަމް) (ހުޅުމާލެ ފޭސް 2)* މަސްޖިދު ޙަސަން އާދަމް (ހުޅުމާލެ ފޭސް 2)* މަސްޖިދު އަބީބަކުރިނިއްޞިއްދީޤް (ފޭސް 2 ހުޅުމާލެ)

ވިއްސާރަވުމުގެ ސަބަބުން މައިދާންތަކުގައި ކުރުމަށް ހަމަޖެހިފައިވާ އީދު ނަމާދުގެ ބޮޑުޖަމާއަތް ކެންސަލްވެއްޖެނަމަ އީދު ނަމާދު ކުރާނީ މާލެ ސިޓީގެ ހުކުރު ނަމާދުކުރާ ހުރިހާ މިސްކިތެއްގައި ކަމުގައި ވުޒާރާއިން ހާމަކުރެއެވެ.

ކޮމެންޓް

871x217_placeholder