އާދާ ގުލާރ ސަބޮޒްލައި ސައިޒަށް ކަނޑައިފި
24 މާރިޗު 2025 - 07:11

ހަންގަރީ އާއި ތުރުކީ ބައްދަލުކުރި މެޗުގައި ލިވަޕޫލްގެ މިޑްފީލްޑަރު ޑޮމިނިކް ސަބޮޒްލައި އާ ދިމާކޮށް އަދި މެޗް ނިމިގެން ރިއަލް މެޑްރިޑްގެ ޒުވާން ކުޅުންތެރިޔާ އާދާ ގުލާރ ދެއްކި ވާހަކަތަކުން ބޮޑު ހަލަބޮލިކަމެއް އުފެދިއްޖެއެވެ.
މެޗުގައި ދެ ކުޅުންތެރިންގެ މެދުގައި ޖެހުނު ހަމަނުޖެހުމަކާ ގުޅިގެން ގޯލެއް ޖެހުމަށްފަހު ގުލާރ ވަނީ ސަބޮޒްލައި އަށް "ޝަޝް" ކޮށްފައެވެ. އެހެންނަމަވެސް މީޑިއާއިން މިކަމާ ގުޅޭގޮތުން ސުވާލުކުރުމުން ގުލާރ ވަނީ އިތުރަށް ސަބޮޒްލައި އަށް ފާޑުކިޔާފައެވެ.

Ad by Hajj Corporation
"އޭނާ އަހަރެންގެ މިނެޓްތައް ބަލަން އުޅުނު ވާހަކަ އަޑުއިވުނީމަ ވަރަށް ހީވެސް އައި. އެއީ އޭނާގެ ގައުމު ލަދުގަންނަންޖެހޭ ވަރަށް ބަލިކޮށްލުމަށްފަހު،" ގުލާރ ބުންޏެވެ.
މެޗުގެ ކުރިން ސަބޮޒްލައި ވަނީ ގުލާ މިސީޒަނުގައި ކުޅެފައިވައިވަނީ އެންމެ 1088 މިނެޓުކަމަށް ބުނެ ގުލާރ ގެ އިންސްޓަގްރާމް ގައި ކޮމެންޓްކޮށްފައި
"ލިވަޕޫލް އާ ޗެމްޕިއަންސް ލީގުގައި ބައްދަލުވެދާނެތީ އިންތިޒާރުގައި މިހިރީ... އޯ! މަޑުކުރޭ..." ހިނިތުންވެލަމުން މެޗަށް ފަހު ނޫސްވެރިންނާއި ވާހަދައްކަމުން އިތުރަށް ގުލާރ ބުނެފައިވެއެވެ.
ހަންގަރީ އާއި ތުރުކީ ބައްދަލުކުރި މެޗު ނިމުނީ 3-1 އިން ތުރުކީ މޮޅުވެގެންނެވެ. އަދި ގުލާރ މިހާރު ވަނީ ރިއަލް މެޑްރިޑް އާއެކު ދެވަނަ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމާއި ގާތުގައެވެ.

.jpg&w=3840&q=75)
