logo
Bank of Maldives

Bank of Maldives

ކުޅިވަރު

އާޖެންޓީނާއާ ދެކޮޅަށް ރަފީނިޔާ ވަރުގަދަ އިންޒާރެއް ދީފި

އަބްދުﷲ ޣާނިމް
24 މާރިޗު 2025 - 11:57
ރަފީނިޔާ މިވަގުތުގައި ހުރީ ވަރުގަދަ ފޯމެއްގައި.
ރަފީނިޔާ މިވަގުތުގައި ހުރީ ވަރުގަދަ ފޯމެއްގައި.

ބާސެލޯނާ އަދި ބްރެޒިލްގެ ކުޅުންތެރިޔާ ރަފީނިޔާ އާޖެންޓީނާއާ ދެކޮޅަށް ކުޅޭނެ މެޗާ ދިމާކޮށް ހަރުކަށި އިންޒާރެއް ދީފިއެވެ. މި އިންޒާރު އައިސްފައިވަނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކޮލިފައިން މެޗެއްގައި އާޖެންޓީނާއާ ދެކޮޅަށް ބްރެޒިލް ކުޅޭނެ މެޗާ ދިމާކޮށެވެ. މިމެޗަށް މިދެޓީމު މާދަމާ ރޭގައި ނިކުންނައިރު ކޮލިފިކޭޝަން ތާވަުގެ އެއްވަނައިގައި އާޖެންޓީނާ މިވަގުތު އޮތްއިރު، ބްރެޒިލް އޮތީ ތިންވަނައިގައެވެ. އަދި ބްރެޒިލް އަށް އެންމެ ފަހުން އާޖެންޓީނާ ބަލިކުރެވިފައިވަނީ 2019 ވަނަ އަހަރުގައެވެ.

ބްރެޒިލްގެ ކުރީގެ ތަރި ރޮމާރިއޯއާއެކު ކުރި ސުވާލު ޖަވާބުދެމުން ރަފީނިޔާ ބުނެފައިވަނީ މެސީ ނެތް އާޖެންޓީނާއާ ދެކޮޅަށް ކުޅޭ މެޗުގައި އެޓީމު ބަލިކުރާނެ ކަމަށާއި އަދި އޭނާ ވަނީ މި މެޗުގައި ގޯލެއް ޖަހާނެ ކަމުގެ ޔަގީންކަން ވެސް ދީފައިވެއެވެ. އަދި ދަނޑުމަތިންނާއި ދަނޑު ބޭރުންވެސް އެމީހުން ބަލިކުރާނެކަމަށް ބުނެފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ބްރެޒިލް އާއި އާޖެންޓީނާގެ ފުޓްބޯޅައިގެ ވާދަވެރިކަމަކީ އެންމެ ކުރިންފެށިގެންވެސް ދުނިޔޭގެ އެންމެ ވަރުގަދަ ވާދަވެރިކަމެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ ބްރެޒިލް ވަރަށް މުހިންމު މެޗަކަށް ތައްޔާރުވަމުންދާ ދަނޑިވަޅެކެވެ. ފާއިތުވި ހަފްތާގައި ކޮލަމްބިއާއާ ދެކޮޅަށް ކުޅުނު މެޗުން 2-1 އިން މޮޅުވެފައިވާ ބްރެޒިލް، އާޖެންޓީނާއާ ދެކޮޅަށް ކުޅޭ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވަމުން އެބަދެއެވެ.

ރަފީނިޔާ މި މެޗާ ދިމާކޮށް ދީފައިވާ ބަޔާނަކީ ދެ ގައުމުގެ ވާދަވެރިކަން އިތުރަށް ހޫނުކޮށްލާނެ ބަޔާނެއް ކަމަށް ބެލެވެއެވެ. އާޖެންޓީނާގެ ބިއުނަސް އައިރެސްގައި ކުޅޭ މި މެޗަކީ ދެ ޓީމަށް ވެސް ވަރަށް މުހިންމު މެޗެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފީފާ ވޯލްޑްކަޕް 2026، ގްރޫޕް ޖޭ: އާޖެންޓީނާއަށް ލައްވާލި ނަސީބެއް؟ ފީފާއިން ދިން ހަދިޔާެއެއް؟ކުޅިވަރު | މަހެއް ކުރިންޓިއުނީޝިއާ އާއި އެއްވަރުވެ އެންޗެލޮޓީ ޕްރެޝަރަށްކުޅިވަރު | 2 މަސް ކުރިންގަދަބާރުން ވޯލްޑްކަޕަށް ކޮލިފައިވުމަށް ޔަހޫދީން ކުރިމަސައްކަތް ނާކާމިޔާބުވެ ވޯލްޑްކަޕުން ބޭރުކޮށްލައިފިކުޅިވަރު | 3 މަސް ކުރިންފަހަތުން އަރައި ތިން ގޯލުޖަހައި ވަރުގަދަ ބްރެޒިލް ބަލިކޮށް ޖަޕާނު ތާރީޚުގެ ތެރެއަށްކުޅިވަރު | 3 މަސް ކުރިން