logo
Bank of Maldives

Bank of Maldives

ޚަބަރު

ދިއްލުމުގެ ޙަރަކާތުގެ އިތުރުން 200 އެންހައި ޕްރޮޖެކްޓް މިއަހަރު ކުރިއަށްގެންދާނަން: އާދަމް ޝަރީފް

އާމިނަތު ޝަފާ
25 މާރިޗު 2025 - 06:45
ދިއްލުމުގެ ޙަރަކާތުގެ އިތުރުން 200 އެންހައި ޕްރޮޖެކްޓް މިއަހަރު ކުރިއަށްގެންދާނަން: އާދަމް ޝަރީފް

ދިއްލުމުގެ ޙަރަކާތުގެ އިތުރުން ވުޒާރާގެ ފަރާތުން 200 އެންހައި ޕްރޮޖެކްޓް މިއަހަރުގެ ތެރޭގައި ކުރިއަށްގެންދާނެކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރ ވަނީ އްލުމުގެ ޙަރަކާތުގެ އިތުރުން 200 އެންހައި ޕްރޮޖެކްޓް އެ މިނިސްޓްރީ މި އަހަރުތެރޭ ކުރިއަށް ގެންދަން ނިންމާ، ބައެއް ޕްރޮޖެކްޓްތަކުގައި ހިމެނޭ ބައެއް ތަންތަނުގެ ބިންގާ އެޅި، ސިވިލްވާރކް މަސައްކަތް ފެށުމަށް ކައުންސިލްތަކާ ގުޅިގެން މަސައްކަތްތަކެއް މިހާރުވެސް ކުރެވެމުންދާ ކަމަށް ވިދާޅުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ރަމަޟާން މަހުގެ ފަހު ދިހައިގެ ބަންދުތެރޭގައި ވެސް އޮފީސް ހުޅުވި، އެ ޕްރޮޖެކްތަކާ ގުޅޭ މަސައްކަތްތައް މިނިސްޓްރީގެ މުވައްޒަފުން ހުއްޓުމެއް ނެތި ކުރައްވަމުންދާކަން ފާހަގަ ކުރައްވާ، އެންމެހައި މުވައްޒަފުންނަށް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ޝުކުރު އަދާކުރެއްވިއެވެ.

މީގެ އިތުރުން ކުރީއަހަރެކޭ އެއް ގޮތަށް، ވަރަށް ފުރިހަމައަށް ޢީދު ދިއްލުމުގެ ޙަރަކާތް މި އަހަރުވެސް ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދުކުރައްވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ އާދަމް ޝަރީފު ޢުމަރު އިތުރަށް ވިދާޅުވީ، އީދު ދިއްލުމުގެ ޙަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރކަމުގައި ހުންނެވި އިރު ފެއްޓެވި ޙަރަކާތެއް ކަމަށާއި، އަދި ކުލަބޮކިތަކާއި، ގިޑިގެތަކާއި، ﷲއަކުބަރުގެ ނަޣުރާގެ އަޑުއިވޭހެން ކުރިއަށް ގެންދިޔަ މި ޙަރަކާތް ވެގެން ދިޔައީ މާލޭސިޓީގެ ގިނަ ބަޔަކު ބަލައިގަތް މުހިން ޙަރަކާތެއްގެ ގޮތުގައި ކަމަށެވެ.

އަދި މިނިސްޓަރ ވިދާޅުވީ އެ މަންޒަރު އޭރު ބަލަންތިބި ރަށްރަށުގެ މީހުން އެ ކަމަށް ރައީސްގެ އަރިހުން އެދިވަޑައިގަތުމުގެ ނަތީޖާއެއްގެ ގޮތުން މި ދިޔަ އަހަރު އެ ކަން އަތޮޅުތަކަށް ފުޅާކުރެވި މާލޭސިޓީގެ އިތުރުން އަތޮޅުތަކުގެ މައިރަށްރަށާއި، ސިޓީތައް ދިއްލުމުގެ ޙަރަކާތް ކުރިއަށް ގެންދެވިފައިވާ ކަމަށެވެ. އަދި އެ ބީދައިން މި އަހަރުވެސް އީދަށް ދިއްލުމުގެ ޙަރަކާތް، ރަށްތައް އިތުރުކޮށް ޖުމްލަ 65 ރަށެއްގައި ޢީދުދިއްލުން ކުރިއަށް ދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ އަތޮޅުތެރޭގެ ތަފާތު ރަށްތަކުން މިހާރުވެސް ޢީދުލައިޓް ހޯދުމަށް ގުޅުއްވަމުންދާ ކަމަށް ވިދާޅުވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފެބްރުއަރީ 11 ގެ ފަހުން ރޯދަ ހަދިޔާ ދޫކުރާނީ މިފްކޯ ފިހާރައިންޚަބަރު | 4 ގަޑިއިރު ކުރިންދިއްލުމުގެ ޙަރަކާތުގެ އިތުރުން 200 އެންހައި ޕްރޮޖެކްޓް މިއަހަރު ކުރިއަށްގެންދާނަން: އާދަމް ޝަރީފް ޚަބަރު | 10 މަސް ކުރިން