logo
Bank of Maldives

Bank of Maldives

ކުޅިވަރު

ލެޓްވިޔާގެ ބަލިކޮށް އިންގްލެންޑުން ކޮލިފިކޭޝަން ފެށީ ގަދަކޮށް

އަބްދުﷲ ޣާނިމް
25 މާރިޗު 2025 - 07:27
އިންގަލަންޑުން ވަނީ ޓުޗެލްގެ އިރުޝާދުގެ ދަށުން ރނަގޅުފެށުމެއް ހޯދާފައި
އިންގަލަންޑުން ވަނީ ޓުޗެލްގެ އިރުޝާދުގެ ދަށުން ރނަގޅުފެށުމެއް ހޯދާފައި

އިނގިރޭސި ވިލާތުގެ ޤައުމީ ޓީމުގެ އައު ކޯޗު ތޯމަސް ޓުޗެލްގެ ދަށުން ކުޅުނު ދެވަނަ މެޗު އަދި ވޯލްޑްކަޕް 2026 ވަނަ އަހަރުގެ ކޮލިފިކޭޝަން ރައުންޑް އެކެއް ފަސޭހަކަމާއެކު އިންގްލަންޑުން ކާމިޔާބުކޮށްފިއެވެ.. ލަޓްވިއާގެ މައްޗަށް އިގްލަންޑުން ކުރިހޯދީ 3-0 ންނެވެ.

މި މެޗުގައި ރީސް ޖޭމްސް އާއި އެބެރެޗި އޭޒޭ ވަނީ އެ ދެ ކުޅުންތެރިންގެ ފުރަތަމަ ގޯލު ޤައުމީ ޓީމަށް ޖަހާފައެވެ. އަދި ހެރީ ކޭން ވެސް ވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ. ޖޭމްސް ވަނީ 25 ޔާޑުގެ ދުރުމިނުން ހިލޭޖެހުމަކުން ރީތިގޯލެއް ޖަހައިފައެވެ. މިއީ 1993 ވަނަ އަހަރުން ފެށިގެން ވެމްބްލީ ސްޓޭޑިއަމްގައި އިނގިރޭސީންނަށް ހިލޭޖެހުމަކުން ޖެހުނު ފުރަތަމަ ގޯލެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޓީމުގެ ކެޕްޓަން ހެރީ ކޭން ވަނީ އޭނާގެ ކުރީގެ ކްލަބް މެނޭޖަރުގެ ދަށުން ކުޅެވުނު މެޗުގައި 68 ވަނަ މިނެޓްގައި ގޯލެއް ޖަހާފައެވެ. މިއީ ކޭންގެ 71 ވަނަ ގޯލެވެ. އޭނާ ވަނީ ވެމްބްލީގައި ކުޅުނު ފަހު 17 މެޗުގައި 17 ގޯލު ޖަހާފައެވެ.

އޭޒޭ ވަނީ 75 ވަނަ މިނެޓްގައި އަމިއްލަ ހުނަރުވެރިކަން ދައްކުވައިދީ ފުރިހަމަ ގޯލެއް ޖަހާފައެވެ. އޭނާ ވަނީ ދެ ޑިފެންޑަރުން ކަޅުވައިލުމަށްފަހު ވަރުގަދަ ޝޮޓެއް ޖަހާފައެވެ.
މެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވުނީ ރީސް ޖޭމްސްއެވެ.

ޓުޗެލްގެ ދަށުން ކުޅުނު ފުރަތަމަ ދެ މެޗުގައިވެސް އިނގިރޭސި ޓީމުން ވަނީ ފަސޭހަ ކާމިޔާބު ހޯދާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"މުސްކުޅި" ރޮނާލްޑޯއަށް ދެ ލަނޑާއެކު، ޕޯޗުގަލްއަށް ލަނޑު ގޯންޏެއްކުޅިވަރު | 11 ދުވަސް ކުރިންޖަރުމަނު ބަލިކޮށް އަންޑަރ 21 ޔޫރޯ 4 ވަނަ ފަހަރަށް އިންގްލަންޑް ކާމިޔާބުކޮށްފިކުޅިވަރު | 3 މަސް ކުރިންއެފްރިކާގެ ޤައުމަކުން ފުރަތަމަ ފަހަރަށް އިންގްލަންޑް ބަލިކޮށްފިކުޅިވަރު | 3 މަސް ކުރިންލެޓްވިޔާގެ ބަލިކޮށް އިންގްލެންޑުން ކޮލިފިކޭޝަން ފެށީ ގަދަކޮށްކުޅިވަރު | 6 މަސް ކުރިން