logoEN
ދުނިޔެ

ޣައްޒާ ހަނގުރާމައިގައި ޔަހޫދީން ޝަހީދުކޮށްލާފައިވާ ނޫސްވެރިންނަށް އިންސާފު ހޯދައިދިނުމަށް މަސައްކަތްކުރަނީ

އާމިނަތު ސަފާއާމިނަތު ސަފާ

25 މާރިޗު 2025 - 07:29

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގައި ޝަހީދުކޮށްލާފައިވާ 200 އަށްވުރެ ގިނަ ނޫސްވެރިންނަށް އިންސާފު ހޯދައިދިނުމަށް މަސައްކަތްކުރާނެކަމަށް އަލްޖަޒީރާއިން ބުނެފިއެވެ.

އަލްޖަޒީރާއިން މިފަދައިން ބުނެފައިވަނީ ޣައްޒާގައި ޔަހޫދީން ހިންގަމުން އަންނަ ގަތުލުއާއްމު ކަވަރުކުރަމުންދިޔަ އަލްޖަޒީރާގެ ނޫސްވެރިޔާ ޙުސާމް ޝަބާތު ޝަހީދުކޮށްލުމާ ގުޅިގެން އެކަން ކުށްވެރިކޮށް ނެރުނު ބަޔާނެއްގައެވެ.

ޙުސާމް ޗަހީދުކޮށްލީ އޭނާ ދަތުރުކުރަމުންދިޔަ ކާރަށް އަމާޒުކޮށް ޔަހޫދީން ދިން ވައިގެ ހަމަލާއެއްގައެވެ.

ޙުސާމް ވެފައިވަނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގައި އަލްޖަޒީރާގެ ނޫސްވެރިންގެ ތެރެއިން ޝަހީދުވި ފަސްވަނަ ނޫސްވެރިޔާއަށެވެ. މީގެ ކުރިން ސާމިރު އަބޫދަޤާ، ޙަމްޒާ އައްދަޙްދޫޙް، އިސްމާޢީލް އަލްޣޫލް އަދި އަޙްމަދު އައްލޫޙް ވެސް ވަނީ ޝަހީދުކޮށްލާފައެވެ. އަލްޖަޒީރާއިން ބުނެފައިވަނީ ނޫސްވެރިންނަށް ހަމަލާދިނުމަކީ ހަނގުރާމައިގެ ޖަރީމާކަމަށްވީއިރު މި ޖަރީމާ ހިންގި ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އެޅުމަށް މަސައްކަތްކުރާނެ ކަމަށެވެ. އަދި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގައި ޝަހީދުކޮށްލާފައިވާ 200 އަށްވުރެ ގިނަ ނޫސްވެރިންނަށް އިންސާފު ހޯދައިދިނުމަށް މަސައްކަތްކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.އަލްޖަޒީރާއިން ވަނީ ޣައްޒާގެ މުސްލިމުންނާ ދެކޮލަށް ޔަހޫދީން ހިންގަމުން އަންނަ ގަތުލުއާއްމު ދުނިޔެއަށް ދައްކައިދިނުމަށް މަސައްކަތްކުރާ ނޫސްވެރިންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް ތެދުވުމަށް އިންސާނީ ހައްގުތަކުގެ ދިފާއުގައި މަސައްކަތްކުރާ ޖަމިއްޔާތަކަށްވެސް ގޮވާލާފައެވެ. ޣައްޒާގައި ހިންގަމުންދާ ގަތުލުއާއްމު ކަވަރުކުރުމުގައި ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނު ނަމަވެސް ދުނިޔެއަށް އެ ޚަބަރުތައް ގެނެސްދިނުމުގައި ދެމިތިބޭނެ ކަމަށް އަލްޖަޒީރާއިން ވަނީ ބުނެފައެވެ.

ކޮމެންޓް

871x217_placeholder