logo
E-Platinum
ކުޅިވަރު

އޭޝިއަންކަޕް ކޮލިފިކޭޝަންގައި ރާއްޖެ މިއަދު ޕިލިޕީންސް އާއި ދެކޮޅަށް ނިކުންނަނީ

އަބްދުﷲ ޣާނިމް
25 މާރިޗު 2025 - 07:50
އޭސިއަން ކަޕް ކޮލިފިކޭޝަންގެ ރާއްޖޭގެ ސޮކޮޑް. ފޮޓޯ: އެފްއޭއެމް
އޭސިއަން ކަޕް ކޮލިފިކޭޝަންގެ ރާއްޖޭގެ ސޮކޮޑް. ފޮޓޯ: އެފްއޭއެމް

2027 ވަނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިވުމަށް ރާއްޖެއިން ކުޅޭ ފުރަތަމަ މެޗުގައި މިއަދު ފިލިޕީންސްއާ ކުރިމަތިލާއިރު، ކުރީގެ މެޗުތަކާ އަޅާބަލާއިރު ރަނގަޅު ކުރިއެރުމެއް ފެންނާނެ ކަމުގެ އުންމީދު އޮތް ކަމަށް ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ވަނީ ފާހަގަކޮށްފައެވެ.

މި މެޗަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއިން ވަނީ މިދިޔަ ބުދަ ދުވަހު އިންޑިއާއާ ދެކޮޅަށް ރަހުމަތުގެ މެޗެއް ކުޅެ، 3-0 އިން ބަލިވެފައެވެ. އެ މެޗަށްފަހު މާލެ އައިސް އެންމެ ޕްރެކްޓިސްއެއް ކުރުމަށްފަހު ޓީމު ވަނީ ފިލިޕީންސަށް ދަތުރުކޮށްފައެވެ.
ކޮލިފައިން ގައި ރާއްޖޭގެ ޓީމު ވާދަކުރަން ޖެހޭނީ ތަޖިކިސްތާނާއި ޕިލިޕީންސް އާއި އީސްޓް ޓިމޯ އާއެވެ. ގްރޫޕްގައި ހިމެނޭ ހުރިހާ ޓީމުތަކާއި ދެކޮޅަށް ހޯމް އަދި އަވޭ މެޗު ކުޅެވުގެންދާނެެއެވެ.

އިންޑިއާ މެޗުގެ މައްސަލަތައް ރަނގަޅުކުރެވޭނެ ކަމުގެ އުންމީދު

 

ނިއުކްލާކް އެތުލެޓިކް ސްޓޭޑިއަމްގައި މިއަދު ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ވަނީ އިންޑިއާ މެޗުގައި ފާހަގަކުރެވުނު މައްސަލަތައް މިއަދުގެ މެޗުގައި ރަނގަޅުވާނެ ކަމަށް އުންމީދުކުރާ ކަމަށް ބުނެފައެވެ.

486477676_1296360068523179_3511435141400289013_n.jpg

މެޗުގެ ކުރިން ރާއްޖޭގެ ޤައުމީޓީމުގެ ކޯޗު އަލީ ސުޒޭން ނޫސްވެރިންނާއި ވާހަކަ ދައްކަނީ. ފޮޓޯ: އެފްއޭއެމް

 

"އެ މެޗަށް ބަލާނަމަ، ފިލިޕީންސް ފެނުނީ އަހަރެމެންނަށް ވުރެން މާ ވަރުގަދަކޮށް. އުންމީދަކީ އަހަރެމެން އޭރު އޮތް ހާލަތު އަރައިގަނެ، މިދިޔަ ތިނެއް ނޫނީ ހަތަރު އަހަރު ތެރޭ މި ހޯދި ކުރިއެރުންތައް އަހަރެމެންގެ ކުޅުމުން މި މެޗުގައި ދެއްކުން،" ސުޒޭން ވިދާޅުވިއެވެ.

ފިލިޕީންސްއާއި ރާއްޖެއިން އެންމެ ފަހުން ބައްދަލުކުރީ 2021 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގައެވެ. އޭރު ޔޫއޭއީގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެފައެވެ. މިއަދުގެ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ވަގުތުން ހަވީރު 6:00 ގައެވެ. މި ގްރޫޕްގެ އަނެއް މެޗުގައި އީސްޓް ޓިމޯރު ކުޅޭނީ ތަޖިކިސްތާނާ ދެކޮޅަށެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމާ ދެކޮޅަށް ވިއެޓްނާމުން 7 ގޯލު ޖަހައިފިކުޅިވަރު | 20 ދުވަސް ކުރިންރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމު މިއަދު ވިއެޓްނާމް އާއި ދެކޮޅަށް ނިކުންނަނީކުޅިވަރު | 20 ދުވަސް ކުރިންފަހުވަގުތު ފަހަތުން އަރައި ރާއްޖެ ސެމީއަށްކުޅިވަރު | 2 މަސް ކުރިންޕިލިޕީންސް އަތުން ރާއްޖެ ބަލިވެއްޖެކުޅިވަރު | 4 މަސް ކުރިން