އައްޑޫއަށް އިތުރު 1.8 މެގަވޮޓްގެ ޖަނަރޭޓަރެއް ފޮނުވައިފި


25 މާރިޗު 2025 - 07:48
އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެ ސިޓީއަށް އިތުރު ޖަނަރޭޓަރެއް ފޮނުވައިފިއެވެ.އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތް ކުރައްވަމުންނެވެ. އޭގެ ކުރިން ކަރަންޓުގެ ހިދުމަތް މެދުނުކެނޑި ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރަ މަސައްކަތުގެ ތެރެއިން މި ފާއިތުވި 3 މަސްދުވަހުގެ ތެރޭގައި އެ ސިޓީއަށް ދެ ޖަނަރޭޓަރު ފޮނުވާފައިވާއިރު ތިންވަނަ ޖަނަރޭޓަރު މިހާރު ވަނީ މާލެއިން ފޮނުވާލާފައެވެ.
1.8 މެގަވޮޓްގެ މި ޖަނަރޭޓަރު މާދަމާ އެ ސިޓީއަށް ލިބޭނެ ކަމަށާއި، މިހާރު އައްޑޫގައި އެ ޖަނަރޭޓަރު ބެހެއްޓުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ފެނަަކައިން މައުލޫމާތުދެއެވެ.
އައްޑޫސިޓީގެ ގުޅިފައިވާ ރަށްރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފެނަކައިން ރަމަޟާން މަހުގެ ކުރިންނާއި، މި ރަމަޟާން މަހު ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން ފެނަކައިން ވަނީ ފަސް އިންޖީނު ގެއެއްގެ މޭޖާ ސަރވިސްތައް ކޮށް، ތިން އިންޖީނެއްގެ އޯވަހޯލް މަސައްކަތް ކޮށް، 18 އިންޖީނެއްގެ ޕްރިވެންޓިވް މެއިންޓެނެންސް މަސައްކަތް ކޮށްފައިވެއެވެ.
އައްޑޫގެ އިންޖީނުގޭގެ ވެންޓިލޭޝަން ރަނގަޅުކޮށް، ޖަނަރޭޓަރު ސެޓްތަކުގެ ޕަރފޯމަންސް އަދި ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ފެނަކައިން ބުނެފައިވެއެވެ. ނަމަވެސް މި މަސައްކަތަށް ރާއްޖެއިން ބޭރުން ބޭރުން ބައެއް ތަކެތި ގެންނަން ޖެހޭތީ، މަސައްކަތް ނިންމާލުމަށް މަހެއްހާ ދުވަސް ނަގާނެ ކަމަށް ފެނަކައިން ލަފާކުރެއެވެ.
އިތުރު ލިޔުންތައް

ފެނަކައިގެ މުވައްޒަފުން ތަމްރީނުކުރުމަށް ވިލާ ކޮލެޖާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި
8 މަސް ކުރިން
އެސް.ޓީ.އޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހަމަޖެއްސެވުމަށް ރައީސް ނިންމަވައިފި
7 މަސް ކުރިން
ފުވައްމުލަކަށް 1200 ކިލޯގެ ޖެންސެޓެއް ފޮނުވަނީ
7 މަސް ކުރިން