logo
Bank of Maldives

Bank of Maldives

ޚަބަރު

މިފަހަރުގެ ކުޑަ ޢީދު ކުލަގަދަކޮށް މާލޭގައި ފާހަގަ ކުރަނީ

އަޙްމަދު ޒަލީފް
25 މާރިޗު 2025 - 09:54
މިފަހަރުގެ ކުޑަ ޢީދު ކުލަގަދަކޮށް މާލޭގައި ފާހަގަ ކުރަނީ

ސަރުކާރުގެ ކުންފުނިތަކާއި ބައެއް މުވައްސަސާތައް ގުޅިގެން ޢީދުގެ ބޮޑު ޙަރަކާތެއް މާލޭގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މި ޙަރަކާތް ޢީދު ދުވަހު މާލޭގެ 3 ސަރަޙައްދެއްގައި ކުރިއަށްދާނެކަމަށް މިޙަރަކާތް އިންތިޒާމުކުރާ ފަރާތުން މަޢުލޫމާތު ދެއްވައެވެ.

ޢީދު ދުވަހުގެ ހަވީރު ބާއްވާ ޙަރަކާތްތަކުގެ ތެރޭގައި ކުންފުނިތަކުގެ ފަރާތުން ރާއްޖޭގެ އިހުގެ ޘަޤާފަތް ދައްކާލުމާއި، އިހު ދިވެހީން ކުޅެއުޅުނު ކުޅިވަރުތައް ދައްކާލުންވެސް ކުރިއަށްދާނެއެވެ. މީގެ އިތުރުން ޒަމާނީ ކެރެކްޓަރސްތައް ފިއުޝަންގޮތަށް ދައްކާލުންވެސް އޮންނާނެކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި އެމްއެންޑީއެފް އަދި ފުލުހުންގެ އުޅަނދުތައްކަށް އެރުމާއި އުޅަނދުތަކުގައި ފޮޓޯ ނެގުމުގެ ފުރުސަތު އޮންނާނެކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ. 

މީގެއިތުރުން އެމްއެންޑީއެފްގެ ބަރު ހަރިޔާރުތައް ދައްކާލުމާއި، ޑްރިލްތަކުގައި ކުރިއަށްދާ ބައެއް ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތުވެސް އޮންނާނެއެވެ. ހަމައެއާއެކު ބޭންޑުގެ ހަރަކާތްތަކާއި ސައިލެންޓް ޑްރިލްއެއްވެސް ކުރިއަށްގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢީދުގެ ޙަރަކާތްތައް އިންތިޒާމު ކުރަމުންދާއިރު މާލޭގައިވެސް ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށްދަނީ މަސައްކަތް ކުރަމުންނެވެ. ދިފާޢީ ވުޒާރާއިން ސަރުކާރުގެ އެކި ކުންފުނިތަކާއި ކުޅިވަރާއި ބެހޭ ވުޒާރާއާއި، ޤައުމީ ދިފާޢީ ބާރާއި، ދިވެހި ފުލުހުންގެ ޚިދުމަތާއި ގުޅިގެން ކުރިއަށްގެންދާ ޢީދު ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ ޢީދު ދުވަހުގެ ހަވީރު 4 އިން 6 އަކަށެވެ.

މާލޭގެ 3 ސަރަޙައްދެއްގައި ކުޅިވަރުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ސަލްޓަން ޕާކާއި، ޝަހީދުންގެ ބިނާ ކުރިމަތީގައި އަދި ޖުމްހޫރީ މައިދާން ސަރަޙައްދުގައި ޙަރަކާތްތައް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޢީދު ހަވީރު 1447 ހަރަކާތުގެ އެމްއެންޑީއެފްގެ ސްޓޯލްތަކަށް ބޮޑު ތަރުހީބެއްޚަބަރު | މަހެއް ކުރިންމާލެ ސިޓީގެ 4 ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނެޚަބަރު | މަހެއް ކުރިންފިތުރު އީދު ދުވަހަކީ އަންނަ ހުކުރު ދުވަސްޚަބަރު | މަހެއް ކުރިން ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމަށް ބާއްވާ ޖަލްސާ މިރޭޚަބަރު | މަހެއް ކުރިން