logo
Bank of Maldives

Bank of Maldives

ޚަބަރު

ހާއްސަ ރައްކާތެރިކަން ބޭނުންވާ ކުދިންނަށް ހަޖޫޖަހާނަމަ، އެކަމަށް ފިޔަވަޅު އެޅޭނެ : ބްރޯޑްކޮމް

ހާއްސަ ރައްކާތެރިކަން ބޭނުންވާ ކުދިންނަށް ހަޖޫޖަހާނަމަ، އެކަމަށް ފިޔަވަޅު އެޅޭނެ : ބްރޯޑްކޮމް

ހާއްސަ ރައްކާތެރިކަން ބޭނުންވާ ކުދިންނަށް ހަޖޫޖަހާނަމަ، އެކަމަށް ފިޔަވަޅު އަޅާނެ ކަމަށް ބްރޯޑްކޮމްއިން ބުނެފިއެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 35 ވަނަ މާއްދާއިން ހާއްސަ ރައްކާތެރިކަން ލިބިދޭ ފަރާތްތަކާއި ގުޅޭގޮތުން ކޮންޓެންޓް ގެނެސްދޭނަމަ، ހަމަޖެހިފައިވާ އުސޫލުން ޤަނޫނުން ޖާގަދޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނޭކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބްރޯޑްކާސްޓިންގައި އެންމެ ހަރުކަށި އަދަބެއްގެ ގޮތުގައި އޮންނަނީ ޖޫރިމަނާކޮށް އެތަނެއްގެ ލައިސަންސް ބާތިލްކުރުމެވެ.  

ބްރޯޑްކޮމްއިން ބުނީ، ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކުޑަކުދިންނާއި ޅަފުރައިގެ ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ ހާއްސަ ރައްކާތެރިކަން އަދި ބްރޯޑްކާސްޓް ކުރުމުގެ ޤަނޫނުގު 37 ވަނަ މާއްދާގެ ދަށުން ބަޔާންކޮށްފައިވާ ކޯޑް އޮފް ޕްރެކްޓިސްއާ ގައިޑްލައިންތަކާ ތައާރަޒްވާ ކޮންޓެންޓް ގެނެސްދިންކަމުގެ މައުލޫމާތު އެ ކޮމިޝަަނުގެ ސަމާލުކަމަށް އަައިސްފައިވާކަމަށެވެ. މިފަދަ ކޮންޓެންޓް ތަހުގީގުކޮށް އެކަންކަން ރަނގަޅުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމުގެ ފުރިހަމަ އިހްތިސާސް ކޮމިޝަނަށް ލިބިގެންވާކަން ފާހަގަކުރަމުން އެ ކޮމިޝަނުން ބުނީ، ހުށަހެޅޭ މިފަދަ ކޮންޓެންޓް ބަލައި ޤާނޫން ޖާގަދޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނޭކަމަށެވެ.

މީގެއިތުރުން، ބްރޯޑްކޮމްއިން ވަނީ ޤާނޫނުއަސާސީއާއި ރާއްޖޭގައި ޢަމަލުކުރަމުންދާ އެންމެހައި ޤާނޫނުތަކަށް އިޙްތިރާމްކޮށް، އެއްވެސް ފަރާތެއްގެ އަބުރާއި ކަރާމާތް ނުގެއްލޭ ގޮތަށް ކޮންޓެންޓް އުފެއްދުމަށް ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކޮށްފައެވެ.

މި އިންޒާރު ދީފައި މި ވަނީ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ނިސްބަތްކޮށް ފުރައްސާރަކޮށްފައިވާ ދަނޑިވަޅެއްގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަމައެކަނި 100 އިންސައްތަ ދިވެހި ކުންފުންޏަކަށް ރީ ބްރޯޑްކާސްޓްކުރެވޭ ގޮތަށް އޮތް ޤަވާއިދު އިސްލާޙުކޮށްފިޚަބަރު | 3 މަސް ކުރިންބްރޯޑްކޮމްގެ އެސްޖީއަކަށް ޔާމީން އިދުރީސް ޚަބަރު | 4 މަސް ކުރިންބްރޮޑްކޮމް އަށް ރިޟްވާން އައްޔަންކުރަން ފާސްކޮށްފި ޚަބަރު | 6 މަސް ކުރިންހާއްސަ ރައްކާތެރިކަން ބޭނުންވާ ކުދިންނަށް ހަޖޫޖަހާނަމަ، އެކަމަށް ފިޔަވަޅު އެޅޭނެ : ބްރޯޑްކޮމްޚަބަރު | 7 މަސް ކުރިން