logo
E-Platinum
ކުޅިވަރު

ޕިލިޕީންސް އަތުން ރާއްޖެ ބަލިވެއްޖެ

އަބްދުﷲ ޣާނިމް
25 މާރިޗު 2025 - 17:55
ފިލިޕީންސް އާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން. . ފޮޓޯ: އޭބީއެސް
ފިލިޕީންސް އާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން. . ފޮޓޯ: އޭބީއެސް

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގ ތިންވަނަ ބުރުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ރާއްޖޭގެ ގައުމީ ޓީމު ވަނީ ފިލިޕީންސް އަތުން 4-1 ގެ ތަފާތުން ބަލިވެއްޖެއެވެ. ފިލިޕީންސްގެ ނިއު ކްލާކް ސިޓީ އެތުލެޓިކްސް ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި ފިލިޕީންސްއިން ވަނީ މެޗު ފެށިގެން އައި ފަހުން ވަރުގަދަ ކުޅުމެއް ދައްކާފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ފިލިޕީންސްއިން ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން މެޗު ފެށިގެން ހަވަނަ މިނިޓުގައި ޖެފާސަން ޓެބީނާސް އަދި 18 ވަނަ މިނިޓުގައި ބުޖޯނާ ކްރިސްޓެންސެން ވަނީ ފިލިޕީންސްއަށް ލަނޑު ޖަހާފައެވެ. މި ހާފުގައި ރާއްޖޭގެ ޓީމަށް އެންމެ ރަނގަޅު ފުރުސަތު ލިބުނީ ހުސެއިން ނިހާން ދިން ބޯޅައަކުން އަލީ ފާސިރު (ސެންޓޭ) އަށެވެ. ނަމަވެސް އެ ފުރުސަތު ވަނީ ބޭކާރުވެފައެވެ.

ދެވަނަ ހާފުގައި ރާއްޖޭގެ ޓީމުން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. މި ހާފުގެ ފުރަތަމަ މިނިޓުތަކުގައި އިބްރާހިމް މަހުދީ ހަސަން (ފޭދޫ އިއްބެ) ގެ ދެ ހަމަލާ ފިލިޕީންސްގެ ގޯލްކީޕަރު ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. ރާއްޖޭގެ ހަމައެކަނި ގޯލުޖެހީ މެޗުގެ 62 ވަނަ މިނިޓުގައި ސެންޓޭ އެވެ.

ނަމަވެސް މެޗުގެ 77 ވަނަ މިނިޓުގައި ރޭންޑީ ޝްނެއިޑަރ އަދި އިތުރު ވަގުތުގެ ފުރަތަމަ މިނިޓުގައި ސޭންޑްރޯ ރޭސް ޖެހި ލަނޑުތަކާއެކު ފިލިޕީންސްއިން ވަނީ މެޗު 4-1 އިން ނިންމާލާފައެވެ.

އޭޝިއަން ކަޕް ކޮލިފައިންގެ ތިންވަނަ ބުރުގައި ރާއްޖޭގެ ޓީމުން ދެން ކުޅޭނީ ޖޫން މަހުގެ 10 ވަނަ ދުވަހު އީސްޓް ޓިމޯއާ ދެކޮޅަށެވެ. އަދި އެއަށްފަހު އޮކްޓޯބަރު މަހުގެ ނުވަވަނަ ދުވަހު ތަޖިކިސްތާނާ ދެކޮޅަށް ކުޅުމަށް ވަނީ ތާވަލުކޮށްފައެވެ،


އޭޝިއަންކަޕް ކޮލިފިކޭޝަންގައި މިއަދު އިންޑިޔާ ވަނީ ބަންގްލަދޭޝް އަތުން 0-0 އިން އެއްވަރުވެފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމާ ދެކޮޅަށް ވިއެޓްނާމުން 7 ގޯލު ޖަހައިފިކުޅިވަރު | 18 ދުވަސް ކުރިންރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމު މިއަދު ވިއެޓްނާމް އާއި ދެކޮޅަށް ނިކުންނަނީކުޅިވަރު | 18 ދުވަސް ކުރިންފަހުވަގުތު ފަހަތުން އަރައި ރާއްޖެ ސެމީއަށްކުޅިވަރު | 2 މަސް ކުރިންޕިލިޕީންސް އަތުން ރާއްޖެ ބަލިވެއްޖެކުޅިވަރު | 4 މަސް ކުރިން